12 މެއި 2022
ލަންކާގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއި އޭނާގެ ދަރިފުޅު އަދި ކެބިނެޓްގައި ބާރުގަދަ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން 13 މީހަކު ގައުމުން ފުރުން މަނާކޮށްފި އެވެ.
ލަންކާގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއި އޭނާގެ ދަރިފުޅު އަދި ކެބިނެޓްގައި ބާރުގަދަ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން 13 މީހަކު ގައުމުން ފުރުން މަނާކޮށްފި އެވެ.
ލަންކާގެ މީޑިއާތަކުން މިއަދު ބުނީ، އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރާޖަޕަކްސާގެ ވަޒީރު ޖޯންސްޓަން ފެނާންޑޯ އާއި ސަނާތު ނިޝާންތާ ވެސް ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ކަމާ ބެހޭ ފަރާތްތަކުން އެ އަމުރު މިއަދު ނެރުނީ، ލަންކާގައި މިދިޔަ ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެކަމަކު އެ ބޭފުޅުން ފުރުން މަނާކޮށްފައި ވަނީ ކޮން ތުހުމަތެއްގައި ކަމެއް އަދި ނޭނގެ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވި ފަހުން، އާންމުން ވެސް ނުކުމެ ރާޖަޕަކްސާ ހުންނެވި ތަނެއް ހޯދަން ވަނީ މަސައްކަތްކޮށްފަ އެވެ. ރާޖަޕަކްސާ ހުންނެވީ ސިފައިންގެ ހިމާޔަތުގައި ރައްކާތެރި ތަނެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
I personally will extend my fullest cooporation to any investigation that is taking place with regard to the unfortunate events that took place on Monday. Neither my father nor myself have any intention to leave #LKA & will continue to remain here.
— Namal Rajapaksa (@RajapaksaNamal) May 12, 2022
ލަންކާގައި ހިނގި ހަމަނުޖެހުންތައް މިހާރު ވަނީ ކޮންޓްރޯލްވެފަ އެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ލަންކާގެ އެކި ހިސާބުތަކުގައި އަލިފާނުގެ ހާދިސާތައް ހިންގައި، ގެދޮރު ރޯކޮށް މުދަލަށް ގެއްލުން ދީފައި ވެ އެވެ.
އެކަމަކު ނަމާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާ ވެސް އަދި ބައްޕަ ރާޖަޕަކްސާ ވެސް ގައުމު ދޫކުރައްވައި ވަޑައެއްނުގަންނަވާނެ އެވެ. އަދި ވިދާޅުވީ، ފުރާ ވަޑައިގަތުމުގެ އެއްވެސް ނިޔަތެއް ވެސް ނެތް ކަމަށާއި ހޯމަ ދުވަހު ހިނގައިދިޔަ ކަންތައްތައް ތަހުގީގު ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ލަންކާގެ ރައީސްކަމަށް ނަމާލް ވާދަކުރައްވަނީ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ގޮތަބަޔާ ރާއްޖޭގައި މަޑެއް ނުކުރާނެ: ބޭރުގެ މީޑިއާ
ލަންކާގެ ސީއައިޑީން ރާޖަޕަކްސާއާ ސުވާލުކޮށްފި
ރާޖަޕަކްސައަށް ވިލާއެއް ވިއްކާކަށް ނޫޅެން: ސޮނޭވާ
ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް