Roadha Mihaaru
އީގަލްސްއިން މާޒިޔާ ބަލިކޮށް ފަރަގު ކުޑަކޮށްފި

އީގަލްސްއިން މާޒިޔާ ބަލިކޮށް ފަރަގު ކުޑަކޮށްފި

08 އެޕްރީލް 2022

ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވިި މާޒިޔާއިން ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 1-0 ބަލި ވެއްޖެ އެވެ.

ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވިި މާޒިޔާއިން ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 1-0 ބަލި ވެއްޖެ އެވެ.

ޕްރިމިއަ ލީގުގައި މާޒިޔާ އަށް ކުރިމަތިވި ބައްޔާއެކު އެޓީމުން ދެމެހެއްޓި ޓްރެކަށް ވަނީ ނިމުން އައިސްފަ އެވެ. ދެވަނައިގައި އޮތް އީގަލްސްއިން މިހާރު ވަނީ މާޒިޔާއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ފުރުތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ މާޒިޔާއިން ވަނީ އެއްވަނަ މަގާމުގައި 21 ޕޮއިންޓް ހޯދައިފަ އެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސް ވަނީ 19 ޕޮއިންޓް ހަމަކޮށްފަ އެވެ.

ދެވަނަ ބުރާ އީގަލްސްއިން ކުރިމަތިލީ އެޓީމުގެ ބިދޭސީ ކީޕަރު ލުބުނާންގެ މުހައްމަދު ތޯހާ ރިލީޒް ދިނުމަށްފަހު އޭނާ ނުލަ އެވެ. ގޯލް ބެލެހެއްޓީ ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހިމް އެވެ. އަލީފް ބެލެހެއްޓި ގޯލް ފޫއަޅުވައިލުމުގައި މާޒިޔާ އަށް ކާމިޔާބެއް ނުހޯދުނެވެ. އީގަލްސްއިން ނިންމާފައި ވަނީ ސީޒަންގެ ބާކީ ބައި ދިވެހި ކީޕަރުންނާއެކު ކުރިއަށް ދިއުމަށެވެ.

މާޒިޔާއިން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އީގަލްސްގެ ކީޕަރު އަލީފް މަސައްކަތް ކުރަނީ: ބިދޭސީ ކީޕަރު ފޮނުވާލުމަށް ފަހު އީގަލްސްއިން ވަނީ ދިވެހި ކީޕަރުންނާއެކު ކުރިއަށްދާން ނިންމާފަ --- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްގެ ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހްމަދު އެވެ. މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހި ހަންނަ މިސީޒަންގައި ދަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގެ 31 ވަނަ މިނެޓްގައި ހަންނަ ލަނޑު ޖެހީ ޒުވާން ފޯވާޑް ޒައިން ޒަފަރު ދިން ބޯޅައިންނެވެ. މާޒިޔާގެ ހާފުގެ ތެރެއަށް ޒައިން ވަން ގޮތަށް އޭނާ ކުރިއަށް ބޯޅަ ދިނީ ހަންނަ މާޒިޔާގެ ހާފުގެ ތެރޭގައި ހުހަށް ހުރުމުންނެވެ. ޒައިން ދިން ތޫރޫ ޕާހަށް ހަންނަ އެރުމުން، މާޒިޔާގެ ކީޕަރު ކިރަން ޝެމެޝޮން ކުރިއަށް ނުކުތެވެ. އެކަމަކު ހަންނަ ވަނީ ކިރަންގެ ގައިމަތިން ބޯޅަ ފޮނުވާލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.