Roadha Mihaaru
ބޫލް ބުލައްޔާ 2 ގެ ޓީޒާ އާންމުކޮށްފި

ބޫލް ބުލައްޔާ 2 ގެ ޓީޒާ އާންމުކޮށްފި

15 އެޕްރީލް 2022

ޒުވާން ތަރި، ކާތިކް އާރިޔަން ފެންނާނެ، "ބޫލް ބުލައްޔާ 2" ގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ޒުވާން ތަރި، ކާތިކް އާރިޔަން ފެންނާނެ، "ބޫލް ބުލައްޔާ 2" ގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު އެ ބިރުވެރި މަޖާ ފިލްމު، "ބޫލް ބުލައްޔާ" ގެ ސީކުއަލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލުން ފެނުނު ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ބައިގެ ލީޑުން ފެންނާނީ ކާތިކް އާއި ކިއާރާ އަދްވާނީ އެވެ. އެ ފިލްމުގައި ތާބޫ އާއި ފުރަތަމަ ފިލްމުން ވެސް ފެނުނު ރާޖްޕަލް ޔާދަވް ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ.

ފިލްމުގެ ޓީޒާ އިއްޔެ ހެނދުނު އާންމުކޮށްފައިވާއިރު، އެ ފިލްމަކީ އަންނަ މަހު 20 ގައި ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ.

ފަރްހާދް ސަމްޖީ އާއި އާކާޝް ކޯޝިކް ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމު ޑައިރެކްޓްކުރީ އަނީސް ބަޒްމީ އެވެ. އެ ފިލްމުގެ ޕްރޮޑިއުސްކުރަނީ ޓީސީރީޒާއި ސިނެއި ވަން ސްޓޫޑިއޯ އިންނެވެ.