06 މެއި 2022
މަސް ދުވަސް ތެރޭގައި ދެވަނަ ފަހަރަށް ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
މަސް ދުވަސް ތެރޭގައި ދެވަނަ ފަހަރަށް ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
ލަންކާގައި މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، ގައުމު ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. އެ މުޒާހަރާތަކާ ގުޅިގެން ފިހާރަތަކާއި ސްކޫލުތައް ބަންދުކޮށް، އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ އެއްވުންތައް ވަރުގަދަކޮށްފަ އެވެ.
މިދިޔަ މަހު ފެށި މުޒާހަރާތަކުގައި މި ފަހުން ޓީޗަރުންނާއި ދަރިވަރުންނާއި އަދި ސިއްހީ ހިދުމަތްތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެ މުޒާހަރާތަކާ ގުޅިގެން ލަންކާގެ ވެރިރަށް ކޮލަންބޯގެ އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމު ވެސް ހުއްޓުމަކަށް އައިސްފައިވާއިރު، ފުލުހުން ވަނީ މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށްގެން ކަރުނަ ގޭހާއި ފެން ޖަހައިފަ އެވެ.
މުޒާހަރާތައް ވަރުގަދަވި ނަމަވެސް އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދިވެސް ގެންދަވަނީ އިސްތިއުފާ ދެއްވުމާ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވަނީ އިދިކޮޅު ޕާޓީތަކާ އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އިދިކޮޅުން ވަނީ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާ ދެއްވަން ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އެންގެވި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރިޔަސް، ރާޖަޕަކްސަ އެ ވާހަކަ ދޮގުކުރެއްވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ އޭގެ ފަހުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، ލަންކާ ފުރަބަންދުކޮށް، އިމްޕޯޓް ހުއްޓައިލުމާ ގުޅިގެން، ބޭރު ފައިސާ ލިބުން ދަތިވެ، އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ނިޔަލަށް އަދާކުރަން ޖެހޭ ބޭރު ދަރަނީގެ މިންވަރު 25 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން ހަތް ބިލިއަން ޑޮލަރު މި އަހަރުގެ ތެރޭގައި ދައްކަން ޖެހެ އެވެ. ނަމަވެސް އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް މިހާރު ހުރީ އެއް ބިލިއަން ޑޮލަރަށް ވުރެ ދަށުގަ އެވެ.
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ބޮޑެތި ބާރުތަކަކާ އެކު ލަންކާ ސިފައިން މަގުތަކަށް
ރާޖަޕަކްސަ ހައްޔަރުކުރަން ގޮވާލައިފި
ގޯލް ފޭސްގެ ހާދިސާ ތަހުގީގުކުރަން އަންގައިފި
ރާޖަޕަކްސަ ސަލާމަތްކޮށްދިނީ ހަތިޔާރު އެޅި ސިފައިން
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ލަންކާގައި އަމަން ދެމެހެއްޓުމަށް ސިފައިންނަށް އަންގައިފި