13 އެޕްރީލް 2022
ކުޑަކުދިން ރޯދަ ހިފާއިރު، ބެލެނިވެރިން އެ ކުދިންނަށް އެހީ ފޯރުކޮށްދިނުމާއި ރޯދަމަހުގެ ކެއުން ބަހައްޓާނެ ގޮތާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.
ކުޑަކުދިން ރޯދަ ހިފާއިރު، ބެލެނިވެރިން އެ ކުދިންނަށް އެހީ ފޯރުކޮށްދިނުމާއި ރޯދަމަހުގެ ކެއުން ބަހައްޓާނެ ގޮތާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.
ޗައިލްޑް ނިއުޓްރިޝަން އަށް ހާއްސަ ޑރ. ރުކްޝާނާ އަހުމަދު ވަނީ ރޯދަމަހު ކުދިން ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށާއި ރޯދަ ހިފުމުގައި ކެއެމުގެ ކަންކަން ބަހައްޓާނެ ގޮތްތައް ކިޔައިދެއްވައިފަ އެވެ.
ރޯދައަށް ކުއްޖާ އަށް ހުރެވޭނެތޯ ބެލުމަކީ މުހިންމު ކަމެކެވެ. ކުއްޖާ ރޯދައަށް ހުރުމުގެ ކުރިން ބެލެނިވެރިން އެ ކުއްޖާގެ، ކެއުމުގެ އާދަތަކާއި، ބަނޑުހައި ހޫނުކަން ތަހައްމަލް ކުރެވޭނެވަރާއި، ރޯދައަށް ހުރެ އާއްމު ހަރަކާތް ކުރެވޭ ވަރު ބަލަންޖެހެ އެވެ. ބައެއް ކުދިންނަށް ފުރަތަމަ ދުވަހު ނޫނީ ފުރަތަމަ ދެތިން ދުވަހު އެއްކޮށް އެއްޗެއް ނުކައި ރޯދައަށް ހުރުމަކީ ދަތި ކަމަކަށް ވެސް ވުން އެކަށީގެންވެ އެވެ. އުމުރުން އަށް އަހަރުން ދަށުގެ ކުދިން ވެސް ރޯދައަށް ބެހެއްޓިދާނެ އެވެ. ނަމަވެސް ރޯދައަށް ގަދަކަމުން އެ ކުދިން ނުބެހެއްޓުމަށް ޑރ. ރުކްޝާނާ އިލްތިމާސް ކުރައްވަ އެވެ.
ރޯދަ ހިފާ ކުދިންގެ ކެއުމުގައި ހަމަހަމަކޮށް ކެއުން ތައްޔާރުކުރުން މުހިންމު ވަނީ ނިއުޓްރިޝަނަލް ޑެފިޝަންސީ ފަދަ މައްސަލަތަކުން ދުރުހެލިވުމަށެވެ. ބެލެނިވެރިންނަށް ރޯދަމަހުގައި ކުދިން ރޯދައަށް ބަހައްޓާއިރު ސަމާލުވާންޖެހޭނެ ބައިވަރު ކަންތައް ހިމެނެ އެވެ.
ޑރ. ރުކްޝާނާ ވިދާޅުވީ، ރޯދަ އަށް ހުންނަން ކުދިންނަށް ތިން ގަޑިއެއްގައި ކާން ދިނުން މުހިއްމެވެ. އެއީ ރޯއްދަވިއްލާ ގަޑި އާއި ރޭގަނޑު ކެއުމާއި ހާރު ދަމުުގައި ކާން ދިނުމެވެ.
ރާއްޖޭ ފަދަ ހޫނު މޫސުން އޮންނަ ގައުމެއްގައި އެންމެ ކުޑަމިނުން ކުޑަކުދިން އެއް ލީޓަރު ފެން ބޯން ޖެހޭނެ އެވެ. އަދި ފުރާވަރު ކުދިން މަދުވެގެނެ 1.5 ލީޓަރު ފެން ބޯންޖެހޭނެ އެވެ. ފެން ބޯންޖެހޭ މިންވަރު ބެހިފައިވާނީ ކޮންމެ ދެ ގަޑިއިރަކު 1-2 ތަށި ދިނުން، އަދި މޭވާ ޖޫސް ފަދަ ބުއިންތައް އެއް ތައްޓަށް މަދުކުރުން މުހިންމެވެ. ކުއްޖާ ފެން މަދުވެއްޖެ ނަމަ ބޮލުގަ ރިހުމާއި ވަރުބަލިވާ ގޮތް ދިމާވާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލީފްލެޓެއް ހިފައިގެން ކުޑަ ކުއްޖެއް: ރޯދަ ހިފި ނަމަވެސް ރޭގަނޑު ތިން ވަގުތު ކުޑަކުދިންނަށް ކާން ދިނުން މުހިއްމު-- ފޮޓޯ: ޓްރީ ޓޮޕް
ރޯދަވީއްލާ ވަގުތު 2-3 ކަދުރު ކެއުން މުހިއްމެވެ. ކަދުރަކީ އަޔަން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ. ރޯދަވީއްލާ ގަޑީގައި ތާޒާ މޭވާ އިން ހަދާފައި ހުންނަ ޖޫސް ދެވިދާނެ އެވެ. މީގެން ހަށިގަނޑަށް ބޭނުންވާ ހަކުރާއި، މިނަރަލް އަދި ވިޓަމިން ލިބޭނެ އެވެ.
ކުކުޅު ނޫނީ އެހެން މަހަކުން ހަދާފައި ހުންނަ ސޫޕް ނުވަތަ މުގު އަދި ބީންސް އާ އެކު ޕާސްޓާ ކުއްޖާ އަށް ދެވިދާނެ އެވެ. ކާބޯހައިޑްރޭޓްސް އަށް މުއްސަނދި ބުރައުން ބްރެޑް، ޗީޒް ސޭންޑްވިޗް، ބިސް އަދި ތަރުކާރީގެ ބާވަތްތައް ވެސް ހިމެނިދާނެ އެވެ.
ރޯދަވީއްލާ ގަޑިއަށް ކުދިން ބޭނުންވާނީ ބަނޑުފުރާ ކެއުމަށެވެ. ނަމަވެސް ކުއްޖާ އަށް ހެޔޮވަރު ވަރަކަށް ކެއުމަށް އިރުޝާދުދޭން ބެލެނިވެރިން ދޭންވާނެ އެވެ. ކުދިންނަށް ތެލާއި ސަރުބީ އެކުލެވޭ ބާވަތުގެ ކާނާ ދިނުމަށް ދުރުހެލިވުމާއި މާގިނައިން ކެއުމުން ދުރު ކުރަން ޖެހޭނެ އެވެ. ފަހަރުގައި ކުޑަކުދިން ކަމަށް ވުމުން އެއްފަހަރާ ރޯދަ ވީއްލާގަޑީގައި މާގިނައިން ކާންއުޅެފާނެ އެވެ. އެހެންކަމުން އެއްފަހަރާ މާގިނައިން ކެއުމުން ވަރުބަލިކަމާއި، ލޮޑުކަން އިތުރުވެ، މަތިންއެރުމާއި، ގޭހުގެ އުދަނގޫތައް ކުރިމަތިވާނެ ކަމަށް ޑރ. ރުކްޝާނާ ވިދާޅުވި އެވެ.
ރޭގަނޑުގެ ކެއުން ރޯދަވީއްލުމުގެ ދެ ގަޑިއިރު ފަހުން ދެވިދާނެ އެވެ. ކެއުމުގައި ފުށުގެ ބާވަތްތައް، ޕްރޮޓީންގެ ބާވަތްތައް އަދި މޭވާ ފަދަ ތަކެތި ދެވިދާނެ އެވެ. ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ފޯރުކޮށްދިނުމަށް ބަތް، ޕާސްޓާ، ރޮށި އަދި ނޫޑުލްސް ދެވިދާނެ އެވެ. ޕްރޮޓީންގެ ގޮތުގައި މަސް ރިހަ، ކުކުޅު، އެހެނިހެން މަސް، މުގު، ބީންސް އަދި ޕީސް ބޭނުން ކުރެވިދާނެ އެވެ.
މި ބާވަތްތައް ފިހެގެން ނުވަތަ ސްޓީމް ކޮށްގެން ދެވިދާނެ އެވެ. އަދި ޔޯގަޓް، އައިސް ކްރީމް ނުވަތަ ކުއްޖާ އަށް ކަމުދާ ފޮނި އެއްޗެއް ކެއުމުގައި ހިމެނިދާނެ އެވެ. ކުރިއަށް އޮތް ދުވަހު ރޯދައަށް ހުރުމަށްޓަކައި ރޭގަނޑުގެ ކެއުން ވަރަށް މުހިންމެވެ. ނަމަވެސް ކެއުމަށްޓަކައި ލިބޭ ވަގުތުކޮޅު ވަރަށް ކުޑަވެ އެވެ. ޑރ. ރުކްޝާނާ ވިދާޅުވީ، ބަރު ކެއުމެއް ޑައިޖެސްޓް ކުރަން އުނދަގޫ ވާނެ ކަމަށާއި ކެއުމަށްފަހު ހިނގާލަން ދިއުން ނުވަތަ ކުޅެން ފުރުސަތު ދިނުން މުހިންމު ކަމަށެވެ. ކާ ނިމޭ ތަނުން ނިދުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާރަކީ ރޯދައަށް ހުރުމަށް ކާންޖެހޭ އެންމެ މުހިންމު ކެއުމެވެ. ހާރުގަޑީގައި ދޭ ކާތަކެތީގައި ފައިބާ ހިމެނޭ ފުށުގެ ބާވަތުގެ ކާނާ ތައްޔާރުކުރާށެވެ. ހާރުގަޑިގައި ހޯލް-ގްރެއިން ކެއުން ކުއްޖާ ހެދި ބޮޑުވުމަށާއި، ސްކޫލް ގަޑީގައި ކިޔަވާ ވަގުތު ފަރުވާތެރިވުމަށް އެހީވެދޭނެ އެވެ.
ކިރާ އެކު އޯޓްސް އަދި ނަޓްސް ދެވިދާނެ އެވެ. ނުވަތަ މަލްޓި ގްރެއިން ޕާނާ އެކު ބިސް، ޗީޒް ނޫނީ ޕީނަޓް ބަޓާ ވެސް ކުދިންނަށް ދެވިދާނެ އެވެ. ހަމައެއާ އެކު ޔޯގަޓް ނުވަތަ ސްމޫތީ އަކީ ވެސް މި ގަޑީގައި ދިނުން ރަނގަޅު އެއްޗިއްސެވެ.
ތެލާއި ސަރުބީ ގިނަ ތަކެތި އަދި މާ ގިނައިން ލޮނު ހުންނަ ކާބޯތަކެތި ކުދިންނަށް ނުދޭށެވެ. އޭގެ ސަބަބުން ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުން އިތުރުވާނެ ކަމަށް ރުކްޝާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދުޅަހެޔޮކަންމަތީ ރޯދަ މަސް ފުރިހަމަކުރުމަށްޓަކައި ކުޑަކުދިން ރޯދަ އަށް ބަހައްޓާއިރު މައިންބަފައިން މިކަން ކަމަށް ސަމާލުކަން ދިނުން މުހިންމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް ވެސް ހޯދޭނެ އެވެ. އެގޮތުން 3351610 ގުޅައިގެން ނުވަތަ care@treetophospital.com އަށް އީމެއިލް ކޮށްގެން ވެސް ކުރިއަށް ގެންދެވިދާނެ އެވެ.
ނޯޓް: މިއީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޕްރޮމޯޝަން އާޓިކަލްއެކެވެ.
ޓްރީ ޓޮޕުން ކުޑަކުދިންގެ ހެލްތު ސްކްރީން ކުރާ ޕެކޭޖު
ޓްރީ ޓޮޕްގައި ކުޑަކުދިންގެ އީއީޖީ ޓެސްޓް ހަދައިދެނީ
އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ ގިފްޓް ހެމްޕާއެއް
އަންހެނުންނާއި ކުޑަކުދިންގެ ސެންޓަރެއް ޓްރީޓޮޕްގައި
ޓްރީޓޮޕް ހޮސްޕިޓަލުގައި ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް
ކުދިންގެ ދުޅަހެޔޮކަމަށް ޓްރީޓޮޕާއި ޔުނިސެފް އެހީވަނީ
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ފިޔަވަތީގެ ކުދިންނަށް އެޗްޑީސީ ފަރާތުން "ފަން ޑޭ"އެއް
ޓްރީ ޓޮޕުން ލ. އަތޮޅުގައި ހެލްތު ކޭމްޕެއް