08 އެޕްރީލް 2022
މަޝްހޫރު ހެރީޕޮޓާ ފްރެންޗައިޒްގެ އާ ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" ގައި ޖޮނީ ޑެޕަށް ދީފައިވާ ރޯލު، މަޝްހޫރު ޑެނިޝް އެކްޓަރު މެޑްސް މިކެލްސަން އަށް ދިނުމުން ކްރިޓިކްސް އަށް މާ ކަމުގޮސްފި އެވެ.
މަޝްހޫރު ހެރީޕޮޓާ ފްރެންޗައިޒްގެ އާ ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" ގައި ޖޮނީ ޑެޕަށް ދީފައިވާ ރޯލު، މަޝްހޫރު ޑެނިޝް އެކްޓަރު މެޑްސް މިކެލްސަން އަށް ދިނުމުން ކްރިޓިކްސް އަށް މާ ކަމުގޮސްފި އެވެ.
ހެރީ ޕޮޓާގެ ދުނިޔޭގައި ހިމެނޭ ފެންޓާސްޓިކް ބީސްޓްސްގެ ދެ ފިލްމު މިހާރު ނެރެފައިވާއިރު، އެ ސީރީޒްގެ ވިލަނެއްގެ ގޮތުގައި ފެންނަނީ ގްރިންޑެލްވޯލް ނަމަކަށް ކިޔާ ކެރެކްޓާއެކެވެ. ފުރަތަމަ ދެ ފިލްމުގައި ވެސް އެ ކެރެކްޓާގެ ރޯލު ކުޅުނީ ޑެޕެވެ.
ނަމަވެސް ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެމެދު ކޯޓުގައި ކުރިއަށް ދާ މައްސަލަތަކަކާ ގުޅިގެން ޖޮނީ ޑެޕް އަތުން އެ ރޯލު އަތުލި އެވެ. ޑެޕްގެ ބަދަލުގައި އެ ރޯލަށް ހަމަޖެއްސީ މިކެލްސަން އެވެ.
މިކެލްސަން އެ ރޯލުން ފެންނާނީ މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ، އެ ފިލްމުގެ ތިންވަނަ ބައި ކަމަށްވާ "ދަ ސީކްރެޓްސް އޮފް ޑަމްބަލްޑޯ" އިންނެވެ. އެ ފިލްމުގެ ޕްރައިވެޓް ސްކްރީނިންތަކެއް މިހާރު ދައްކާފައިވާއިރު، ކްރިޓިކްސްގެ ރިވިއުތައް މިހާރު ފިލްމަށް ލިބެން ފަށައިފައިވެ އެވެ.
ގިނަ ކްރިޓިކްސް އެއްބަސްވާ ގޮތުގައި ގްރިންޑެލްވޯލްގެ ރޯލަށް ޑެޕަށް ވުރެ މިކެލްސަން މާ ރަނގަޅެވެ. އަދި އެންމެ ކުރިން ވެސް އެ ރޯލަށް މިކެލްސަން ހަމަޖެއްސި ނަމަ، ރަނގަޅު ވާނެ ކަމަށް ބުންޏެވެ.
"ދަ ސީކްރެޓްސް އޮފް ޑަމްބަލްޑޯ" އަށް ކްރިޓިކްސްގެ ފަރާތުން ލިބެމުން އަންނަނީ ވަރަށް "މިކްސްޑް" ރިވިއުތަކެވެ. ރޮޓެން ޓޮމާޓޯސްގައި އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 59 ޕަސެންޓްގެ ރޭޓިންއެކެވެ.
ޖޯނީ ޑެޕް ކުޅުނު ރޯލު މެޑްސް މިކެލްސަނަށް ދީފި
ޑެޕް ވަކިކުރި ފިލްމަށް ގެންނަން ގޮވާލައި ޕެޓިޝަނެއް
"ފެންޓާސްޓިކް ބީސްޓްސް 3" ގެއްލުނަސް ޑެޕަލް ފުލް މުސާރަ!
"އަކްއަމޭން 2" އިން އެބްމާގެ ރޯލް ކޮށާލަނީ؟
ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް" އިން ވަކިކޮށްފި
"ފެންޓާސްޓިކް ބީސްޓްސް 3" ގެ ޝޫޓިން ފަސްކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
"ލޯޑް އޮފް ދަ ރިންގްސް"ގެ އާ ފިލްމެއް ގެނެސްދެނީ
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި