Roadha Mihaaru
7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަނީ

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅަން ހުޅުވާލައިފި

06 އެޕްރީލް 2022

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަން ސަރުކާރުން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަން ސަރުކާރުން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހީގައި ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަކުރުމަށް ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އާ ހޮސްޕިޓަލްތަކެއް އަޅަން އިއުލާނުކޮށްފައިވެ އެވެ.

ހޮސްޕިޓަލް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 6ގެ ކުރިން ރަޖިސްޓްރޭޝަން ފީ ދައްކަން ޖެހެ އެވެ. ބިޑު ހުޅުވުން އޮންނާނީ ޖޫން 9 ވަނަ ދުވަހެވެ.

ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ؛

- ހދ. ހަނިމާދޫ

- ށ. މިލަންދޫ

- ނ. ވެލިދޫ

- ކ. ތުލުސްދޫ

- އދ. މާމިގިލީ

- ވ. ފެލިދޫ

- ތ. ވިލުފުށީ

އެ ރަށްތަކުގެ އިތުރުން ހދ. ކުޅުދުއްފުށި، އއ. ރަސްދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކު ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ނިމުމުން ޓެންޑާ އިއުލާނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ. އެއީ ވެސް ކުވެއިތު ފަންޑުގެ އެހީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކެކެވެ.