14 އެޕްރީލް 2022
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ، އަނަންދު އަހޫޖާގެ ގެއިން 2.4 ކްރޯޑް ރުޕީސްގެ ގަހަނާ އާއި ފައިސާ ވަގަށް ނެގި މައްސަލައިގައި، އެ ގޭގެގައި މަސައްކަތްކުރާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ، އަނަންދު އަހޫޖާގެ ގެއިން 2.4 ކްރޯޑް ރުޕީސްގެ ގަހަނާ އާއި ފައިސާ ވަގަށް ނެގި މައްސަލައިގައި، އެ ގޭގެގައި މަސައްކަތްކުރާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ދެމަފިރިންގެ ދިއްލީގައި ހުންނަ ގެއިން ވައްކަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ކަހަލަ ހައި ޕްރޮފައިލް ކޭސްތައް އާންމުކޮށް ފުލުހުން ސިއްރުކުރާތީ ސޯނަމްގެ ގެއިން ވައްކަން ކުރި މައްސަލަ ވެސް މީޑިއާގައި ތިލަވީ މިދިޔަ ހަފުތާ ތެރޭގަ އެވެ.
ދިއްލީ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރީ ސޯނަމްގެ ގޭގައި މަސައްކަތްކުރާ ނަރުހެކެވެ. އަޕަރްނާ ރުތު ވިލްސަން ނަމަކަށް ކިޔާ އެ ނަރުހަކީ ސޯނަމްގެ މައިދައިތަ، ޕްރިޔާ އަހޫޖާ ބަލަހައްޓާ ނަރުހެކެވެ. އޭނާ އާންމުކޮށް އުޅެނީ ވެސް އެގޭގަ އެވެ.
ދެން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ނަރޭޝް ކުމާރު ސާގަރަކީ އެ ނަރުސްގެ ފިރިމީހާ އެވެ. އޭނާއަކީ ޕްރައިވެޓް ފާމެއްގެ އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށްވެ އެވެ.
އެމީހުން ހައްޔަރުކުރީ އެމީހުން އުޅޭ ގެ ބަލައި، ފާސްކުރުމުގެ ތެރެއިން ވަގަށް ނެގި ބައެއް އެއްޗެހި ފެނިގެންނެވެ.
އަނަންދުގެ މާމަ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިއިރު ބުނެފައި ވަނީ އެ ގޭގައި ގަހަނާތައް ހުރިތޯ އެންމެ ފަހުން ބަލާފައި ވަނީ މީގެ ދެ އަހަރު ކުރިން ކަމަށެވެ.
އޭގެ ފަހުން ފެބްރުއަރީ މަހުގެ 11 ގައި ބެލިއިރު ގަހަނާ އާއި ފައިސާއެއް ނެތެވެ. އެކަން ފުލުހުންނަށް އެމީހުން ރިޕޯޓްކުރީ ފެބްރުއަރީ 23 ގަ އެވެ.
އެ މައްސަލައިގައި 25 މުވައްޒަފަކާއި އަދި އެ ގޭގައި މަސައްކަތްކުރާ ނުވަ މީހަކާ އެކަމާ ގުޅޭ ގޮތުން ފުލުހުން ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑްރައިވަރުންނާއި ގާޑަން ބަލަހައްޓާ މީހުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ސޯނަމްގެ ހިތް އަތުލައިފި
ސޯނަމް ރާއްޖެ އައިސް "ހެލޯ" ބުނެފި
ސޯނަމް ވިހައިގެން 32 ކިލޯ ބަރުވި
ޑޭވިޑް ބެކަމް، ޝާހު އާއި ސޯނަމްގެ ގެއަށް
ސޯނަމްގެ އާ ފިލްމު އިއުލާންކޮށްފި
ކުއްޖަކު މި ހޯދަނީ އެންމެ ބޭނުންވި ވަގުތު: ސޯނަމް
ސޯނަމްގެ ގެއިން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިފި
އެންމެ ބޭނުންވި ރޯލަށް އަނިލް ތައްޔާރުވަނީ
ސޯނަމް ބަނޑުބޮޑުކަން، ލޯބި ފޮޓޯއަކުން ހާމަކޮށްފި
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން