07 ޖުލައި 2022
ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާގެ މައްޗަށް 1-0 އިން ކުރި މާޒިޔާ ސްޕޯޓްސް ކުރި ހޯދައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާގެ މައްޗަށް 1-0 އިން ކުރި މާޒިޔާ ސްޕޯޓްސް ކުރި ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގެ މެޗުގައި ހޯދި މި ކާމިޔާބީއާ އެކު މާޒިޔާ ވަނީ 16 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. އަދި 15 މެޗު ކުޅެގެން 37 ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް އަށް ލީގުގެ ދެވަނަ ޔަގީންކުރަން ދެން ބޭޏުންވަނީ އެންމެ ޕޮއިންޓެކެވެ. ވެލެންސިއާ ތިންވަނައިގައި އޮތީ 16 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.
މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު 39 ވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން ޖެހީ، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި ކޯނޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒު ވެފައި ވާއިރު، ސްޕެއިން ކުޅުންތެރިޔާ ޓަނާ ޑޮމިންގޭޒް ގޯލަށް ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފުގައި ވެސް މާޒިޔާ އަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފަ އެވެ. ހަމްޕު އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަދި ކޯނޭ އާއި އައިސަމް ގެ ހަމަލާތައް ގޯލާ އަމާޒު ނުވި އިރު، ޑިފެންޑަރު ނަމަންޔާ ކާޓާލް ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް މަތަކުރި އެވެ.
މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އުމެއިރަށް މި މެޗުގައި ނުކުޅެވެ އެވެ. ރޭގެ މެޗް އެޓީމު ނިންމާލީ ގޯލަށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވެލްނެސިއާގެ އަސްހަދު އަލީ (އަޑޭ)، މާޒިޔާގެ ހުސެއިން ޝިފާޒް (ޑުންގާ) އަށް ކުރި ނުރައްކާތެރި ފައުލަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
ލީގުގައި އިއްޔެ ހަވީރު ބައްދަލުކުރީ ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެ މެޗް ފަސޭހަ ކަމާ އެކު 4-0 އިން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް އެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އާއި ދަ ގްރާންޑޭ އެވެ. އަދި މިރޭގެ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޔޫވީ އެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ