Roadha Mihaaru
ކަންގަނާގެ "ދާކަޑް"ގެ ޓްރެއިލާ ނެރެފި

ކަންގަނާގެ "ދާކަޑް"ގެ ޓްރެއިލާ ނެރެފި

01 މެއި 2022

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތާއި އަރްޖުން ރަމްޕަލް ލީޑު ރޯލުން ފެންނާނެ "ދާކަޑް"ގެ ޓްރެއިލާ ނެރެފި އެވެ.

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތާއި އަރްޖުން ރަމްޕަލް ލީޑު ރޯލުން ފެންނާނެ "ދާކަޑް"ގެ ޓްރެއިލާ ނެރެފި އެވެ.

ރަޒްނީޝް ގާއީ ޑައިރެކްޓްކޮށްފައިވާ "ދާކަޑް" އަކީ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ކަންގަނާ ފެންނާނީ ސްޕައި އޭޖެންޓް އަގްނީގެ ރޯލުންނެވެ.

އިއްޔެ އާންމުކުރި ޓްރެއިލާ އިން ފެންނަނީ އަގްނީގެ މިޝަންއެެއްގެ މަންޒަރުތަކެކެވެ. ރޭގަނޑުގެ ސީންތަކަކުން ޓްރެއިލާ ފެށޭއިރު، ބަޔަކު މީހުން ހޯދައި އެމީހުންނަށް އޭނާ ހަމަލާދޭތަން ފެނެ އެވެ. އެ މަސައްކަތް ނިމުމާ އެކު އިތުރު މަސައްކަތެއް އޭނާއާ ހަވާލުކުރާ މަންޒަރު ވެސް ފެނެ އެވެ. އެއާ އެކު ދެން ފެންނަނީ ވިލަންގެ ބައި ފެށޭ ތަނެވެ. ވިލަން ނުވަތަ މައިނިން މާފިއާގެ ރޯލުން ފެންނަނީ އަރްޖުން އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގައި ކަންގަނާ ތަފާތު ހަތް "ލުކެއް" ފެންނާނެ އެވެ. އެ ފިލްމަށް ކަންގަނާ ކުރި ބުރަ މަސައްކަތް އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ބައެއް ކަހަލަ ސީންތަކަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށް ބުންޏެވެ.

ދާކަޑަކީ ދީޕަކް މުކުތާއި ސޮހޭލް މަކްލައި ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހު 20 ގަ އެވެ.