Roadha Mihaaru
ބަޖެޓުގައި ހިމަނާނެ ކަންކަން އަންގަން އެދިއްޖެ

އިދާރާތަކުން ބަޖެޓުގައި ހިމަނާނެ ކަންކަން އަންގަން އެދިއްޖެ

09 އެޕްރީލް 2022

ނިއު ޕޮލިސީ އިނީޝިއޭޓިވަށް ތައްޔާރުވުމުގެ ގޮތުން 2023-2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން އެކަމަށް މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނިއު ޕޮލިސީ އިނީޝިއޭޓިވަށް ތައްޔާރުވުމުގެ ގޮތުން 2023-2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން އެކަމަށް މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާ ސާކިއުލާގައިވާ ގޮތުން މި ބަޖެޓަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ.

މި ބަޖެޓް އެކުލަވާލުމަށްޓަކައި އިދާރާތަކުން ހިންގަން ރާވާ ކަންކަމާއި އެ އިދާރާއަކުން ހިންގާނެ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހުށަހަޅަން ޖެހެ އެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ބަޖެޓަށް ގެންނާނެ އާ ކަންކަން ވެސް ހިމަނަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އާ ކަންކަން ހުށަހަޅަން ސަރުކާރުގެ ހުރިހާ އިދާރާތަކަށް ބަޖެޓުގެ ވަކި މިންގަނޑެއް ނުވަތަ ސީލިންގެއް ކަނޑައަޅައިފަ އެވެ.

މިގޮތަށް އޮފީސްތަކަށް ކަނޑައަޅާފައިވާ ސީލިންގަކީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅާ އިރު ކަނޑައާޅާފައިވާ ސީލިންގެއް ނޫން ކަމަށް ބުންޏެވެ. އެހެންކަމުން މެދުރާސްތާގެ ބަޖެޓުގެ ގޮތުގައި އޮފީސްތަކަށް ދީފައިވާ ބަޖެޓުގެ އަދަދު ތަފާތުވާނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ބަޖެޓަށް ބޭނުންވާ އާ ކަންކަން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފުރުސަތު ހުޅުވާލަ އެވެ. ނިއު ޕޮލިސީ އިނީޝިއޭޓިވްތައް ނުވަތަ ބަޖެޓަށް ހުށަހަޅާ އާ ކަންކަން މިނިސްޓްރީތަކާއި އިދާރާތަކުން ހުށަހަޅަންވާނީ isles.gov.mv މެދުވެރިކޮށެވެ. މި މައުލޫމާތުތައް ޖޫން 30 ގެ ކުރިން ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.