Roadha Mihaaru
އޯޓިޒަމަށް ގިނަ ފަރުވާތަކެއް ޓްރީ ޓޮޕުން

އޯޓިޒަމަށް ގިނަ ފަރުވާތަކެއް ޓްރީ ޓޮޕުން

18 އެޕްރީލް 2022

އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ދުވަސް މިމަހު ފާހަގަކޮށްފައި ވާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފެންނާނެ އަލާމާތްތައް ދެނެގަތުމަކީ އެ ކުދިންނަށް އެހީވެދީ އަދި އެ ކުދިންނާ އެކު އުޅެވޭނެ މުޖްތަމައެއް ބިނާކުރަން މުހިންމު ކަމެކެވެ.

އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ދުވަސް މިމަހު ފާހަގަކޮށްފައި ވާއިރު، އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފެންނާނެ އަލާމާތްތައް ދެނެގަތުމަކީ އެ ކުދިންނަށް އެހީވެދީ އަދި އެ ކުދިންނާ އެކު އުޅެވޭނެ މުޖްތަމައެއް ބިނާކުރަން މުހިންމު ކަމެކެވެ.

އޯޓިޒަމަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމެކެވެ. އެކަމުގެ ސަބަބުން ކުއްޖާ މީހުންނާ މުއާސަލާތު ކުރުމުގަ އާއި އުޅުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަކީ ކުއްޖާގެ ހެދިބޮޑު ވަމުން އަންނައިރު އުމުރުގެ ކުރީކޮޅުގައި ދިމާވާ ކަމެކެވެ. އާންމުގޮތެއްގައި އޯޓިޒަމްގެ އަލާމާތްތައް ޅައުމުރުގައި ދެނެ ގަނެވޭނެ އެވެ. ނަމަވެސް އުމުރުގެ އެހެން މަރުހަލާތަކުގައި ވެސް ބަލި ދެނެގަނެވިދާނެ އެވެ.

ޑައިގްނޯސްޓިކް އަދި ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑާސް (ޑީއެސްއެމް) އޯޓިޒަމް، އަސްޕާގާސް އަދި ޕަވޭސިވް ޑިވެލޮޕްމެންޓް ޑިސްއޯޑާ (ޕީޑީޑީ) އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ގެ ތެރޭގައި ހިމެނޭ ބަލިތަކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮކިއުޕޭޝަނަލް ތެރަޕީ ދެނީ. އެ ހޮސްޕިޓަލުން ކުޑަކުދިންނަށް ގިނަ ފަރުވާތަކެއް ދޭނެ. --ފޮޓޯ:ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮކިއުޕޭޝަނަލް ތެރަޕީ ދެނީ. އެ ހޮސްޕިޓަލުން ކުޑަކުދިންނަށް ގިނަ ފަރުވާތަކެއް ދޭނެ. --ފޮޓޯ:ޓްރީ ޓޮޕް

އޭއެސްޑީގެ އަލާމާތްތައް އެކި ކުދިންގެ ހުންނާނީ އެކި ވަރަށެވެ. އޭއެސްޑީ ހުންނަ ނަމަ ފެންނާނެ މައިގަނޑު ސިފަތަކަކީ، މީހުންނާ މުއާމަލާތް ކުރުމުގައި ތަފާތުތަކެއް ހުރުން، ބައެއް ކަންތައްތައް ތަކުރާރުކުރުމާއި އިހްސާސްތަށް ދެނެގަތުމަށް އުނދަގޫވުމެވެ. އޯޓިޒަމްގެ އާއްމު ސިފަތަކުގެ އިތުރުން ބައެއް ކުދިން ނުވަތަ މީހުންގެ ހިއްސުތަކުގެ މައްސަލަތަކާއި ބައެއް ހިއްސުތައް ނުހިނގުމާއި އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ވެސް ހުރެ އެވެ.

އޯޓިޒަމް މެދުވެރިވާ ސަބަބު؟

އޯޓިޒަމް މެދުވެރިވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެ އެވެ. ނިއުރޯސައިންސްގެ ދާއިރާގެ ދިރާސާތަކުން ފެންނަ ގޮތުގައި އޯޓިޒަމްގެ އަލާމާތްތަކާއި ނާރުގެ ނިޒާމާއި ގުޅުން ހުންނަކަން ޔަގީންވެ އެވެ.

ބެލެނެވެރިންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، އޯޓިޒަމް ހުންނަށް ކުދިންނަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. ބެލެނެވެރިއެއް ނުވަތަ ޓީޗަރަށް ކުއްޖާގެ ކިބައިން އޯޓިޒަމްގެ ސިފަތައް ފާހަގަކުރެވޭ ނަމަ، ފަރުވާ ހޯދުމަށް އަވަސް ވެގަންނަން ޖެހޭނެ އެވެ. އަވަހަށް ފަރުވާ ލިބުމުން އަވަހަށް ބަލި ރަނގަޅުވުމަށް ނުވަތަ އަލާމަތްތައް ކުޑަކުރުމަށް މަގުފަހިވާނެ އެވެ. ނަމަވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެކި ކުދިންނަށް ލުއި ލިބޭ މިންވަރު ތަފާތުވާނެ ކަމެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާދިނުމުގައި ކުޑަކުދިންގެ ޑޮކްޓަރުންނާއި އޮކިއުޕޭޝަން ތެރަޕިސްޓުންނާއި ސްޕީޗް ތެރަޕިސްޓުން، ފިޒިއޯތެރަޕިސްޓުން، ސައިކޮލަޖިސްޓުން އަދި ހާއްސަ އެހީ ޓީޗަރުނާއި ބިހެއިވިއަރަލް ތެރަޕިސްޓުން އުޅޭނެ އެވެ.

ފިޒިއޮތެރަޕީ ދިނުމުގައި މީހަކަށް އެހީވަނީ--ފޮޓޯ:ޓްރީ ޓޮޕް

ފިޒިއޮތެރަޕީ ދިނުމުގައި މީހަކަށް އެހީވަނީ--ފޮޓޯ:ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ރާވާފައި ވަނީ ކުއްޖާ އެންމެ ފުރިހަމަކޮށް ދެނެގަނެ، އާއިލާގެ ބޭނުންތަކާއި ލަނޑުދަނޑިތައް ހިމަނައިގެންނެވެ. ފަރުވާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސެންސޮރީ އިންޓަގްރޭޝަން ތެރަޕީ އާއި އާއްމު ދިރުއުޅުމުގެ ހަރަކާތްތަކުގެ ތަމްރީނުކުރުމާއި ޕްލޭ ތެރަޕީ އާއި އިޖްތިމާއީ ހުނަރުތަކަށް ތަމްރީނުކުރުމާއި ކޮގްނިޓިވް ބިހެއިވިއަރަލް ތެރަޕީ އާއި ސްކޫލް-ބޭސްޑް އިންޓަވެންޝަންސް އާއި ރެކްރިއޭޝަނަލް އަދި ވޮކޭޝަނަލް ރީހެބިލިޓޭޝަނާއި މޮޓޯ ސްކިލްސް ޓްރެއިނިން އާއި ފައިން މޮޓާ ސްކީލްސް (ލިޔުން) އާއި ސަމާލުކަން ދިނުން އަޑުއެހުމުގެ ހުނަރުތަކާއި ޑިވެލޮޕްމެންޓް އޮފް ޕްލޭ ސްކިލްސް ހިމެނެ އެވެ.

އޭގެ އިތުރުން މޯޓިވޭޝަން ޓު ކޮމިއުނިކޭޓް އާއި ސޯޝަލް އަންޑަސްޓޭންޑިން އާއި އަންޑަސްޓޭންޑިން އޮފް ލެންގުއެޖް އާއި އެކްސްޕްރެސިވް ކޮމިއުނިކޭޝަން ސްކިލްސް އާއި ސޯޝަލް ސްކިލްސް އާއި ނޮން-ވާބަލް ކޮމިއުނިކޭޝަނާއި ކޮންވަޒޭޝަނަލް ސްކިލްސް އާއި ކޮންސެޕްޓް ސްކިލްސް އާއި ކޮމިއުނިކޭޓިވް ޑިވައިޒަސް ފަދަ ހިދުމަތްތައް ދެ އެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ލިބޭނެ އެވެ.

އޮކިއުޕޭޝަނަލް ތެރަޕީގެ މަގްސަދަކީ މުޖްތަމައުގައި އެކަނި އުޅުމުގެ މިނިވަންކަން މަގުފަހިކޮށްދިނުމަށާއި، ކޮންމެ ދުވަހަކު ގޭގައި، ސްކޫލުގައި، މަސައްކަތު މާހައުލުގައި ދިމާވާ ދަތިތައް ކުޑަކޮށްދިނުމެވެ.

ސްޕީޗް ތެރަޕީ ޕްރޮގްރާމް ފެށޭނީ ސްޕީޗް ޕެތޮލޮޖިސްޓް (އެސްއެލްޕީ) ކުއްޖާގެ ވާހަކަދެއްކުމުގެ ފެންވަރު ބެލުމަށް އެކި ޓެސްޓުހެދުމަށްފަހު އެވެ. މި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް ތެރަޕީއަށް އެކުއްޖަކަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާނެ އެވެ. ހާސިލްކުރާނެ އާއްމު ކަންތައްތަކުގެ ތެރޭގައި، ވާހަކަދެއްކުން ރަނގަޅުކުރުމާއި ނޮން ވާބަލް ސްކިލްސް ސައިން ލެންގުއޭޖް ނުވަތަ ތަސްވީރުން ނޫނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުއާމަލާތް ކުރުމަށް ދަސްކޮށްދިނުން ހިމެނެ އެވެ.

އޯޓިޒަމް ހުންނަ ކުދިންނަކީ މުޅި މުޖްތަމައު އާއި ބެލެނެވެރިންނާއި ސިއްހީ ދާއިރާގައި އުޅޭ މަސައްކަތްތެރިންގެ އެހީ އާއި އެއްބާރުލުމާއި ހިތްވަރު ލިބިގަންނަންޖެހޭ ކުދިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 ނުވަތަ care@treetophospital.com އަށް އީމައިލްކޮށްގެން އޮޅުން ފިލުވޭނެ އެވެ.