24 އެޕްރީލް 2022
ކ. މާފުށީގައި މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާޙަގަ ކުރުމަށް ހަވާ އަރުވައި، މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރަށު ކައުންސިލުން ނިންމައިފި އެވެ.
ކ. މާފުށީގައި މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާޙަގަ ކުރުމަށް ހަވާ އަރުވައި، މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރަށު ކައުންސިލުން ނިންމައިފި އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހުސައިން ސޮލާހު މިއަދު ވިދާޅުވީި ފިތުރު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
އީދު ފާހަގަކުރުމުގެ ގޮތުން މާފުށީގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަވާ އެރުވުން ކުރިއަށް ދާނީ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ ޝޯގެ ތެރޭގަ އެވެ.
"ހަވާ އަރުވަން އަޅުގަނޑުމެންނަށް ކޮންފޮމޭޝަން ލިބިއްޖެ. މިކޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ދެ ފަރާތެއް ކަމަށްވާ ކާނި ހޮޓެލްސް އާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކު މާފުށީ ރައްޔިތުންނަށް ހަވާ އަރުވައިދޭ ގޮތަށް އޮތީ،" ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓު ހައުސް ހިންގާ ރަށް، މާފުށީ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރުތަކެއް ވެސް ހިމެނެ އެވެ. އަދި އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާފުށީ ކައުންސިލުން ބުނީ އީދު ދުވަހުގެ ރޭ އޮންނަ މިއުޒިކް ޝޯގައި ޔާރާ އާއި, ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިއުޒިކާއި ޑީޖޭ ބައި އިންމަ ބައިވެރިވާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް؛ އުޖާލާ ޓޫރިޒަމެއް!
ޓެކްސް އަށް 200 މިލިއަން: އެ ފައިސާ ކޮބާ؟
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!
އެންމެ ބޮޑު ގެސްޓް ހައުސް އަނެއްކާ ވެސް މާފުށީގައި
ރާއްޖޭގެ އެންމެ ބޮޑު ގެސްޓުހައުސް މާފުށީގައި ހުޅުވައިފި
ހަ ރަށެއްގެ 22 ގެސްޓު ހައުސްއެއް މާދަމާ ހުޅުވާނެ