17 އެޕްރީލް 2022
ފުއްޕާމޭގެ ކެންސަރާ ހަނގުރާމަކުރަން ޖެހުނުކަން އެނގުނު ދުވަހު، ދަރިންނާއި އަނބިމީހާ އަށް ވާނެ ގޮތަކާ މެދު ވިސްނާފައި ތިން ގަޑިއިރެއްހާއިރު ވަންދެން ރުއި ކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ފުއްޕާމޭގެ ކެންސަރާ ހަނގުރާމަކުރަން ޖެހުނުކަން އެނގުނު ދުވަހު، ދަރިންނާއި އަނބިމީހާ އަށް ވާނެ ގޮތަކާ މެދު ވިސްނާފައި ތިން ގަޑިއިރެއްހާއިރު ވަންދެން ރުއި ކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ސަންޖޭ އަށް ކެންސަރު ޖެހުނުކަން އެނގުނީ 2020 ވަނަ އަހަރުގަ އެވެ. ކެންސަރަށް ފަރުވާ ހޯދަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ އެ ބަލިން ސަލާމަތްވެ، އާންމު ދިރިއުޅުމަކަށް އަލުން އާދެވުނަސް، އެ ތަޖުރިބާއާ މެދު އޭނާ އަދިވެސް ދެރަވެ އެވެ.
މަޝްހޫރު ޔޫޓިއުބާ، ރަންވީރް އަލާބާދިއާ އަށް، އެ ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ސަންޖޭ ބުނީ އޭނާ އަށް ކެންސަރު ޖެހުނުކަން އެނގުނީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރިތަނާހެން ކަމަށެވެ.
ސަންޖޭ ބުނީ އެއީ ހަމަ އާދައިގެ ދުވަހެއް ކަމަށާއި އެކަމަކު ސިޑިން ފައިބަމުންދިޔައިރު، ވަރަށް ބޮޑަށް ނޭވާ ކުރުވި ކަމަށެވެ. އެކަމަކު ފެންވަރައިގެން ނިކުތް ފަހުން ވެސް ރަނގަޅަށް ނޭވާ ނުލެވޭތީ އުޅުނު ކަމަށާއި އެންމެ ފަހުން ވާނުވާ ބެލުމަށް އޭނާގެ ޑޮކްޓަރަށް ގުޅީ ކަމަށެވެ. އަދި އެކްސްރޭގައިވާ ގޮތުން އޭނާގެ ފުއްޕާމޭގެ ދެބައިކުޅަ އެއްބައިގައި އޮތީ ފެން ހެދިފައި ކަމަށެވެ.
އެއީ ކެންސަރުގެ ސަބަބުންވީ ގޮތެއްކަން އެނގުމުން ދެރަވެގެން ހަލާކުވި ކަމަށް އޭނާ ބުންޏެވެ. އެކަން އެނގުމުން ދައްތަ އޭނާ އަށް ވަރަށް ހިތްވަރު ދިން ނަމަވެސް، އޭނާގެ ހިތް ކުދިކުދިވެ، ރޯން ފެށުނީ ދަރިންނާއި އަނބިމީހާ އަށް ދެން ވާނެ ގޮތަކާ މެދުގައި ވިސްނާފައި ކަމަށް ބުންޏެވެ.
"ތިން ގަޑިއިރެއްހާއިރު ވަންދެން ރޯން އިނދެވުނު. ދެން ހިތަށް އެރީ ހިތްވަރު ދެރަނުކުރާނަމޭ. ދެން ފަރުވާއަ ށް އެމެރިކާ އަށް ފުރަން އުޅުނީ އެކަމަކު ވިސާ ނުލިބުނީމަ، އިންޑިއާއިން ފަރުވާ ހޯދީ،" އޭނާ ބުންޏެވެ.
އިންޑިއާ އާއި ދުބާއީ ކަހަލަ ގައުމުތަކުން ކީމޯތެރަޕީ ނަގައިގެން، އެ ބައްޔާ އޭނާ ކުރި ހަނގުރާމައިން ސަލާމަތްވެފައި ވަނީ ގާތް ރައްޓެހިންނާއި އާއިލާގެ އެހީގައި ކަމަށް ވެސް ސަންޖޭ ބުންޏެވެ.
ފަރުވާ ހޯދަން ފެށި އިރު ޑޮކްޓަރުން ދީފައި އޮތީ އޭނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ 50 ޕަސަންޓް ގެރެންޓީ އެވެ. އަދި ކެންސަރު ޖެހުނުކަން އެނގުނުއިރު އޭނާ ހުރީ އެ ބަލީގެ އެންމެ ފަހު ސްޓޭޖްގަ އެވެ.
ކެންސަރު ދުވަހު ސަންޖޭގެ ތަޖުރިބާ ކިޔައިދީފި
ސަންޖޭ ކެންސަރުން ރަނގަޅުވެއްޖެ
ސަންޖޭ ދެން ނިންމާނީ "ކޭޖީއެފް: ޗެޕްޓާ 2"
ސަންޖޭ ވަރަށް ހިކިފައި!
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
ސަންޖޭ ކީމޯތެރަޕީގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފި
ސަންޖޭގެ ފަރުވާ އަށް އެމެރިކާގެ ފަސް އަހަރުގެ ވިސާ
ސަންޖޭ ކީމޯތެރަޕީ ހަދަން ފަށައިފި
ސަންޖޭ ބަލިވި އިރު ފަސް ފިލްމެއް ނުނިމި
ސަންޖޭ ދަތުގެ ބައްޔަކީ ފުއްޕާމޭގެ ކެންސަރު