15 އެޕްރީލް 2022
ދުނިޔޭގެ ފެޝަންގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ "މެޓް ގާލާ"ގެ މި އަހަރުގެ ތީމަކީ އިނގިރޭސިވިލާތުގެ ރީޖެންސީ އީރާގެ ދުވަސްވަރުގެ ހެދުންތައް ކަމަށް އެ އިވެންޓް އިންތިޒާމުކުރާ ފަރާތުން އިއްޔެ އިއުލާންކޮށްފި އެވެ.
ދުނިޔޭގެ ފެޝަންގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ "މެޓް ގާލާ"ގެ މި އަހަރުގެ ތީމަކީ އިނގިރޭސިވިލާތުގެ ރީޖެންސީ އީރާގެ ދުވަސްވަރުގެ ހެދުންތައް ކަމަށް އެ އިވެންޓް އިންތިޒާމުކުރާ ފަރާތުން އިއްޔެ އިއުލާންކޮށްފި އެވެ.
ކޮންމެ އަހަރަކު ތަފާތު ތީމެއް ކަނޑައަޅައިގެން ބާއްވާ މެޓް ގާލާއަކީ ފެޝަނަށް ބޮޑެތި އިނގިލާބުތައް ގެނައި ތީމްތަކާއި ފެޝަން ޓްރެންޑުތަކުގެ އަގުވަޒަން ކުރުމުގެ އިވެންޓެކެވެ.
މި އިވެންޓްގައި ދުނިޔޭގެ އެންމެ ބޮޑެތި ސެލެބްރިޓީން ބައިވެރިވާނެ އެވެ. ހޮލީވުޑުން ފެށިގެން ކޭޕޮޕް އަދި ސިޔާސީ ދާއިރާގެ މަޝްހޫރު މީހުން ވެސް މެޓް ގާލާގައި ބައިވެރިވާނެ އެވެ.
ރީޖެންސީ އެރާގެ ހެދުންތަކެއް ފެންނަ ކުރެހުމެއް.
މި ފަހަރުގެ ތީމްގައި ބުނަނީ "ގިލްޑެޑް ގްލެމާ، ވައިޓް" އެވެ. އެ ތީމުގެ ދަށުން އެމެރިކާ އާއި ރީޖެންސީ އީރާއާ އޮތް ގުޅުންތައް ފެޝަނުން ދައްކަން ޖެހޭނެ އެވެ. އަދި ރީޖެންސީ އީރާގެ ދުވަސްވަރު އެމެރިކާގައި ފެޝަން ހުރި ގޮތްތައް ހެދުންތަކުން ސިފަކޮށްދޭން ޖެހޭނެ އެވެ. އަދި އެ ހެދުންތަކަކީ ހުދުކުލައިން ހުންނަން ޖެހޭނެ ހެދުންތަކެއް ކަމަށް ވެސް ވޯގް އިން ރިޕޯޓްކުރި އެވެ.
ރީޖެންސީ އީރާ ކިޔަނީ އިނގިރޭސިވިލާތުގެ ރަސްކަމަށް ހުންނެވި ކިންގް ޖޯޖިއަން ތިނެއް، ރަސްކަމަށް ކަމުނުދާ ކަމަށް ނިންމައި، އެމަނިކުފާނުގެ ދަރިކަލުން ރީޖެންޓެއްގެ ގޮތުގައި ހުންނެވި ދުވަސްވަރަށެވެ. ޖޯޖިއަން އީރާ ނިމި، ރީޖެންސީ އީރާ ފެށުނީ 1800ގެ ކުރީކޮޅުގަ އެވެ. އެ ދުވަސްވަރުގައި ހައި ފެޝަން އާއި ރަސްމީ ހެދުންތަކަކީ ވަރަށް މަޝްހޫރު އެއްޗެއްސަށްވި އެވެ. ބޮޑެތި އަދި ފުޅާ ފަސްބައިތައް ލާފައި ހުންނަ ހެދުންތަކާއި ބޮޑެތި ކޯޓުތަކާއި ހަރުވާޅު މެޓީރިއަލް ފަޓުލޫނުތަކަކީ އެ ދުވަސްވަރު އެންމެ މަގުބޫލު ފެޝަންތަކެވެ.
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
ދެކެން އެންމެ ބޭނުންވި ތަރި ނުފެނި މެޓް ގާލާ ނިމިއްޖެ
މިފަހަރު ވެސް މެޓް ގާލާގައި ވިދާލީ ބްލޭކް ލައިވްލީ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ރިއާނާ "ފެންޓީ" ގެ ދަށުން ސެންޓު އުފައްދަނީ
މާސްކްގެ ކްރެޑިޓް ނެގުމުން ޕަލްޓްރޯ އަށް ޖޯކްޖަހަނީ
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ޒުވާންކޮށް ފެންނަނީ ބޮޓޮކްސް ޖަހާތީއެއް ނޫން: ޖޭލޯ
ހޫގޯ ބޮސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހެމްސްވޯތު