11 އެޕްރީލް 2022
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި އަވަހަށް ނަތީޖާ ނުނެރެވޭ ނަމަ ކުރިން ކޮމިޝަންގައި ތިއްބެވި މެމްބަރުން ވަކިކުރި މަރުހަލާ ކުރިއަށް ގެންދިޔަ ގޮތަށް ވުރެން މާ އަވަހަށް އާ ކޮމިޝަނުގެ މެމްބަރުން ވެސް ވަކިކުރައްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި އަވަހަށް ނަތީޖާ ނުނެރެވޭ ނަމަ ކުރިން ކޮމިޝަންގައި ތިއްބެވި މެމްބަރުން ވަކިކުރި މަރުހަލާ ކުރިއަށް ގެންދިޔަ ގޮތަށް ވުރެން މާ އަވަހަށް އާ ކޮމިޝަނުގެ މެމްބަރުން ވެސް ވަކިކުރައްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ލަސްކުރުން ދެން ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ކޮމިޝަނުން ވެސް މާބޮޑަށް ދިރާސާކުރަން ބޭނުންވެއްޖެ ނަމަ ކުރަން ހަވާލުވެވަޑައިގަތް މަސައްކަތެއް ނުކުރެއްވޭނެ އެވެ. އެހެންވެއްޖެ ނަމަ އަނެއްކާވެސް ޖެހޭނީ މަގާމުން ދުރުކުރަން ކަމަށް ވިދާޅުވި އެވެ.
"މި އޭސީސީ ކުރިއެކޭ ވަކި ތަފާތެއް ނުވާނެ. ނަތީޖާ ނުނެރެވޭ ކަމަށް ވަންޏާ ކުރިއަށް ވުރެން އަވަސްކޮށް އޭސީސީ ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭނަން،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އެކަމަކު ހަތަރު އަހަރު ފުރޭއިރު ވެސް އެ ވައުދު ނުފުއްދޭކަން ފާހަގަކުރެއްވި އެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ނަތީޖާ ނުނެރެވޭ ނަމަ ތިން މަސް ތެރޭގައި ޝަކުވާ ކުރަން ފައްޓަވާނެ ކަަމަށް ވިދާޅުވި. -- ފޮޓޯ/ މަޖިލިސް
"ސަރުކާރުގެ ބޮލަށް ބަދުނާމު އަންނަ ގޮތަށް މިކަން ހިނގަމުން މިދަނީ. ހަގީގަތުގައި ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އޭސީސީ އަދި ދެން ހުރި އެހެން މުއައްސަސާތަކަށް މިކަން މަތިކޮށްފައި މިއޮތީ. ނަމަވެސް މިކަން ނިމިދަނީ ސަރުކާރުގެ ބޮލުގައި އެޅިގެން. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިގެން،" ހަލީމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ އަޅުގަނޑުމެން ނުކުރާ ކުށަކަށް ތާށިވެގެން ތިބެން."
ޝަރީއަތާ ހަމައަށް މައްސަލަ ނުގެންގޮސް ކުރީގެ އޭސީސީ ހިންގި ގޮތަށް ގެންދާ ނަމަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފިޔަވަޅު އަޅާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތާ ހަމައަށް ގެންދެވޭނެ ގިނަ މައްސަލަތަކެއް މިހާރު ވެސް ހުންނާނެ އެވެ. އެއީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަތަރު އަހަރު ވަންދެން ހިންގާފައިވާތީ ކަމަށް ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ކުރިއަށް ނުދާ ނަމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން ޝަކުވާ ކުރަން ފަށާނަން ބާރަށް، އެހެންވީމަ އެކަން ވިސްނައިގެން ކުރިއަށް ގެންދިއުން ބުއްދިވެރީ،" އޭނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކައަށް ބާރު ދެއްވައި ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ ކުރީގެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ޖެހުނީ މައްސަލަތައް ލަސްވެ ނަތީޖާ ނުނެރެވިގެން ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ މައްސަލަ ބަލައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ހޯދުމުގެ މަސައްކަތް ކޮށްދެއްވުމަށެވެ.
މި ވާހަކަތަކާ ގުޅިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ފަސް މެމްބަރުން ވެސް ބައްލަވަނީ އިހްލާސްތެރި މަސައްކަތްތަކަކުން ކުރު މުއްދަތެއްގައި ނަތީޖާ ނެރެދެއްވުމަށް ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ އުއްމީދަށް ވާސިލްވާން ތަން ބައްޓަންކުރާނެ ކަމަށާއި އެކަމުގައި އެހީތެރިކަން ދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތް ބަލާ ކޮމިޝަން ޑިސެމްބަރުގައި ވެސް އުވައެއް ނުލެވުނު!
އޭސީސީ މެމްބަރުން އުސޫލާ ހިލާފުވާ މައްސަލަ ނުބަލާނެ
އޭސީސީ މެމްބަރުން އުސޫލާ ހިލާފުވާ ކަމަށް ތުހުމަތުކޮށްފި