15 މެއި 2022
ފ. ދަރަނބޫދޫގެ ކަރާ ދަނޑުތަކަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ގެއްލުން ދީފައި ވަނިކޮށް، ރޭ ދަންވަރު ފަޅޯ ދަނޑަކަށް ވެސް ގެއްލުން ދީފި އެވެ.
ފ. ދަރަނބޫދޫގެ ކަރާ ދަނޑުތަކަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ގެއްލުން ދީފައި ވަނިކޮށް، ރޭ ދަންވަރު ފަޅޯ ދަނޑަކަށް ވެސް ގެއްލުން ދީފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް މިއަދު ވިދާޅުވީ ރަށުގެ ހުޅަނގު ފަރާތުގައި އޮތް އެ ފަޅޯ ދަނޑުގައި ހުރި 20 ފަޅޯގަސް ބުރިކޮށްލާފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ފ. ދަރަނބޫދޫގެ ދަނޑެއްގައި ހުރި ފަޅޯގަހެއް ބުޑުން ބުރިކޮށްލައިފައި: އެ ރަށުގައި ސިލްސިލާކޮށް ދަނީ ދަނޑުތަކަށް ގެއްލުން ދެމުން -- ފޮޓޯ: ދަ ނިއުސް، ފޭސްބުކް ޕޭޖް
ދަރަނބޫދޫން ވާހަ ކަދެއްކި މީހަކު ބުނީ އެ ދަނޑުން 77 ކިލޯގެ ފަޅޯ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ގެއްލުން ދިނީ އެ ރަށުގެ އިރުމަތީ ފަރާތުގައި އޮތް، ދެ މީހެއްގެ ތިން ދަނޑަކަށެވެ. ބަޔަކު އެ ދަނޑުތަކަށް ވަދެ، ކަރަ އާއި މެލަން ބިނދެ އަދި މޭވާތަކާއި ގަސްތަކަށް ގެއްލުން ދީފައިވެ އެވެ. އެ ދަނޑުތަކުގައި ހުރި ފަޅޯ ގަސްތައް ވެސް ހުރީ ބުރިކޮށް، އެ ސަރަހައްދަށް އުކާލާފައި ކަމަށް ކައުންސިލުން ބުންޏެވެ.
އެ ހަތަރު ދަނޑަކީ ވެސް އެ ރަށުގެ މީހުން ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ ތަންތަނެވެ. އަދި އެއީ އެކި މީހުންގެ ދަނޑުތަކެވެ.
އެއީ ގަސްތުގައި ކުރި ކަމަކަަށް ވިޔަސް އަދި ތުހުމަތުކުރެވޭ މީހަކު ނެތް ކަމަށް ކައުންސިލުން ބުންޏެވެ.
ގެއްލުން ދޭތީ ދަރަނބޫދޫގެ ދަނޑުވެރިކަން ހުއްޓިދާނެ
ކާށިދޫގައި 115 ފަޅޯގަސް ކަނޑާލައި ގެއްލުން ދީފި
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ
ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފި
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ