Roadha Mihaaru
އެމްއެމްސީގެ ރައީސަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތު

އެމްއެމްސީގެ ރައީސް ޝަހުބާނަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތު

15 މެއި 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަދި އަލްހާން ފަހުމީގެ ކޮއްކޮ ޝަހުބާން ފަހުމީ އަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަދި އަލްހާން ފަހުމީގެ ކޮއްކޮ ޝަހުބާން ފަހުމީ އަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ އަލްހާނަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގައިފަ އެވެ.

އެނގިފައިވާ ގޮތުގައި ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާނަށް ވެސް ކުރެ އެވެ.

އޭނާއާ ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުދަ ދުވަހުގެ ރޭ 8 ޖަހާއިރަށެވެ.

އެ މައްސަލާގައި އަލްހާން ފަހުމީ ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަގުވައްޓާލުމުގެ ގޮތުން ފުލުހުން ބޭނުންކޮށްގެން ކުރަމުން އަންނަ ކެމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އަލްހާން މިހާރު ވަނީ އޭނާ ހިންގަމުން ދިޔަ އިންވެސްޓްމަންޓް ސްކީމް ހުއްޓާލައިފަ އެވެ. އަދި އޭނާ ފައިސާ ނެގި މީހުންނަށް އަނބުރާ ފައިސާ ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.