Roadha Mihaaru
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތެއްނުވި

ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

30 މާޗް 2022

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސޯލިހު މައްޗަށް ދައުލަތުން ދައުވާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކަކާ ގުޅިގެންނެވެ. އެއީ އޭގެ ތެރެއިން ބައެއް ރަށްތަކުގެ ހެޑް ލީސް ބަދަލު ނުކުރަން އަންގާފައި ވަނިކޮށް، އެ ރަށްތަކާ ގުޅިގެން ތަހުގީގެއް ހިނގަމުން ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހު ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ވެސް ހެކިބަސް ދީފައިވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ވެސް، ރަށްތަކުގެ ލީސް ބަދަލުކުރުމާ ގުޅޭ ކަމެއް ނެތް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަންގެ ނިންމުމާ ގުޅިގެން ރަށްތަކުގެ ލީސް ބަދަލު ކުރުން މަޑުޖައްސާލަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރަތަމަ އެންގެވިޔަސް، ފަހުން އެ ނިންމުން ބާތިލްކުރި ކަމަށް ހެކިން ބުނެފައިވެ އެވެ.