19 ޖެނުއަރީ 2022
އިންޑިއާއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން ހިންގަވާ ކެމްޕެއިންގެ ސަބަބުން ދިވެހިން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންޑިއާއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން ހިންގަވާ ކެމްޕެއިންގެ ސަބަބުން ދިވެހިން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ނެޝަނަލް ޔޫތު ޕާލަމެންޓްގެ ދެވަނަ ދައުރު ޝަރަފުވެރިކޮށްދެއްވުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ވެރިކަމުގައި އޮތުމަށް ކުރެވުނު ހުރިހާ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު މިއީ އެމްޑީޕީ އަށް ވަރަށް ނާޒުކު ދަނޑިވަޅެއްހެން. ހަސަދަވެރިކަން ވަރަށް ބޮޑުވެ، ހާއްސަކޮށް ކުރީގެ ރައީސް ޔަމީން އިންޑިއާއާ ދެކޮޅަށް ހިންގަވާ ކެމްޕެއިނާއި ދައްކަވާ ވާހަކަތަކުން އަޅުގަނޑުމެންގެ މީހުން [ދިވެހިން] މި ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔަމީންއާ ސަލާމްކުރައްވަނީ.-- ފައިލް ފޮޓޯ: މިހާރު
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށައިގެން އުޅޭ "އިންޑިއާ އައުޓް" ކެމްޕެއިނަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ ވަކި ގައުމަކާ އެކު އެކަނި މަސައްކަތް ކުރުމަކީ އެއްއިރަކު ވެސް އެމަނިކުފާނު ގަބޫލުކުރެއްވި ކަމެއް ނޫން ކަމަށާއި ކޮންމެ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖެ އަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އިންޑިއާ އަކީ އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިޔާ އަދި ހުރިހާ ކަމެއްގައި ވެސް އެންމެ ފުރަތަމަ އެހީ އަށް އެދެވޭ ފަރާތް. އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ގުޅުމުގެ ފަހަތުގައި ނުބައި ބޭނުމެއް އޮތްހެނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމުގައި އެމްޑީޕީ އޮތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ، އެއީ އަބަދު ވެސް ގެންގުޅުއްވާ، ބަދަލެއް ނާންނަ ވިސްނުމެއް ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރަސީއަށްޓަކައި އެމްޑީޕީ އަށް ވަރަށް މުހިންމު އިތުރު ދައުރެއް. އެއީ އެހެން ހުރިހާ ކަމަކަށް ވުރެ ވެސް އަޅުގަނޑު އިސްކަންދޭނެ ކަންތައް
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ވަރަށް ގަދަ އަށް ވަކާލާތުކުރައްވާ، ނަޝީދު ވިދާޅުވީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ސަބަބުން އެއްވެސް ސިޔާސީ ޕާޓީއެއް އެކަނި އުޅެގެން 50 ޕަސެންޓް ވޯޓާ އެކު އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ވެރިކަމުގެ ނިޒާމު ބަދަލުކުރުން އަދިވެސް ވަރަށް މުހިންމު ކަމަށެވެ.
ރައީސްގެ މަސައްކަތްތަކަށް ތައުރީފުކުރައްވާ ވިދާޅުވީ އެ ދެ ބޭފުޅުން އެކުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެހެން ހީނުވާ ކަމަށާއި އަދި ރައީސް ވެސް އެ ވިސްނުން ގެންގުޅުއްވާނެ ކަމަށް އެމަނިކުފާނު ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމަކު މުހިންމީ އެމްޑީޕީ ވެރިކަމުގައި އޮތުން ކަމަށެވެ.
"ޑިމޮކްރަސީއަށްޓަކައި އެމްޑީޕީ އަށް ވަރަށް މުހިންމު އިތުރު ދައުރެއް. އެއީ އެހެން ހުރިހާ ކަމަކަށް ވުރެ ވެސް އަޅުގަނޑު އިސްކަންދޭނެ ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ ވަޑައިގަތުމުގެ މަގުމަތީ ނަޝީދު އިންޑިއާއަށް
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ޕާޓީ ބޭނުން ނަމަ 2023 ގައި ވާދަކުރާނަން: ނަޝީދު
ޔާމީނަށް ތާއީދުކުރިޔަސް އިންޑިއާއާ ދެކޮޅު ހެދުން ގޯސް
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
ޔާމީން ކުރައްވާ ކަމަކީ އިންޑިއާއާ މޫނުކެނޑުވުން:ނަޝީދު
ފުލުހުން ނުކުމެ ޔާމީނު ހުއްޓުވަން ޖެހޭ: ނަޝީދު
ނަޝީދު ނުރުހޭތީ ޒަމީރުގެ ސޮއި ނަގައިފި
މޯދީއާ ނަޝީދު ބައްދަލު ކުރައްވައިފި
ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ:ނަޝީދު