Roadha Mihaaru
ގައްދޫ ބަނދަރުގެ މަސައްކަތަށް ތަކެތި ގެންގޮސްފި

ގައްދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

09 މެއި 2022

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ މެޝިންތައް އެ ރަށަށް ގެންގޮސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ މެޝިންތައް އެ ރަށަށް ގެންގޮސްފި އެވެ.

މީގެ އިތުރުން ހާބާ ޕޭމެންޓް ހެދުމާއި ބްރިޖެއް އެޅުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. މި ޕްރޮޖެކްޓަށް މި މަޝްރޫއަށް 38.4 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރުތަކާއި މަގުތަކާއި އެއާޕޯޓްތައް ހެދުމާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ.

މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ އެ ކުންފުންޏަށް ފައިދާގެ ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު އަހަރެކެވެ.

މިދިޔަ އަހަރު ނިމުނުއިރު، އެމްޓީސީސީ އަށް 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.