14 ނޮވެމްބަރ 2023
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ކުންފުނީގެ ބޯޑު މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން އިއްޔެ ފޮނުވައިފި އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ކުންފުނީގެ ބޯޑު މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން އިއްޔެ ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.
އަލްހާންގެ އިތުރުން އޭނާގެ ދެ ކޮއްކޮއެއް ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާ އުފުލައިދޭން ފުލުހުން އެދިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ދައުވާކުރަން އެދިފައިވާ އެ ތިން މީހުންނަކީ ވެސް ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެންބަރުންނެވެ.
ފުލުހުން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު، އަލްހާންގެ މައްޗަށް ތުހުމަތު ކުރަނީ މަނީ ލޯންޑްރިންގެ ތުހުމަތެވެ. އެ ތުހުމަތުގައި އޭނާ ފުލުހަށް ހާޒިރުކޮށް ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. އަދި އޭނާއާ ގުޅޭ ބައެއް ތަންތަން ބަލައިފާސްކުރި އެވެ.
އަލްހާން ހިންގި ކިންގްސް ކެޕިޓަލް ސްކީމް މައްސަލަގަނޑަކަށް ވި ހިސާބުން އެ ފައިސާ ހޯދަން އިންވެސްޓަރުން މަސައްކަތް ކުރި އެވެ. އެ ސްކީމް މައްސަލަ އަކަށް ވީ، އެއީ ޕޮންޒީ ސްކީމްގެ ހުރިހާ ސިފައެއް ހުރި ސްކީމަކަށް ވެފައި، ހުއްދަ ނުހޯދައި އެކަހަލަ ފަންޑުތައް ނުހިންގޭނެ ކަމަށް އެމްއެމްއޭ އިން އިއުލާން ކުރި ހިސާބުންނެވެ.
އޭރު، އެތައް ބަޔަކު އެ ސްކީމަށް ވަނީ އިންވެސްޓްކޮށްފަ އެވެ. އެ މީހުން ފައިސާ އިންވެސްޓް ކުރީ، އިންވެސްޓްކުރި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެ ގުނަ، ތިން ގުނަ ވާނެ ކަމަށް ބުނެ ކުންފުނިން ދިން ޔަގީން ކަމާ އެކު އެވެ. އެކަމަކު މި ސްކީމުން އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފަ އެވެ.
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ސްކީމް ހިންގި އަލްހާނާއި ދެ ކޮއްކޮއަށް ދައުވާކޮށްފި
ވަގުޓީޓީގެ މައްސަލާގައި ހައްޔަރުކުރި ޝިފާއު ދޫކޮށްލައިފި
ފުލުހުން އަލްހާންގެ އޮފީސް ފާސްކޮށް،ފޯނު ހިފަހައްޓައިފި
މަނީ ލޯންޑްރިންގެ ތުހުމަތުން ހައިލަމް ސަލާމަތްވެއްޖެ
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ތަހުގީގު ބަޔާންތަކަށް ސާހިލް އިންކާރުކޮށްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ފްލެޓަށް ހުޅުވާލި ކަމަށް ބުނެ ފޭކްމެސެޖުތަކެއް ފޮނުވަނީ