މާލޭގެ ބައެއް ސްކޫލްތަކުގައި މި ރޯދަ މަހު ދަރިވަރުން ސްކޫލަށް ހާޒިރުވުން މަދުކަމުން ސްކޫލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
14 އެޕްރީލް 2022
މާލޭގެ ބައެއް ސްކޫލްތަކުގައި މި ރޯދަ މަހު ދަރިވަރުން ސްކޫލަށް ހާޒިރުވުން މަދުކަމުން ސްކޫލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރޯދަ މަސް ފެށުނު ފަހުން ބައެއް ސްކޫލުތަކުގެ ހާޒިރީ ދަށްވެގެން ބައެއް ސްކޫލުތަކުން ވަނީ ދަރިވަރުން ސްކޫލަށް ފޮނުވައިދޭން ބެލެނިވެރިންގެ ކިބައިން ވެސް އެދިފަ އެވެ.
ކަލާފާނު ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މި ހިނގާ ރޯދަ މަހު ވެސް ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް ހާޒިރުވުން މުހިއްމު ކަމަށާއި ރޯދަ މަހު ވެސް ކިޔަވައިދެމުން އަންނަނީ މި އަހަރުގެ ދެ ވަނަ ޓާމުގައި ނިންމަން ހަމަޖެހިފައިވާ ސިލަބަހުގެ ބައިތައް ކަމަށެވެ.
"ގަވައިދުން ސްކޫލުގައި ކިޔަވައިދެމުން މި ދަނީ މި އަހަރުގެ ދެވަނަ ޓާމުގައި ނިންމުމަށް ހަމަޖެހިފައިވާ ސިލަބަހުގެ ބައިތައް ކަމަށްވާތީ ދަރިވަރުން ހާޒިރުނުވާ ކޮންމެ ދުވަހަކީ އެ ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތަކެއް ކަމުގައި ދަންނަވަމެވެ،"
މާލޭގެ އެހެން ބައެއް ސްކޫލުތަކުގައި ވެސް މި ރޯދަ މަހު އެހެން މަސްތަކާ އަޅާބަލާއިރު ހާޒިރީ ދަށެވެ.
"އެހެން މަސްތަކާ ބަލާފައި މި ރޯދަ މަހު ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދު. ކޮންމެ ދުވަހަކު މަދުވަނީއެއް ނޫން. މިއަދު މަދުވެއްޖެއްޔާއި އަނެއްކާ މާދަމާ އެޓެންޑެންސް ރަނގަޅުވެދާނެ. އަނެއްކާ މަދުވެދާނެ،" ނަން ނުޖެހުމަށް އެދި "މިހާރު" އަށް ވާހަކަ ދެއްކި މާލޭގެ އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
ރޯދަ މަހު ކިޔަވައިދޭ ވަގުތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަދުކޮށްފަ އެވެ. މިނިސްޓްރީން ނިންމާފައި ވަނީ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދެވޭނީ ދޮޅުގަޑިއިރަށް ކަމަށެވެ. ގްރޭޑު 1-6 ގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި 7-12 ގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދެވޭ ގޮތަށް އޮތީ ނިންމައިފަ އެވެ.
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން