26 ޑިސެމްބަރ 2016
އައްޑޫ ހުޅުމީދޫ ޗަސްބިން ސަރަހައްދުގައި ރޯ ވާ މައްސަލަ އާންމު ކަމަށްވެފައިވާ ކަމަށާއި އެކަން ހިނގަނީ ބައެއް މީހުންގެ އިހުމާލުން ކަމަށް ގަބޫލު ކުރެވޭ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ހުޅުމީދޫ ޗަސްބިން ސަރަހައްދުގައި ރޯ ވާ މައްސަލަ އާންމު ކަމަށްވެފައިވާ ކަމަށާއި އެކަން ހިނގަނީ ބައެއް މީހުންގެ އިހުމާލުން ކަމަށް ގަބޫލު ކުރެވޭ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދަނޑުބިންތައް ވެސް އޮންނަ މި ސަރަހައްދުގައި ރޭ އިރާކޮޅު ވެސް ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އަދި އަލިފާން ނިއްވައިލީ ސިފައިންނާއި ފުލުހުންނާއި އާންމުންގެ ބައެއް މީހުން ގުޅިގެންނެވެ.
އަލީ ވިދާޅުވީ ޗަސް ބިން ސަރަހައްދުގައި ރޯވާން ދިމާވާ ސީދާ ސަބަބެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.
މީގެ ކުރިން އެ ސަހަރައްދުގައި ރޯވި ހާދިސާތަކަށް ބަލާ އިރު، ބަނގުރާ ކައްކަން ވަދެ އުޅުމުގެ ތެރޭގައި ވެސް ރޯވެފައި އެބަ ހުއްޓެވެ.
"ބޮޑަށް ބެލެވެނީ އަލިފާން ގެންގުޅުމުގެ ތެރޭގައި ބައެއް މީހުންގެ އިހުމާލުންވާ ކަމެއް ކަމަށް. އެ ސަރަހައްދުގައި ރޯވުމަކީ ހަމަ ވަރަށް އާންމު ކަމެއް،" އޭނާ ވިދާލުވި އެވެ.
އަލީ ވިދާޅުވީ ޗަސްބިން ސަރަހައްދުގައި ރޯވެގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނެތް ނަމަވެސް އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ހިސާބާ މާ ދުރު ނޫން ހިސާބެއް ކަމަށެވެ.
"އެއްވެސް ފަހަރެއްގައި މީހަކަށް ގެއްލުމެއްވެފައެއް ނެތް. އެކަމަކު ރޯވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ދަނޑުބިންތަކަށް ގެއްލުން ލިބި، ދަނޑުވެރިންނަށް އޭގެ ގެއްލުން އެބަ ކުރިމަތިވޭ." އޭނާ ވިދާޅުވި އެވެ.
ޗަސްބިން ސަރަހައްދުގައި ރޯވުން އާންމު ކަމަކަށްވެފައިވާތީ، އެ ސަރަހައްދުގައި އަލިފާން ގެންގުޅުމުގައި ސަމާލުވުމަށާއި ގަސްތުގައި އެފަދަ ކަމެއް، އެއްވެސް ބަޔަކު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ކައުންސިލަރު ތުހުމަތު ކުރަނީ ބަޔަކު ރޯކޮށްލީ ކަމަށް!
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި