10 އެޕްރީލް 2022
މިއުނިކް (އޭޕްރީލް 10) - މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކުރި ޕެނަލްޓީއަކުން 1-0 އިން އޮސްބާގް ބަލިކޮށް، ބެޔާން މިއުނިކުން ލީގުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
މިއުނިކް (އޭޕްރީލް 10) - މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކުރި ޕެނަލްޓީއަކުން 1-0 އިން އޮސްބާގް ބަލިކޮށް، ބެޔާން މިއުނިކުން ލީގުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ބެޔާން ވަނީ 29 މެޗުން 69 ޕޮއިންޓް ހޯދައިގެން ޖަރުމަން ބުންޑެސްލިގާގެ އެއްވަނައިގައި އެޓީމު ދަމަހައްޓަމުން އަންނަ ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ.
އޮސްބާގުން ވަނީ މިދިޔަ ނޮވެމްބަރު މަހު ލީގުގައި އެ ޓީމުގެ ދަނޑުގައި ބެޔާންއާ ދެކޮޅަށް ކުޅުނު މެޗް 2-1 އިން ކާމިޔާބުކޮށްފަ އެވެ. ބެޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ހާފުގައި ބެޔާން އިން ވަނީ ކުޅުން ރަނގަޅުކޮށް އޮސްބާގުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް އޮސްބާގުގެ ކީޕަރުގެ އިނގިލިކުރި ޖައްސައި ދިފާއު ކުރިއިރު، ފަހުން އޭނާ ވަނީ ޔޯޝުއާ ކިމިކް ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.
ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް މެޗު އެނބުރުނީ ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅައެއް އޮސްބާގުގެ ޑިފެންޑަރެއްގެ އަތުގައި ޖެހުމުން، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ބެޔާން އަށް ޕެނަލްޓީ ދިން ހިސާބުންނެވެ. ގޯލު މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ލެވަންޑޯސްކީ މި ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓުގަ އެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ޖެހި 32 ވަނަ ލަނޑެވެ.
ލެވަންޑޯސްކީގެ ލަނޑަށް ފަހު ވެސް ބެޔާން އިން ވަނީ އޮސްބާގުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ކިމިކް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
ލީގުގެ ދެވަނައިގައި އޮތް ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ މި ހަފްތާ ބަންދުގައި އެޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ރަށުން ބޭރުގައި ސްޓަޓްގާޑާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. ޑޯޓްމަންޑުގެ ދެ ލަނޑު ވެސް ޖަހައިދިނީ ހޫލިއަން ބްރަންޓެވެ.
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ
ބެޔާން އަނެއްކާވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް
ބެޔާނާއި ޑޯޓްމަންޑުގެ ކޯޗުންގެ ފާޑުކިޔުން ޓީމަށް
ބެޔާން-ޑޯޓްމަންޑް އެއްވަރު، އޮލޮންސޯގެ ފެށުން ކާމިޔާބު
އައުސްބާގް އަތުން ބަލިވެ ބަޔާން ހަތަރަކަށް ވެއްޓިއްޖެ
ޔޫނިއަން ބާލިން އަތުންވެސް ބެޔާން އަށް މޮޅެއް ނުވެވުނު
ބެޔާނުން ވިދިވިދިގެން 10 ވަނަ ފަހަރަށް ލީގު ނަގައިފި