30 އެޕްރީލް 2022
އެމްޑީޕީން ބޭނުން ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭނުން ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ "ޑީޑީ އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ 2023 ގެ އިންތިހާބާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނަންތޯ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ 2023 ގެ އިންތިހާބުގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެ މެމްބަރަކު ވެސް ވިދާޅުވެފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އޭނާއަކީ "ޕާޓީ މޭން" އެއް ކަމަށާއި އެ ޕާޓީން ބޭނުންވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
"ޕާޓީން ނިންމާނީ އަޅުގަނޑަކީތޯ ކެންޑިޑޭޓަކީ. އަޅުގަނޑު ޕާޓީން ނިންމާ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމާ ގުޅިގެން ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ވަކާލާތު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. އެެހެންވެ، އިންތިހާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް 2023 ގައި އިންތިހާބު ބާއްވާނީތޯ ނުވަތަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ސަރުކާރެއް ގާއިމުކުރާނީތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ކަހަލަ އާބާދީ ކުޑަ ގައުމަކަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެވެ.
އެ މަނިކުފާނު ވިދާޅުވީ ވަކި މައްސަލައަކާ ގުޅިގެން ކެބިނެޓް މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރާ ނަމަ، މިހާރު 15 ދުވަހުގެ ނޯޓިސްއެއް ވެސް ދޭން ޖެހޭ ކަމަށާއި އެކަމުގެ ސުވާލު ނުކުރެވި އުޅެނިކޮށް 15 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ވެސް ހިނދިގެން ހިނގައިދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް އެ ޕާޓީން އޮތީ ނިންމައިފަ އެވެ. ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަޝްވަރާ އޮންނާނީ އެ ކޮންގްރެސްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަމުން އަންނަތާ 13 ވަރަކަށް އަހަރުވެފައިވާތީ އެއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭ ގޮތުން އެ އިންޓަވިއުގައި ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ވެސް ބޭނުންފުޅު ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ބޭފުޅުންގެ މެދުގައި ވާހަކަފުޅު ދައްކަވައިގެން ހައްލުނުވާނެ ވަރުގެ ކަމެއް އަދި ނެތް ކަމަށް ނަޝީދު ވިދާޅުވެ އެވެ.
"ރީތި ގޮތުގައި މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު ގަބޫލުކުރަނީ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އާއި އެމަނިކުފާނާ ދެމެދު "ކޯޅުން" ކިތަންމެ ބޮޑަސް އެއީ "ބައިބައިވުމެއް" ގެ ގޮތުގައި ސިފަކުރައްވަން ނަޝީދު ބޭނުންފުޅެއް ނުވެ އެވެ. ނަޝީދު ވިދާޅުވީ ރައީސާއި އެމަނިކުފާނާ ދެމެދުގައި އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުންތައް އެބަ ހުންނެވި ކަމަށެވެ.
"ޕާސަނަލް އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން ރައްޔިތުންނަށް ވައުދުވީ ކުރީގެ ސަރުކާރުގެ ކޮރަޕްްޝަން ބަލާނެ ކަމަށް. އެކަމަކު އެހާ ރަނގަޅަށް ތަހުގީގު ކުރިއަކަށް ނުގެންދެވޭ.،" ސަރުކާރާ މެދު އޮތް ކަންބޮޑުވުން ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ރާއްޖެ ވަޑައިގަތުމުގެ މަގުމަތީ ނަޝީދު އިންޑިއާއަށް
ޖީއެމްއާރު ރާއޯގެ ހަފުލާއެއްގައި ނަޝީދާއި ޝާހިދު
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ޔާމީނަށް ތާއީދުކުރިޔަސް އިންޑިއާއާ ދެކޮޅު ހެދުން ގޯސް
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
ޔާމީން ކުރައްވާ ކަމަކީ އިންޑިއާއާ މޫނުކެނޑުވުން:ނަޝީދު
"އިންޑިއާ އައުޓް"އާ ހެދި އޮތީ ނުތަނަވަސްކަން: ނަޝީދު
ފުލުހުން ނުކުމެ ޔާމީނު ހުއްޓުވަން ޖެހޭ: ނަޝީދު
ނަޝީދު ނުރުހޭތީ ޒަމީރުގެ ސޮއި ނަގައިފި