20 ޖޫން 2021
ސޮނީ ލިވް އެޕްގެ ވެބް ސީރީޒް "ސްކޭމް 1992" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ޕްރަތީކް ގާންދީ އަށް ވިދިޔާ ބާލަންއާ އެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ސޮނީ ލިވް އެޕްގެ ވެބް ސީރީޒް "ސްކޭމް 1992" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ޕްރަތީކް ގާންދީ އަށް ވިދިޔާ ބާލަންއާ އެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަކީ ވިދިޔާގެ 2017 ގެ ފިލްމު "ތުމާރީ ސުލޫ" ގެނެސްދިން ކުންފުނި އެލެޕްސިސް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ބުނީ އޭގައި ވިދިޔާ އާއި ޕްރަތީކް ކުޅޭނީ ދެމަފިރިންގެ ރޯލު ކަމަށާއި އިތުރު ދެ ތަރިއަކު ވެސް ފިލްމުގެ ދެމަފިރިންގެ ރޯލު ކުޅޭނެ ކަމަށެވެ.
މި އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމު ޑައިރެކްޓްކުރާނީ ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) އާ އެކު "ޕޫންކް" އާއި "ރަން" އަދި "ކޮންޓްރެކްޓް" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝިރްޝާ ގުހާ ތައުރުޓާ އެވެ.
ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝޭރްނީ" ގެ ބަތަލާ ވިދިއާ އާއި ޕްރަތީކް ފިލްމުގެ މަންޒަރުތައް ނަގާނީ މުމްބާއީ އާއި ދެކުނު އިންޑިއާގަ އެވެ. އަދި މުޅި ފިލްމުގެ ޝޫޓިން 45 ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.
އަރުޖުން ރާމްޕާލް ވިލަންއެއްގެ ރޯލު ކުޅޭ ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" ގައި އޭނާ ކުޅޭ ކެރެކްޓާ އަށް ބޮލުގެ އިސްތަށިގަނޑު ބްލޮންޑްކޮށްފި އެވެ.
އާ ސްޓައިލް އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ދައްކާލައިފަ އެވެ. "ދާކަޅް" ގިނަ މަންޒަރުތަކެއް މި އަހަރުގެ ކުރީކޮޅު ނަގައި ނިންމާފައިވާ އިރު، ކުރިއަށް އޮތީ ހަންގޭރީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޮތް ޝޫޓިން ޝެޑިއުލްއެކެވެ.
އަރުޖުން މީގެ ކުރިން ނުފެންނަހާ ތަފާތު ރޯލަކުން ފެންނާނެ "ދާކަޅް" އަކީ ރަޒްނީޝް ގާއީ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ދިވްޔާ ދައްތާ އާއި މިތުން ޗަކްރަބަތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ) ވެސް ހިމެނެ އެވެ.
ފަރުހާން އަޚްތަރުގެ 2013 ގެ ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" ގެ ވާހަކަ ބިނާކުރި އިންޑިއާގެ ކުރީގެ އެތުލީޓް މިލްކާ ސިންގް ހުކުރު ދުވަހު މަރުވެއްޖެ އެވެ.
އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސްފައި އިންޑިއާ އަށް ދުވުމުން ރަން މެޑެލް ހޯދައި ދީފައިވާ ފްލައިން ސިކްގެ ނަމުން މަޝްހޫރުވި މިލްކާ، 92، މަރުވީ ކޮވިޑް-19 ޖެހި ފަރުވާ ހޯދައި ބަލިން ފަސޭހަވެފައި ވަނިކޮށް، އޭހެ ސަބަބުން އަނެއްކާ ވެސް ހާލު އިތުރަށް ގޯސްވެގެން ކަމަށް މީޑިއާތަކުން ބުންޏެވެ. އޭނާ ހުކުރު ދުވަހު މަރުވި އިރު، މީގެ ހަފުތާއެއްހާ ދުވަސްކުރިން އަންހެނުން ނިރުމަލް ސައިނީ ވެސް ވަނީ ކޮވިޑްގައި މަރުވެފަ އެވެ.
މިލްކާ މަރާ ގުޅިގެން ފަރުހާނާއި އަކްޝޭ ކުމާރާއި ޝާހްރުކް ޚާން ފަދަ އެތައް ތަރިންނެއް ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ.
އަޖޭ ދޭވްގަން ކުޅޭ ފުރަތަމަ ވެބް ސީރީޒް "ރުދުރާ" އިން އޭނާ އަށް 125 ކްރޯޑް ރުޕީސް (16.9 މިލިއަން ޑޮލަރު) ގެ ފީއެއް ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަގާ އެކީ އަޖޭ ހިމެނޭނީ ބޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިންގެ ތެރޭގަ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ "ރުދުރާ" އަކީ ބީބީސީ އިން ހޮލީވުޑްގެ އެކްޓަރު އިޑްރިސް އެލްބާއާ އެކު ގެނެސްދިން "ލޫތާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.
އެ ސީރީޒް ފަސް ސީޒަނަށް 20 އެޕިސޯޑާ އެކު ގެނެސްދިނީ 2010-2019 އަށެވެ.
ބަތަލާގެ ރޯލަށް އިންޑިއާގެ ދެކުނުގެ ބަތަލާ ރާޝީ ކަންނާ ހަމަޖައްސާފައިވާ "ރުދުރާ" ގެ ޝޫޓިން އަންނަ މަހުގެ 21 ގައި ފަށާނެ އެވެ. މުމްބާއީގައި މަންޒަރުތައް ނަގާ ސީރީޒްގެ ޝޫޓިން އަށް ހޭދަވާނީ ދެ މަސް ދުވަހެވެ.
މީގެ ޑައިރެކްޓަރަކީ ރާޖޭޝް މަޕުސްކަރް އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ