Roadha Mihaaru

ޑޮމިނިއަން އަކީ ޖުރެސިކް ވޯލްޑްގެ ނިމުން

މިހާތަނަށް ނެރުނު އެންމެ ބޮޑެތި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޖުރެސިކް ވޯލްޑް"ގެ ތިންވަނަ ފިލްމު "ޑޮމިނިއަން" އަކީ މުޅި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމަށް އިއުލާންކޮށްފި އެވެ.

ޑޮމިނިއަން އަކީ ޖުރެސިކް ވޯލްޑްގެ ނިމުން
އަހްމަދު ޖައިޝަން
އަހްމަދު ޖައިޝަން

06 މެއި 2022

މިހާތަނަށް ނެރުނު އެންމެ ބޮޑެތި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޖުރެސިކް ވޯލްޑް"ގެ ތިންވަނަ ފިލްމު "ޑޮމިނިއަން" އަކީ މުޅި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމަށް އިއުލާންކޮށްފި އެވެ.

ނުވަދިހައިގެ މަޝްހޫރު ފްރެންޗައިޒް "ޖުރެސިކް ޕާކް"އާ ގުޅުވައިގެން ފެށި ޖުރެސިކް ވޯލްޑް ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ނެރުނީ 2015 ވަނަ އަހަރުގަ އެވެ. އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް އެކަނި ވެސް ވަނީ 1.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އެ ފްރެންޗައިޒްގެ ތިންވަނަ ފިލްމު "ޑޮމިނިއަން" އަންނަ މަހުގައި ނެރުމަށް ހަމަޖެހިފައިވާއިރު، އެ ފިލްމާ އެކު ކުރީގެ ފްރެންޗައިޒް ވެސް ގުޅުވާލާނެ އެވެ.

ޖުރެސިކް ވޯލްޑުގެ ލީޑް އެކްޓަރު ކްރިސް ޕްރެޓް ބުނި ގޮތުގައި ޑޮމިނިއަންއާ އެކު ޖުރެސިކް ވޯލްޑް ފްރެންޗައިޒް އަށް ނިމުމެއް އަންނާނެ އެވެ.

މުޅި ފްރެންޗައިޒަށް ފިނާލޭގެ ގޮތުގައި "ޑޮމިނިއަން" ގެނެސްދޭއިރު، އެއާ އެކު މުޅި ޖުރެސިކް ފްރެންޗައިޒް ވެސް ނިމޭނެ ކަމަށް ޕްރެޓް ބުންޏެވެ. އަދި ކުރީގެ ފްރެންޗައިޒުން އެކްޓަރުން ގެނައީ އެހެންވެ ކަމަށެވެ.

"ޑޮމިނިއަން" އަންނަ މަހު 10 ގައި އަޅުވާއިރު، އެ ފިލްމަށް ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.