Roadha Mihaaru
މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސްގެ ކާމިޔާބީގެ ފަހަތުގައި

މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސްގެ ކާމިޔާބީގެ ފަހަތުގައި!

14 އެޕްރީލް 2022

"މިހާރު މީހުން"ގެ މިއަދުގެ ހޮވުމަކީ މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް ތިބި "ޑިސްކަވާ ސޮނެވާ"ގެ އިންސްޓަގްރާމް ފަޅުފިލުވައިދިނުމުގެ ފަހަތުގައި އުޅޭ ޓީމްގެ ހުނަރުވެރިޔެކެވެ. ސޮނެވާ ޖާނީ ރިސޯޓްގެ، ޒުވާން، ޑިޖިޓަލް ސްޓޯރީޓެލާ އަކްޝަމް އަބްދުލް ގާދިރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މިހާރު މީހުން"ގެ މިއަދުގެ ހޮވުމަކީ މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް ތިބި "ޑިސްކަވާ ސޮނެވާ"ގެ އިންސްޓަގްރާމް ފަޅުފިލުވައިދިނުމުގެ ފަހަތުގައި އުޅޭ ޓީމްގެ ހުނަރުވެރިޔެކެވެ. ސޮނެވާ ޖާނީ ރިސޯޓްގެ، ޒުވާން، ޑިޖިޓަލް ސްޓޯރީޓެލާ އަކްޝަމް އަބްދުލް ގާދިރެވެ.

އުމުރުން 20 އަހަރުގެ އަކްޝަމް ޑްރޯން އުދުއްސަނީ: ފޮޓޯ ނެގުމުގެ އިތުރުން ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް އޭނާ ކުރޭ.

އުމުރުން 20 އަހަރުގެ އަކްޝަމް ޑްރޯން އުދުއްސަނީ: ފޮޓޯ ނެގުމުގެ އިތުރުން ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް އޭނާ ކުރޭ.

ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި 20 އަހަރުގެ އަކްޝަމްގެ ޒިންމާތައް ވަރަށް ބޮޑެވެ. އެއީ ހަމައެކަނި ފޮޓޯ ނެގުމެއް ނޫނެވެ؛ އެއީ ފޮޓޯ، ވީޑިއޯ، ޓެކްސްޓްސް، ނެރޭޝަންސް އަދި ސޯޝަލް މީޑިއާގެ ޓޫލްސްތައް ބޭނުންކޮށްގެން މީހުން ޝައުގުވެރިވާނެ ގޮތަށް "ވާހަކަތައް" ކިޔައިދިނުމެވެ. ޓެކްނޮލޮޖީ، އޭގެ އެންމެ ފުރިހަމަ އަށް ބޭނުންކޮށްގެން ކުރެވޭ މަސައްކަތެކެވެ.

އައިލެންޑްގެ "ޝޯ އެކަޑެމީ" އިން، ފޮޓޯގްރެފީގެ ޑިޕްލޮމާ ހާސިލްކޮށްފައިވާ، ގއ. ގެމަނަފުއްޓަށް އުފަން އަކްޝަމްގެ މަސައްކަތަކީ ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ކިޔައިދިނުމެވެ. އަދި ސޮނެވާ ޕްރޮމޯޓްކުރުމެވެ.

އަކްޝަމް: ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަނީ ސޮނެވާ ޖާނީގައި.

އަކްޝަމް: ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަނީ ސޮނެވާ ޖާނީގައި.

1. ޕޮޓޯގްރެފީ އަށް އެންމެ ފުރަތަމަ ޝައުގުވެރިވީ ކިހިނެއްތަ؟ އަދި ޕްރޮފެޝަނަލް ފޮޓޯގްރެފާއެއްގެ ގޮތުން އެންމެ ފުރަތަމަ ކުރެވުނު ތަޖުރިބާއަކީ ކޮބާ؟

އަކްޝަމް: އެންމެ ފުރަތަމަ އަމިއްލަ އަށް ފޮޓޯއެއް ނެގިއިރު ވާނީ 13 އަހަރު. އޭރު ހަދިޔާއަކަށް ލިބުނު އައިފޯން ހަތަރަކުން ފުރަތަމަ ފޮޓޯއެއް ނެގީ. އޭރުން ފެށިގެން މި ކަމަށް ވަރަށް ބޮޑަށް އިންޓްރެސްޓް ވެއްޖެ. އެ އައިފޯނުގައި މިހާރުގެ ފޯނުތަކުގައި މި ހުންނަ ސަޅި ފީޗާތައް ނެތަސް، އެއީ އަސްލު މިކަން ދަސްކުރަން ލިބުނު ހިތްވަރެއް.

އަކްޝަމް ހުރަވަޅި ރިސޯޓްގައި މަސައްކަތްކުރި އިރުގައި ގެސްޓް ފޮޓޯޝޫޓެއްގެ ތެރެއިން ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

އަކްޝަމް ހުރަވަޅި ރިސޯޓްގައި މަސައްކަތްކުރި އިރުގައި ގެސްޓް ފޮޓޯޝޫޓެއްގެ ތެރެއިން ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

އެންމެ ފުރަތަމަ ޕްރޮފެޝަނަލް ޕޮޓޯގްރެފާއެއްގެ ގޮތުގައި ވޯކް ކުރީ ހުރަވަޅި ރިސޯޓްގައި. އެއީ 18 އަހަރުގައި. އަސްލު އެއީ ފޮޓޯގްރެފީގެ ތެރެ އަށް ބޮޑަށް ވަދެވި، މީގެ އަސްލު ޓެކްނީކްސްތައް ދަސްވާން ފެށި ހިސާބު. އެތަނުގައި ވޯކް ކުރަން ފެށިތާ ވީކްއެއް ތެރޭގައި ވަރަށް ގިނަ އެއްޗެހި ދަސްވި. ދެން އޭރު ވީގޮތަކީ، މިކަމަށް އާވެފައި، މިކަން ކުރަން އެހާ ޕެޝަނޭޓްވެފައި ހުރިވަރުން، ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަދެވި، އާ އެއްޗެހި ދަސްކޮށް، އާ ކަންކަން އެކްސްޕްލޯކުރަން ފެށުނީ.

އެންމެ ފުރަތަމަ ރިސޯޓްގައި ނެގި ފޮޓޯ މިހާރު މާ ބޮޑަކަށް ހަނދާނެއް ނެތް. އެކަމަކު ހަނދާންވާ ގޮތުން ނަމަ އެއީ ގެސްޓެއްގެ ފޮޓޯޝޫޓެއް.

ގެސްޓް ކަޕުލްއެއްގެ ފޮޓޯޝޫޓެއްގެ ތެރެއިން މޫދުގައި އަކްޝަމް ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ގެސްޓް ކަޕުލްއެއްގެ ފޮޓޯޝޫޓެއްގެ ތެރެއިން މޫދުގައި އަކްޝަމް ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

2. މިހާރު އަކްޝަމް އަކީ ހަމައެކަނި ފޮޓޯގްރެފާއެއް ނޫން. ވީޑިއޯއެއް ވެސް ހަދައި އުޅޭ. ޑިޖިޓަލް ކްރިއޭޓާއަކަށް ވީގޮތް ކިޔައިދީބަލަ!

އަކްޝަމް: އަސްލު ވީގޮތަކީ ޓިކްޓޮކާއި އިންސްޓަގްރާމް ރީލްސް އިންޓްރޮޑިއުސްވި ހިސާބުން ކުދިކުދި ވީޑިއޯސް ހަދައިފައި އެއަށް އަޕްލޯޑްކުރަން ފެށީ. ވަރަށް އެ ކަހަލަ ކުރު ވީޑިއޯސް ހަދާ ހިތްވޭ އަބަދުވެސް. އެކަމަކު ޓިކްޓޮކާ ތަންތަނަށް ލާން ފެށި ހިސާބު ކަންނޭނގެ ގިނަ މީހުންނަށް އެނގުނީ އެކަން ކުރާކަން.

ބޮޑަށް އެއިސްތެޓިކް އެޑިޓްސް ހުންނާނީ ވީޑިއޯތަކުގައި. އަދި ބޮޑަށް ފޯކަސް ކުރަނީ ވެސް ސްޓޯރީޓެލިން އަށް.

ފޮޓޯގްރެފީ އަކީ އަބަދުވެސް ގްރޯވަމުން އަންނަ އެއްޗެއް. އެހެންވެ މޮޅު ނުވަތަ ރަނގަޅު ފޮޓޯގްރެފާއަކަށް ވުމަށް އަބަދުވެސް އެ އަންނަ އާ ޓްރެންޑްތައް އެކްސްޕްލޯކުރަން ޖެހޭ. އަދި އެ އަންނަ އާ ޓެކްނިކްސްތައް ވެސް އަބަދުވެސް ދަސްކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް.

ފޮޓޯ: އަކްޝަމް

ފޮޓޯ: އަކްޝަމް

ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި އަޅުގަނޑު ބޭނުންވަނީ މީހުން އިންސްޕަޔާކޮށް، ވާހަކަތައް ކިޔައިދީ އަދި ދުނިޔޭގެ އެކި ތަންތަން ދިއުން.

3. މިހާތަނަށް ކުރި އެންމެ ސަޅި މަސައްކަތްތަކަކީ ކޮބާ؟ އަދި ލިބުނު ކާމިޔާބީތަކަކީ ކޮބާ؟

އަކްޝަމް: އެންމެ ޕްރައުޑްވާ އެއް މަސައްކަތަކީ ސޮނެވާގެ އެހެން ޑިޖިޓަލް ސްޓޯރީޓެލާއެއް ކަމަށްވާ ޖައިލަމްއާ ކޮލަބްރޭޓް ކޮށްގެން ހެދި "ޗެޕްޓާ 2 އޯޕެނިން" ފޮޓޯތައް. އެއީ ސޮނެވާ ޖާނީގެ ލަގްޒަރީ ވޯޓާ ވިލާތައް ހުޅުވަންވެގެން، އެތަން ޕްރޮމޯޓްކުރަން ނެގި ފޮޓޯތަކެއް.

ސޮނެވާ ޖާނީގެ ލަގްޒަރީ ވޯޓާ ވިލާތައް -- ފޮޓޯ: އަކްޝަމް

ސޮނެވާ ޖާނީގެ ލަގްޒަރީ ވޯޓާ ވިލާތައް -- ފޮޓޯ: އަކްޝަމް

ސޮނެވާފުއްޓަށް ދިޔަ ކަޕުލްއެއްގެ ވެޑިން ފޮޓޯޝޫޓެއް ނެގިން މޫދު އަޑީގައި. އެވެސް ވަރަށް ތަފާތު އެކްސްޕީރިއެންސްއެއް.

މޫދު އަޑީގައި ބޭއްވި ވެޑިން ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

މޫދު އަޑީގައި ބޭއްވި ވެޑިން ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ރަށުގެ [ގެމަނަފުށީގެ] ފަޅު ތެރޭގައި ހެދި ލޭންޑްމާކް އުނދޯލި، ދަ ހާޓް އޮފް ގެމަނަފުށި ބޭނުންކުރަން ފެށިއިރުގެ ފޮޓޯޝޫޓް ވެސް އެއީ ހާއްސަ މަސައްކަތެއް.

ގެމަނަފުށީގެ ލޭންޑްމާކް އުނދޯލި ބޭނުންކުރަން ފެށިއިރު ބޭއްވި ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ގެމަނަފުށީގެ ލޭންޑްމާކް އުނދޯލި ބޭނުންކުރަން ފެށިއިރު ބޭއްވި ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓެޑްއެކްސް އިވެންޓް، ސޮނެވާފުށީގައި ބޭއްވި "ޓެޑްއެކްސް ބާ އެޓޯލް"ގައި މަސައްކަތް ކުރަން ވެސް ފުރުސަތު ލިބުން.

ސޮނެވާފުށީގައި ބޭއްވި ރާއްޖޭގެ ފުރަތަމަ "ޓެޑްއެކްސް" އިވެންޓަށް ވެނިއު ރެޑީކޮށްފައި -- ޑްރޯން ފޮޓޯ: އަކްޝަމް

ސޮނެވާފުށީގައި ބޭއްވި ރާއްޖޭގެ ފުރަތަމަ "ޓެޑްއެކްސް" އިވެންޓަށް ވެނިއު ރެޑީކޮށްފައި -- ޑްރޯން ފޮޓޯ: އަކްޝަމް

ސޮނެވާފުށީގައި ފެށި ވެލްނެސް ސާވިސް "ސޮނެވާ ސޯލް" ހުޅުވިއިރު އަޅުގަނޑު ނެގި ފޮޓޯތަކެއް ފޯބްސް މެގަޒިންގައި ފީޗާކުރި. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް.

"ސޮނެވާ ސޯލް" ހުޅުވިއިރު، ފޯބްސް މެގަޒިންގައި ފީޗާކުރި އަކްޝަމްގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

"ސޮނެވާ ސޯލް" ހުޅުވިއިރު، ފޯބްސް މެގަޒިންގައި ފީޗާކުރި އަކްޝަމްގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ސޮނެވާގެ އިންސްޓަގްރާމްގައި އެއް މިލިއަން ފޮލޯވާސް ހަމަވުމުން ހިންގި ކެމްޕެއިން ވެސް އެއީ ވަރަށް ސަޅި އެކްސްޕީރިއެންސްއެއް. އަދި އަޅުގަނޑަކީ ޓިކްޓޮކްގައި ރާއްޖެއިން އެންމެ ފުރަތަމަ ވެރިފައިޑްވި އެންމެ ޔަންގެސްޓް ފޮޓޯގްރެފާ.

ޑިސްކަވާ ސޮނެވާގެ އިންސްޓަގްރާމްގައި އެއް މިލިއަން ފޮލަވާސް ހަމަވުމުން ހިންގި ކެމްޕެއިންގެ ތެރެއިން ނެގި ސޮނެވާ ޖާނީގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ޑިސްކަވާ ސޮނެވާގެ އިންސްޓަގްރާމްގައި އެއް މިލިއަން ފޮލަވާސް ހަމަވުމުން ހިންގި ކެމްޕެއިންގެ ތެރެއިން ނެގި ސޮނެވާ ޖާނީގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

4. އަކްޝަމް ގަބޫލުކުރާ ގޮތުގައި ހަގު އުމުރެއްގައި މިހާރު ދެވިފައި ތި ހުރި ހިސާބަށް ދެވުނީ ކީއްވެ؟ ކާމިޔާބީގެ ސިއްރަކީ ކޮބާ؟

އަކްޝަމް: ވަރަށް ކުރު ޖަވާބެއް އޮތީ. އެއީ މި މަސައްކަތުގައި ވަރަށް ބޮޑަށް ކެތްކޮށްގެން އަދި މީގެ ތެރެއިން ދިމާވާ ކޮންމެ މީހެއްގެ ފަރާތުން ވެސް ކަންކަން ދަސްކުރުމާއި އަޅުގަނޑު އޯޑިއެންސް އެޕްރިޝިއޭޓްކުރުމާއި އަދި އެމީހުންގެ ފަރާތުން ލިބޭ ފާޑުކިޔުންތައް ބަލައިގަތުން.

މޫދު އަޑީގައި ބޭއްވި ވެޑިން ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

މޫދު އަޑީގައި ބޭއްވި ވެޑިން ފޮޓޯޝޫޓްގައި ނެގި ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

5. ސޮނެވާގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީ ކިހިނެއްތަ؟ އަކްޝަމް ކުރާ މަސައްކަތުގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދީބަލަ!

އަކްޝަމް: އެންމެ ފުރަތަމަ 2020 ގައި ޑިޖިޓަލް ސްޓޯރީޓެލިން އިންޓާންއެއްގެ ގޮތުގައި ސޮނެވާފުއްޓަށް ދިޔައީ. ދެން އިންޓާންޝީޕް ނިމިގެން، އެ މީހުންނަށް އަޅުގަނޑު މަސައްކަތް ކަމުގޮސްގެން ވަޒީފާ ޕާމިނެންޓްވީ. ދެން މިދިޔަ އަހަރު އޮކްޓޯބަރުގައި ސޮނެވާ ޖާނީ އަށް ބަދަލުވީ.

ސޮނެވާ ޖާނީގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ސޮނެވާ ޖާނީގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

އަޅުގަނޑުގެ ޒިންމާތަކަކީ ސޮނެވާގެ މާކެޓިން އަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ނެގުން. ސޯޝަލް މީޑިއާ ކޮންޓެންޓްތައް ހެދުމާއި ރިސޯޓަށް އަންނަ ގެސްޓުންގެ ފޮޓޯޝޫޓްތައް ނެގުމާއި އަދިވެސް އެކަހަލަ ވަރަށް ބައިވަރު ކަންކަން. ބައެއް ފަހަރު މިކޮޅަށް އަންނަ ވިޒިޓިން ޕްރޮގްރެފާސްއާ އެކު ވެސް މަސައްކަތްކުރަން.

6. ކެރިއާގައި މިހާރު އެންމެ ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތަ؟ ކޮބާތަ މި މަސައްކަތުގައި އަކްޝަމްގެ އަލްޓިމޭޓް ގޯލަކީ؟

އަކްޝަމް: އެހާ ލޯބިވާ މަސައްކަތެއްގައި އެންމެ ބޭނުންވާނީ ވީހާ ވެސް ބޮޑަކަށް ކާމިޔާބުވުން. ކޮންޓެންޓް ކްރިއޭޓްކުރުމަކީ އަސްލު އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ގެނެސްދޭ ކަމެއް. އަލްޓިމޭޓް ގޯލަކީ ކޮބައިހޭ އަހައި ނަމަ، އަބަދުވެސް ބުނާނީ އެކި ތަންތަނަށް ޓްރެވެލްކޮށް ފޮޓޯ ނެގުމޭ.

އަކްޝަމް: އޭނާގެ އެންމެ ބޭނުންވަނީ އެކި ތަންތަން ޓްރެވެލްކޮށް ފޮޓޯނަގަން.

އަކްޝަމް: އޭނާގެ އެންމެ ބޭނުންވަނީ އެކި ތަންތަން ޓްރެވެލްކޮށް ފޮޓޯނަގަން.

އަޅުގަނޑުގެ ދައްތަމެއް ބުނާނެ "ނަތިން އިޒް އިމްޕޮސިބަލް އިފް ވީ ތިންކް އައިމް ޕޮސިބަލް". އެއީ އަބަދުވެސް ގަބޫލުކުރާ އެއްޗެއް.

ދެން ތަންކޮޅެއް ކުރިން 2019 ގައި ރައްޓެއްސަކު ބުނި އެއްޗެއް އަދިވެސް ވަރަށް ހިތުގައި އޮވޭ. އެއީ ކޮންމެ ކަހަލަ ސަޅި، ތަފާތު ކަމެއް ކުރާށޭ، "ސޯ ވެންވީ ގެޓް އޯލްޑް ވީ ކޭން ބީ ޕްރައުޑް އެބައުޓް ދެޓް"އޭ. އެވެސް ކެރިއާގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް.

އަކްޝަމް ޑްރޯން އުދުއްސަނީ: ޑްރޯން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީ އަކީ މިހާރު އޭނާ އެންމެ ކުރާހިތްވާ އެއް ކަންތައް.

އަކްޝަމް ޑްރޯން އުދުއްސަނީ: ޑްރޯން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީ އަކީ މިހާރު އޭނާ އެންމެ ކުރާހިތްވާ އެއް ކަންތައް.

މި ވޯކްގައި ކުރިއަށް ދާން ރައްޓެހިންނާއި އާއިލާގެ ފަރާތުން އަބަދުވެސް ސަޕޯޓް ލިބޭ.

7. ފޮޓޯނަގަން ފެށިއިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކޮން ބައެއް ފަރާތުންތަ؟ އަދި އެމީހުންގެ ފަރާތުން ދަސްވީ ކޮން ކަންކަމެއް؟

އަކްޝަމް: ފެމެލީ އާއި ކޮލިގްސް ހިމެނޭހެން ވަރަށް ބައިވަރު މީހުން ތިބޭނެ ކްރެޓިޑްސް ދޭން ޖެހޭނެ. އެންމެ ފުރަތަމަ ކްރެޑިޓް ދޭނެ އެކަކީ ހުރަވަޅި ރިސޯޓްގައި ވޯކްކުރި އިރުގައި، އެ ރިސޯޓްގެ ފޮޓޯގްރެފީ ސުޕަވައިޒާއަކަށް ހުރި ޝަހުދާން. ޝަހުދާންގެ ޓީމަށް އަޅުގަނޑު ނަގާއި، ފޮޓޯގްރެފީގެ ވަރަށް ގިނަ ޓެކްނިކަލް ކަންކަން ކިޔައިދިން. މިހާރު ވެސް ވަރަށް ގިނަ ކަންކަން ދަސްކުރަމުން އަންނައިރު، ގިނަވާނެ ހުރަވަޅިން ދަސްވި އެއްޗެހި.

ސޮނެވާފުށީގައި އަކްޝަމް އެންމެ ފުރަތަމަ ނެގި ގެސްޓް ފޮޓޯޝޫޓްގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ސޮނެވާފުށީގައި އަކްޝަމް އެންމެ ފުރަތަމަ ނެގި ގެސްޓް ފޮޓޯޝޫޓްގެ ފޮޓޯއެއް -- ފޮޓޯ: އަކްޝަމް

ޑިސެމްބަރު 2020 ގައި ސޮނެވާފުށީގައި މަސައްކަތް ކުރަން ފެށިއިރު، އެތަނުގެ ޗީފް ޑިޖިޓަލް ސްޓޯރީޓެލާއަކަށް ހުރި ޖޫލިއާ ދަސްކޮށްދިނީ ޑްރޯން ދުއްވަން. އެއް މަސް ތެރޭގައި އޭގެ ހުރީ ބޭސިކްސްއެއް ދަސްކުރިން. ދެން މިހާރު ހަމަ އަމިއްލަ އަށް އެ ހުރިހާ ކަމެއް ވެސް ކުރަން އެނގޭ. ޑްރޯން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީ އަކީ މިހާރު ހަމަ އެންމެ އިންޓްރެސްޓް ހުންނަ އެއް ކަންތައް.

ދެން ސޮނެވާ ޖާނީ އަށް އައިފަހުން، ޖައިލަމްގެ ފަރާތުން ވީޑިއޯ ކަލާގްރޭޑިންގެ ވަރަށް ވަރަށް ގިނަ އެއްޗެހި ރަނގަޅަށް ދަސްވި. ޖައިލަމް އެއްޗެހި ދަސްކޮށްދިން ވަރު ނުވެސް އެނގޭ ބުނަން އަސްލު، އެހާ ގިނަ ކަންކަން އޭނާގެ ފަރާތުން ދަސްވި.

އަކްޝަމް: ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ކާމިޔާބީތައް ގިނަ ކަމަށް އޭނާ ގަބޫލުކުރޭ.

އަކްޝަމް: ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ކާމިޔާބީތައް ގިނަ ކަމަށް އޭނާ ގަބޫލުކުރޭ.

8. އެންމެ ބޮޑު އިންސްޕިރޭޝަން އަކީ ކޮބާ؟

އަކްޝަމް: އެންމެ ބޮޑު އިންސްޕިރޭޝަން އަކީ އަޅުގަނޑު ފޮލޯވާސް އާއި އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، ވަރަށް ލޯބިން މި މަސައްކަތް ކުރަމުން އަންނަ އެހެން ކްރިއޭޓާސް.