Roadha Mihaaru
ޒައިދު ޚާންގެ ހަށިގަނޑު ވަރުގަދަކޮށްލައިފި

ޒައިދު ޚާންގެ ހަށިގަނޑު ވަރުގަދަކޮށްލައިފި

28 އެޕްރީލް 2022

ބޮލީވުޑްގެ މަޝްހޫރު ފިލްމު "މޭ ހޫ ނާ" ގައި ލަކީގެ ރޯލުން ވިދާލި އެކްޓަރު ޒައިދު ޚާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމު "މޭ ހޫ ނާ" ގައި ލަކީގެ ރޯލުން ވިދާލި އެކްޓަރު ޒައިދު ޚާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ޒައިދު އޭނާގެ "ފިޓްނެސް ޓްރާންސްފޮމޭޝަން" އިންސްޓަގްރާމުގައި ހިއްސާކުރުމާ އެކު މިއީ އޭނާގެ "ކަމްބެކް" އަށް ތައްޔާރުވުން ކަމަށް ވެސް ވެދާނެ އެވެ.

ޒައިދު ބޮލީވުޑަށް ނިކުތީ 2003 ގައި "ޗުރާ ލިޔާ ހޭ ތުމްނޭ" އިންނެވެ. އެކަމަކު މީހުންގެ ލޮލުގައި ޒައިދު އަޅައިގަތީ ޖެހިގެން އައި 2004 ވަނަ އަހަރު ނެރުނު މޭހޫނާއާ އެކު އެވެ. ގާތްގަނޑަކަށް 25 ފިލްމުގައި އޭނާ މަސައްކަތްކުރި ނަމަވެސް، "އަންޖާނާ އަންޖާނީ" އާއި "ދަސް" ކަހަލަ ފިލްމުތަކުން މާ ބޮޑު ކާމިޔާބީއެއް އޭނާއަކަށް ނުލިބުނެވެ. އެންމެ ފަހުން، މަޑުމަޑުން ގޮސް، އޭނާ ބޮލީވުޑުންް ގެއްލުނީ އެވެ. އެކަމަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް ބަރާބަރަށް ޚަބަރުވެ އެވެ.

ޒައިދު ޚާން: އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވޭ.

ޒައިދު ޚާން: އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވޭ.

އެކަމަކު، އަނެއްކާ ވެސް ޒައިދަށް މީޑިއާގެ ސަމާލުކަން ލިބުނީ އޭނާގެ ހިކި ހަށިގަނޑު ވަރުގަކޮށްލައި، ގެނައި ބޮޑު ބަދަލުގެ ސަބަބުންނެވެ. މި ވަގުތު ފޮޓޯތަކެއް އެކަނި ހިއްސާކުރިޔަސް، ޒައިދު ބުނީ ވަރަށް އަވަހަށް އޭނާގެ ހަށިގަނޑަށް ބަދަލު ގެނައި ގޮތް އެންމެނަށް ކިޔައިދޭނެ ކަމަށެވެ.

އުމުރުން 41 އަހަރުގެ ޒައިދުގެ ހަށިގަނޑު ޓްރާންސްފޯމްވުމުގެ މަރުހަލާގައި އޭނާ އަށް އެހީވި މީހުންނަށް ޝުކުރު އަދާކުރިއިރު، ޒައިދު ވަނީ އެކްޓަރު ރިތިކް ރޯޝަންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.