19 އެޕްރީލް 2022
މީރާއަށް 2020 ވަނަ އަހަރުގެ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މީރާއަށް 2020 ވަނަ އަހަރުގެ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މީރާގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ.
ރިޕޯޓްގައިވާ ގޮތުން 2016 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރު މިގޮތަށް ނުދައްކާ ފައިސާގެ އަދަދު 264 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
ނުދައްކާ ފައިސާގެ ތެރެއިން އެންމެ ގިނައިން ނުދައްކާ ހުރީ ރިސޯޓު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާތަކެވެ. ރިސޯޓު ކުލީގެ ގޮތުގައި ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ މީރާއަށް ނުލިބެ އެވެ. ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ މީރާއަށް ލިބިފައެއް ނުވެ އެވެ. ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 642 މިލިއަން ރުފިޔާ މީރާ އަށް ލިބިފައެއް ނުވެ އެވެ.
އޮޑިޓް އޮފީހުން ބުނީ ރިސޯޓު ކުއްޔާ ގުޅޭ ގިނަ އަދަދެއްގެ ފައިސާ މީރާއަށް ނުލިބި ވަނީ ރިސޯޓު ތަރައްގީކުރުމަށް ދޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުންނާތީ އެވެ. މިފަދަ ރަށްތަކުގެ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށް ފަހު ވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ވެފައި ހުރުމުން ޖޫރިމަނާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރާ ހަމައަށް ރިސޯޓު ކުލި ނުދޭ ގިނަ ރަށްތަކަކީ ތަރައްގީކުރަމުން އަންނަ ރަށްތަކާއި، އެގްރިމަންޓް ބާތިލްކޮށްފައިވާ ރަށްތަކެވެ. އޮޑިޓް އޮފީހުން ބުނީ މި ފައިސާ ހޯދުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. މިކަން ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީރާއަށް އަންގާފައިވެ އެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި