29 ސެޕްޓެމްބަރ 2024
އޮސަސޫނާ (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި ފުރަތަމަ ކުޅުން ހަތް މެޗު ވެސް ކާމިޔާބު ކޮށްފައިވާ ބާސެލޯނާ، ރަށުން ބޭރުގައި ރޭ އޮސަސޫނާއާ ވާދަކޮށް 4-2 އިން ބަލިވެއްޖެ އެވެ.
އޮސަސޫނާ (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި ފުރަތަމަ ކުޅުން ހަތް މެޗު ވެސް ކާމިޔާބު ކޮށްފައިވާ ބާސެލޯނާ، ރަށުން ބޭރުގައި ރޭ އޮސަސޫނާއާ ވާދަކޮށް 4-2 އިން ބަލިވެއްޖެ އެވެ.
އަންޓޭ ބުޑިމިއޭ އާއި ބްރަޔަން ޒަރަގޯޒާގެ ގޯލުތަކުން ފުރަތަމަ ހާފުގައި އޮސަސޫނާ ދެ ގޯލުގެ ލީޑެއް ނެގި އިރު، ބާސެލޯނާ އިން ފަރަގު ކުޑަކުރީ ދެ ވަނަ ހާފުގެ ކުރީކޮޅު ޕައު ވިކްޓޯ ޖަހައިދިން ގޯލުންނެވެ.
ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަަށް މިިޓަށް ވެފައި ވަނިކޮށް އޮސަސޫނާގެ ތިންވަނަ ގޯލު ޕެނަލްޓީއަކުން ޖަހައިދިނީ ބުޑިމިއޭ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އާބެލް ބްރެޓޯނެސް އޮސަސޫނާގެ ހަތަރު ވަނަ ލަނޑު ޖަހައިދިން އިރު، ބާސެލޯނާގެ ދެ ވަނަ ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނުކުތް ލަމީން ޔަމާލް އެވެ.
މި ހަފްތާ ޗެމްޕިއަންސް ލީގު މެޗު ވެސް އޮތުމާ އެކު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ މި މެޗުގައި ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ.
"(ބަލިވުމުން) ޒިންމާ ވާން ޖެހޭ މީހަކު ހުރެއްޖެ ނަމަ އެއީ އަހަރެން. ކުޅުންތެރިންނަށް އަޅާލުމަކީ އަހަރެންގެ ޒިންމާއެއް. އަހަރެމެންނަށް މިއަދުގެ މެޗުގައި ބައިވަރު ގޯސްތަކެއް ހެދުނު،" މެޗަށް ފަހު ކޯޗު ފްލިކް ބުންޏެވެ.
"ކުޅުންތެރިން ރޮޓޭޓް ކުރުން ނޫން އިތުރު ގޮތެއް ިއަދު އަހަރެމެންނަށް ނެތް. މާ ގިނަ މެޗު ކުޅެން އެބަ ޖެހޭ. ދެން އޮތީ [އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި] ޔަންގް ބޯއީޒްއާ ކުޅޭ މެޗަށް ވިސްނުން. އަދި އިންޓްނޭޝަންލް ބްރޭކަށް ފަހު ކުޅުންތެރިން ރިކަވާ ވެސް ކުރުން އޮންނާނެ."
ބާސެލޯނާ ބަލިވުމުން، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް މިވަނީ މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ބާސެލޯނާއާ ޕޮއިންޓަކަށް ކައިރިއަށް ޖެހިލުމުގެ ފުރުސަތު ލިބިފަ އެވެ.
ބާސެލޯނާ އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް ދެ ވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިފަ އެވެ.
ސްޕެނިޝް ލީގުގައި މި ސީޒަންގައި މިހާތަނަށް މެޗަކުން ބަލި ނުވެ އޮތީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ.
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާގެ ކުރިމަގުގެ ތަރިއަކަށް ޒުވާން ރޯކީ ވާނެ: ޒަވީ