04 އެޕްރީލް 2022
ބާސެލޯނާ (އޭޕްރީލް 4) - ދެވަނަ ހާފުގައި ޕެޑްރީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުން 1-0 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލަ ލީގާގެ ދެވަނައަށް ޖެހިލައިފި އެވެ.
ބާސެލޯނާ (އޭޕްރީލް 4) - ދެވަނަ ހާފުގައި ޕެޑްރީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުން 1-0 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލަ ލީގާގެ ދެވަނައަށް ޖެހިލައިފި އެވެ.
ޖެނުއަރީ ޓްރާންސްފާގައި ސެވިއްޔާ އަށް ބަދަލުވި އެންތަނީ މާޝިއަލް، ފުރަތަމަ ހާފުގައި، ފޮނުވާލި ހަމަލާއެއް އޭރިއާ ތެރެއިން ރޮނާލްޑް އަރައުހޯ އަތުގައި ޖެހުނު ކަމަށް ބުނެ ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެ އެވެ. ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި އުސްމާން ޑެމްބެލޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލު ތިރީ ކަނަށް ވައްދާލައިގެން ޕެޑްރީ ލަނޑު ޖެހީ މެޗުގެ 72 ވަނަ މިނިޓުގަ އެވެ. އޭގެ އިރުކޮޅެއް ކުރިން ޑެމްބެލޭ ނެގި ކޯނަރަކުން ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ޖެހި ބޯޅަ ވަނީ ގޯލު ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ވެސް ބޭރަށް ދިޔައީ ގޯލު ދަނޑި ކައިރިންނެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ލީގުގައި ބަލިނުވެ 14 މެޗު ހަމަ ކޮށްފަ އެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް އެޓީމު ވަނީ ތިން ޕޮއިންޓް ނަގައިފަ އެވެ. މިހާތަނަށް ބާސެލޯނާ ލީގުގައި ބަލިވެފައި ވަނީ ހަތަރު މެޗުންނެވެ. އެންމެ ފަހުން ލީގުގައި ބަލިވީ ޑިސެމްބަރު މަހު ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ބެޓިސް އަތުންނެވެ.
މި މެޗުގެ ކުރިން ބާސެލޯނާ އާއި ސެވިއްޔާ މި އަހަރުގެ ލީގުގައި އަދި ބަލިވެފައެއް ނުވެ އެވެ. ރޭގެ މެޗުން ބަލިވުމާ އެކު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދެވަނައިގައި އޮތް ސެވިއްޔާ ވަނީ ލީގުގެ ހަތަރުވަނައަށް ވެއްޓިފަ އެވެ. މިއީ ލީގުގައި ސެވިއްޔާ ބަލިވި ތިންވަނަ މެޗެވެ. އެންމެ ފަހުން އެޓީމު ބަލިވީ މިދިޔަ ނޮވެމްބަރު މަހު ކުޅުނު ފަހު މެޗުގައި، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް އަތުންނެވެ. އޭގެ ފަހުން ސެވިއްޔާ ވަނީ ލީގުގައި ބަލިނުވެ 15 މެޗު ހަމަކޮށްފަ އެވެ.
ބާސެލޯނާ ދެވަނައަށް ޖެހިލީ ކުޅުނު 29 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ.
ތިންވަނައިގައި އޮތް، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ވެސް ބާސާއާ އެއްވަރަށް 57 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމު ވަނީ 30 މެޗު ކުޅެފަ އެވެ. އަދި ފައިދާ ގޯލުން ކުރީގައި ވެސް އުޅެނީ ބާސެލޯނާ އެވެ.
އެތުލެޓިކޯ މެޑްރިޑް ވަނީ ހޮނިހިރު ދުވަހުގެ ރޭ އަލަވެސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 4-1 އިން ކާމިޔާބު ކޮށްފަ އެވެ. ލުއިސް ސުއަރޭޒް އާއި ޔާއޯ ފީލިކްސް ވަނީ އެތުލެޓިކޯ އަށް އެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
ލީގުގެ ފަސްވަނައިގައި އޮތް ރެއާލް ބެޓިސް ވަނީ ރޭ 4-1 އިން އޮސަސޫނާ ބަލިކޮށް، 30 މެޗުން 53 ޕޮއިންޓް ހަމަކޮށްފަ އެވެ.
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި
ބާސާ މޮޅުކޮށްދިނީ ލެވަންޑޯސްކީ، އެތުލެޓިކޯ ބަލިވެއްޖެ
ރެއާލް ރޭހުގެ ކުރީގައި، ބާސާވެސް ފަހަތުގައި ވިއްދައިފި
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ސެވިއްޔާއާ އެއްވަރުވެ، ބާސެލޯނާ އަހަރު ނިންމާލައިފި
މެސީ ތަފާތު ދައްކައި ބާސެލޯނާ ދެ ވަަނަ އަށް
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް
އޮސަސޫނާ އިން ބާސާގެ ފުރިހަމަ ފެށުން ހަރާބުކޮށްލައިފި