ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް މިއަދު އަތުވެއްޖެ އެވެ.
ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް މިއަދު އަތުވެއްޖެ އެވެ.
ސޯނަމް ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ.
ރިސޯޓުގައި ނަގާފައިވާ "މިރާ ސެލްފީ" އެއް ފޭސްބުކްގައި ޕޯސްޓުކޮށް ސޯނަމް ބުނީ "ހެލޯ ފްރޮމް މޯލްޑިވްސް" ކަމަށެވެ.
އެ ސެލްފީން ފެންނަ ގޮތުގައި އޭނާ ހުރީ ބީޗްވެއާގަ އެވެ. ޑެނިމް ޖެކެޓެއް އަޅައިގެން ހުރި އިރު، އޭނާގެ ކޮނޑުގައި ޓޯޓް ބޭގެއް ވެސް އޮތެވެ.
ސޯނަމް ކަޕޫރް ރާއްޖެ އައިސް ސޯޝަލް މީޑިއާގައި ހިއްސާކުރި މިރާ ސެލްފީ.
ސޯނަމްގެ އިންސްޓަގްރާމް ޕޯސްޓުތަކުން އެނގޭ ގޮތުގައި މި ވަގުތު ރާއްޖޭގައި ހުރީ އޭނާ އެކަންޏެވެ. އެކަމަކު އޭނާގެ ފިރިމީހާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ އެވެ.
ސޯނަމްގެ ފިރިމީހާ އަކީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަނަންދު އަހޫޖާއާ އެވެ. މީގެ ފަސް އަހަރު ކުރިން ކުރި ކައިވެންޏަށް މިހާރު ދެ އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޮވެ އެވެ.
ސޯނަމް ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ.
ކުއްޖަކު ލިބުނު ފަހުން ސޯނަމް އުޅެނީ ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގަ އެވެ. އަދި އެ އާއިލާގެ ދިރިއުޅުން ވެސް ވަނީ ލަންޑަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް، މިދިޔަ މަހު ބައެއް މީޑިއާތަކަށް ދިން އިންޓަވިިއުތަކުގައި ސޯނަމް ބުނެފައި ވަނީ ފިލްމީ ދާއިރާއަށް އެނބުރި އައުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި އޭނާ ދެން ކުޅޭ ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ފަށާނެ ކަމަށް ވެސް ބުންޏެވެ.
ސޯނަމްގެ ފިލްމެއް އެންމެފަހުން ނުކުތީ މިދިޔަ އަހަރު އެވެ. އެއީ ތުރިލާ ފިލްމް "ބްލައިންޑް" އެވެ. އެކަމަކު، އެއީ އޭނާ ބަލިވެއިނުމުގެ ކުރިން ޝޫޓްކުރި ފިލްމެކެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމުން ބޮލީވުޑްގެ ސެލެބްރިޓީން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ވަރު މިހާރު ވަނީ އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް
ރާއްޖެއިން ސޯނަމްގެ ހިތް އަތުލައިފި