Roadha Mihaaru
ސަސް މޮޅުވުމުން ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަ ވެއްޖެ

ގްރާންޑޭގެ މައްޗަށް ސަސް މޮޅުވުމުން ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަވެއްޖެ

15 އެޕްރީލް 2022

ދަ ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވުމުން ދިވެހި ޕްރިމިއަ ލީގުގެ ޓަދަ ހަތަރެއްގެ ރޭސް ފޯރި ގަދަވެއްޖެ އެވެ. އަށް ޖެހިލައިފި އެވެ.

ދަ ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވުމުން ދިވެހި ޕްރިމިއަ ލީގުގެ ޓަދަ ހަތަރެއްގެ ރޭސް ފޯރި ގަދަވެއްޖެ އެވެ. އަށް ޖެހިލައިފި އެވެ.

މިރޭ ކުޅުނު މެޗުން މޮޅުވުމުން ސަސް ވަނީ 11 ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރުވަނައިގައި އޮތް ޓީސީ އަށް ވެސް ވަނީ އެއަދަދަށް ޕޮއިންޓް ލިބިފަ އެވެ. ޓީސީ ހަތަރު ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. ސަސް އަށް ފައިދާ ޓޯލެއް ވެސް ގެއްލުން ގޯލެއް ވެސް ނެތެވެ. ޓީސީ އަށް އޮތީ ފައިދާ އެއް ގޯލެވެ. މާދަމާ ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗުން ޔޫވީ މޮޅު ވެއްޖެނަމަ އެޓީމަށް ހަތަރު ވަނަ ލިބޭނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ސަސްގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓްގައި ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. މުހައްމަދު އައްޒާމް ނަގައިދިން ހުރަސް ގްރާންޑޭގެ ކީޕަރު ހުސައިން މުއާޒް ކުރިއަށް ނުކުމެ ޕަންޗުކޮށްލަން އުޅުމުން ބޯޅަ އޭނާގެ އަތުގައި ޖެހިފައި ލިބުނީ އަތީގް އަށެވެ. އޭނާ އަށް ލިބުނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާށެވެ. ފަސޭހަ ކަމާއެކު އޭނާ ބޯޅަ ވައްދާލި އެވެ.

ސަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފޅު ކުރަނީ: އެޓީމުން މެޗު ކާމިޔާބު ކުރީ 3-1 ން

ސަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފޅު ކުރަނީ: އެޓީމުން މެޗު ކާމިޔާބު ކުރީ 3-1 ން

ދެވަނަ ލަނޑު 62 ވަނަ މިނެޓްގައި ޖެހީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އޭރިއާގެ ބޭރުން އަޔާޒް އަހްމަދު (އަޔާ) ބޯޅަ ދިނީ މުލަކޭ އަށެވެ. އޭރިއާ ތެރެއަށް މުލަކޭ ވަނީ އައްޒާމް އަށް ބޯޅަ ދިނުމަށް ފަހު އެވެ. އޭރިއާ ތެރޭގައި ހުރެފައި އައްޒާމް ވަނީ މުލަކޭ އަށް ބޯޅަ މަޑުމަޑުން ޕާސްކޮށްލާފަ އެވެ. މުލަކޭ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

އޭގެ އަށް މިނެޓް ފަހުން ގްރާންޑޭގެ ނަޖާހް އަބްދުލް ރަހީމް ވަނީ އެޓީމުގެ ހަމައެކަނި ލަނޑު ޖެހި އެވެ. އެޓީމަށް ލިބުނު ކޯނަރު އިބްރާހިމް އުޝާމް ނެގުމުން ބޯޅަ ލިބުނީ އިސްމާއީލް ނަޒީހް އަށެވެ. އޭނާ ބޯޅަ އޭރިއާ ބޭރަށް ދިނީ ނަޖާހް އަށެވެ. ނަޖާހް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

ގްރާންޑޭގެ ތިންވަނަ ލަނޑު މުހައްމަދު ޝަހާއު ޖެހީ ނަސޫހް ރަޝީދު ހުރަސްކޮށްދިން ބޯޅައިންނެވެ. ގްރާންޑޭގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައި ނަސޫހް ވަނީ އޭރިއާގެ އަރިމަތިން އަރައި ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްދީފަ އެވެ. ބޯޅަ ކީޕަރު މުއާޒު ޑައިވްކޮށްކޮށް އޮއްވައި ޝަހާއު ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.