24 ޑިސެމްބަރ 2016
ފްލޮރިޑާ (ޑިސެމްބަރު 24) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހުން ގަރާރު ފާސް ކުރުމާ އެކު އެކަމާ ހިތްހަމަޖެހިވަޑައިނުގެންނެވި އެއް ބޭފުޅަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕެވެ.
ފްލޮރިޑާ (ޑިސެމްބަރު 24) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހުން ގަރާރު ފާސް ކުރުމާ އެކު އެކަމާ ހިތްހަމަޖެހިވަޑައިނުގެންނެވި އެއް ބޭފުޅަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕެވެ.
ގަރާރު ފާސް ކުރުމާ އެކު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ޖެނުއަރީ 20 ވަނަ ދުވަހުގެ ފަހުން ކަންކަން ބަދަލުވާނެ ކަމަށް ވިދާޅުވެފަ އެވެ. މާނައަކީ ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޓްރަމްޕް ހަވާލުވެވަޑައިގަތުމަށް ފަހު އދ.ގައި އިޒްރޭލާ ދެކޮޅަށް ނަގާ ކޮންމެ ވޯޓެއް އެމެރިކާ އިން ވީޓޯ ކުރާނެ ކަމެވެ.
މި ފަހަރުގެ ގަރާރު ފޭލްކޮށްލަން ވެސް ޓްރަމްޕް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ގަރާރު ހުށަހެޅި މިސްރުގެ ރައީސް އަށް ފޯނު ކުރައްވާ ގަރާރު ނެގުމަށް އެދިވަޑައިގެންނެވި އެވެ. އެންމެ ފަހުން މިސްރުން އެ ގޮތަށް ކަންތައް ކުރުމުން ގަރާރު އަލުން ހުށަހެޅީ ވެނެޒުއެލާ އާއި ނިއު ޒީލެންޑް، މެލޭޝިއާ އަދި ސެނެގާލް ގުޅިގެންނެވެ.
ގަރާރު ހުށަހެޅުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ މި ގަރާރު ފޭލްކޮށްލުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ މެދުއިރުމައްޗަށް ސުލްހަ ހޯދޭނީ އދ. އިން އެއް ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ނޫން ކަމަށާއި ދެ ގައުމުގެ މެދުގައި ސުލްހައިގެ ވާހަކަތައް ފަށައިގެން ކަމަށެވެ.
ޓްރަމްޕު ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށް އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އިން ގަރާރަށް ތާއިދުކޮށްފައި މި ވަނީ އެ ގަރާރު ވީޓޯ ކުރުމަށް އިޒްރޭލުގެ އޮފިޝަލުން ރައީސް ބަރަކް އޮބާމާ އަށް ގޮވާލައްވާފައި ވަނިކޮށެވެ.
ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ހުރިހާ ބިމެއްގައި އިޒްރޭލުން ޔަހޫދީންނަށް ހިންގާ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އެއީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ އުއްމީދަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސަލާމަތީ މަޖިލިސް ވެސް ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް
ބޮޑެތި ބާރުތަކުގެ އިންޒާރެއް ޓްރަމްޕަށް
އެމެރިކާއިން އިޒްރޭލު ދިފާއު ނުކުރުމުން ރުޅިގަދަވެފައި
ހަމަލާ ހުއްޓާލުމުގެ ގަރާރު ތަންފީޒުކުރަންޖެހޭ: ރައީސް
ޣައްޒާގެ ހަމަލާ ހުއްޓާލަން ސަލާމަތީ މަޖިލީހުން ގަރާރެއް
އެމެރިކާގެ "އެއްކޮޅަށް ބުރަ" ގަރާރު ފެއިލްކޮށްލައިފި
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި