11 މެއި 2022
ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނަ މަގާމުގައި މާޒިޔާއިން ލީޑް ފުޅާ ކޮށްފި އެވެ.
ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނަ މަގާމުގައި މާޒިޔާއިން ލީޑް ފުޅާ ކޮށްފި އެވެ.
މިހާރު މާޒިޔާ ވަނީ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މާދަމާ ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އީގަލްސް މެޗު ކާމިޔާބުކޮށްފިނަމަ އަނެއްކާ ވެސް ދެ ޕޮއިންޓަށް ފަރަގު ކުޑަ ވާނެ އެވެ. މާޒިޔާ މިހާރު ވަނީ 33 ޕޮއިންޓް ހޯދައިފަ އެވެ. އީގަލްސް ދެވަނައިގައި އޮތީ 28 ޕޮއިންޓާއެކު އެވެ. ހަތްވަނައިގައި އޮތް ގްރީން އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.
ފުރަތަމަ ބުރުގައި މާޒިޔާއިން ވަނީ ގްރީންގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅު ވެފަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މިޑްފީލްޑާ އިބްރާހިމް އައިސަމް (ޓޯނީ) ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
އައިސަމް (31) ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ --- ފޮޓޯ: މާޒިޔާ
މާޒިޔާ އަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ އައިސަމް ޖެހި ދެ ލަނޑުންނެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ. އަދި ދެވަނަ ހާފަށް ނުކުމެ ހަތަރުވަނަ މިނެޓްގައި ދެ ލަނޑު ޖެހި އެވެ.
މާޒިޔާގެ އަނެއް ދެ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ނާއިޒު ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ. އިބްރާހިމް ވަހީދު ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގަ އެވެ.
މާދަމާ ހަވީރު ވެލެންސިއާ ނުކުންނާނީ ގްރާންޑޭއާ ދެކޮޅަށެވެ. ވެލެންސިއާ އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ މަހު ފަސްވަނަ ދުވަހު އޭއެފްސީ ކޮލިފައިން މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ
ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާ އިން ފަސޭހަ މޮޅެއް
މާޒިޔާ ސީރިއަސްވާންޖެހޭ، ގްރީންގެ އަމާޒަކީ ގަދަހަތަރެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ވެލެންސިއާ އަތުން މާޒިޔާ އަށް މުހިންމު މޮޅެއް
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ލީޑް ދަމަހައްޓައިފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި