04 އެޕްރީލް 2022
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބޭހުން ކުޑަކުދިން ނިންދެވުމަށް ފަހު އީ.އީ.ޖީ ޓެސްޓު ހެދުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. އީއީޖީ ޓެސްޓު ނުވަތަ އިލެކްޓްރޯ އިންސެފެލޯގްރޭމަކީ ސިކުނޑީގެ ކަރަންޓު ދައުރުވާގޮތް ފާހަގަކުރާ ޓެސްޓެކެވެ. މި ޓެސްޓު ހަދަނީ ބޮލުގައި ހަރުކުރާ ކުދި ސެންސަރުތަކެއްގެ އެހީގަ އެވެ. ސިކުނޑީގެ އެކި ބަލިތައް ދެނެގަތުމަށާއި ބައްޔަށް އަވަސް ފަރުވާ ހޯދުމަށް އީއީޖީ ޓެސްޓުން ފަސޭހަކޮށްދެ އެވެ.

މި ޓެސްޓު ހަދަނީ ނިދާފައި އޮންނަ ވަގުތު ކަމަށް ވިޔަސް ބައެއް ކުދިންނަށް ނިދުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. މިސާލަކަށް، އޯޓިޒަމް ނުވަތަ އޭޑީއެޗްޑީ ފަދަ ނަފްސާނީ ބަލި ހުންނަށް ކުދިންނަށް ޓެސްޓު ހަދާ ވަގުތު މަޑުން ހުރުމަށް ނޫނީ ނިދުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ އެވެ. މިފަދަ މައްސަލަތައް ދިމާވާ ކުދިންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން، ބޭހުގެ އެހީގައި ނިންދެވުމަށް ފަހު މި ޓެސްޓް ހެދޭނެ އެވެ.
ނިދުމަށް މިދެވޭ ބޭހުގެ ސަބަބުން ރައްކާތެރިކަމާއި އެކު ކުއްޖާ ހަމަހިމޭންވުމަށް އެހީތެރިވެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ care@treetophospital.com އަށް އީމެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.
ޓްރީ ޓޮޕުން ކުޑަކުދިންގެ ހެލްތު ސްކްރީން ކުރާ ޕެކޭޖު
ކުޑަކުދިން ރޯދަ އަށް ބައިތިއްބާއިރު ބަލާނެ ކަންކަން
އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ ގިފްޓް ހެމްޕާއެއް
އަންހެނުންނާއި ކުޑަކުދިންގެ ސެންޓަރެއް ޓްރީޓޮޕްގައި
ޓްރީޓޮޕް ހޮސްޕިޓަލުގައި ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް
ކުދިންގެ ދުޅަހެޔޮކަމަށް ޓްރީޓޮޕާއި ޔުނިސެފް އެހީވަނީ
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ފިޔަވަތީގެ ކުދިންނަށް އެޗްޑީސީ ފަރާތުން "ފަން ޑޭ"އެއް
ޓްރީ ޓޮޕުން ލ. އަތޮޅުގައި ހެލްތު ކޭމްޕެއް