Roadha Mihaaru
އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ރަޝިއާގެ އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

14 މެއި 2022

ދަތުރުތައް މެދުކަނޑާލައިފައި އޮތުމަށް ފަހު ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް މިއަދު އަލުން ފަށައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ދަތުރުތައް މެދުކަނޑާލައިފައި އޮތުމަށް ފަހު ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް މިއަދު އަލުން ފަށައިފި އެވެ.

އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކަނޑައިލީ އެ ގައުމުން ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މިިދިޔަ މާޗުމަހުގެ 28 ވަނަ ދުވަހު އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ފަށާފައިވާއިރު ފުރަތަމަ ބޯޓު ޖެއްސީ މިއަދު ހެނދުނު 8:15 ގައި ކަމަށެވެ. އެ ފުލައިޓުން 296 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އެއިރޯ ފްލޮޓުން ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާއިރު ދަތުރުތައް ކުރާނީ އެއާބޭސް އޭ-330 މަރުކާގެ ބޯޓުތަކުގަ އެވެ. އެއީ 300 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ތިންވަނަ މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ 54624 މީހުންނެވެ.