06 އެޕްރީލް 2022
ހަމުގެ ސީރިއަސް ބޮޑު ބައްޔެއް ތަހައްމަލުކުރަމުން ދިޔަ އުމުރުން އެއް އަހަރުގެ ޔޫސުފް ލަޔަކް މިއަދު ނިޔާވެއްޖެ އެވެ.
ހަމުގެ ސީރިއަސް ބޮޑު ބައްޔެއް ތަހައްމަލުކުރަމުން ދިޔަ އުމުރުން އެއް އަހަރުގެ ޔޫސުފް ލަޔަކް މިއަދު ނިޔާވެއްޖެ އެވެ.
ފުވައްމުލަކަށް އުފަން ލަޔަކްގެ މަންމަ، ހައްވާ އުލާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހާލެކުއިނިކް އިޗްތިއޮސިސް ނަމަކަށް ކިޔާ ބަލި ތަހައްމަލުކުރަމުން ދިޔަ ދަރިފުޅު ނިޔާވެފައިވާ ކަމަށެވެ.
ބްލަޑް އިންފެކްޝަނެއް ޖެހުމާ ގުޅިގެން އިންޑިއާގެ ރެއިންބޯ ހޮސްޕިޓަލުގައި ވަރަށް ފަހުން އެ ކުއްޖާ އެޑްމިޓް ވެސް ކުރި އެވެ.
ލަޔަކް ފެންވަރުވާ ގަޑީގައި އެ ބަލީގެ ސަބަބުން ގައިން ހަންގަނޑު ނެއްޓެ އެވެ. އަދި ހަން ބޯވެ، ކުރަކިވެ އެ ހަންތައް ނެއްޓޭތީ ބައެއް ފަހަރު ގައިން ލޭ ވެސް އާދެ އެވެ.
ހާލެކުއިނިކް އިޗްތިއޮސިސް ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ނަމަވެސް އުލާގެ ދެމަފިރިން ދިޔައީ ހަގު ދަރިފުޅުގެ ވޭނަށް ލުޔެއް ހޯދައިދޭތޯ އެކި ފަރާތްތަކުގައި އާދޭސް ކުރަމުންނެވެ. ފަރުވާ ހޯދަން އާއްމުންގެ އެހީއަށް މިދިޔަ އަަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެދުމުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
އުލާގެ ދެމަފިރިންގެ އަލަތު ދަރިފުޅު ވެސް ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ހަމަ އެ ބަލީގައި ނިޔާވެފަ އެވެ.
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
ފުވައްމުލަކުގައި ފަރުވާދެމުން ދިޔަ ކުއްޖަކު މަރުވެއްޖެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ކޮވިޑް: ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު މަރުވެއްޖެ
ފައުޒާންގެ ހިތްވަރު: "ހާސް ނުވޭ، ސަލާމަތް ކުރާނަން"
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
އުފެދުމުގައި އައިބު ހުރުން: ހާއްސަ ސަމާލުކަމެއް ދީ!