30 މާޗް 2022
އެކި ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް 85 ޑޮކްޓަރުންނާއެކު ޑޮކްޓަރުންގެ ޕޫލެއް ހެލްތު މިނިސްޓްރީގައި އުފައްދައިފި އެވެ.
އެކި ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް 85 ޑޮކްޓަރުންނާއެކު ޑޮކްޓަރުންގެ ޕޫލެއް ހެލްތު މިނިސްޓްރީގައި އުފައްދައިފި އެވެ.
ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ތިބޭ ސްޕެޝަލިސްޓް ޑޮކްޓަރުން ވަޒީފާ އިން ވަކިވުމުން ނުވަތަ ޗުއްޓީ ނެގުމުން އެ މަގާމު އޮންނަނީ ހުސްވެފަ އެވެ. އެކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީގެ ވަޒީފާގެ ތެރޭގައި މަގާމު އުފައްދައި، ޑޮކްޓަރުންގެ ޕޫލަށް ޑޮކްޓަރުން ވަނީ ނަަގައިފަ އެވެ.
މިނިސްޓްރީން ބުނީ ޑޮކްޓަރުންގެ ޕޫލްގައި އެކި ދާއިރާތަކުން 76 ސްޕެޝަލިސްޓުން އަދި ނުވަ ޑެންޓިސްޓުން ހިމެނޭނެ ކަމަށެވެ.
"ޑޮކްޓަރުންގެ ޕޫލްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކްރިޓިކަލް އޭރިޔާގެ ސްޕެޝަލިޓީ ޑޮކްޓަރުން. އެހެންވެ، ހޮސްޕިޓަލްތަކުގައި އެ އޭރިޔާގެ ސްޕެޝަލިޓީ ހިދުމަތް މެދުނުކެނޑި ދެވޭނެ ކަމަށް ފެންނަނީ،" މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖޭގައި 20-22 ޑޮކްޓަރުން ތިބެނީ އަބަދު ވެސް އެއްފަހަރާ ކޮންމެވެސް ޗުއްޓީއެއްގައި ކަމަށެވެ. އެ ހުސް ޖާގަ ފުރިހަމަ ކުރާނެ ޑޮކްޓަރުން ބޭނުންވާނެ ކަމަށާއި ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޕޫލެއް ކަނޑައެޅުމުން އެކަން ހަމަޖެހޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަކި ތަނަކަށް އައްޔަން ނުކޮށް ތިބޭ ޑޮކްޓަރުން ތިބޭނީ. މިސާލަކަށް ރަށަކަށް ފޮނުވާލާ ޑޮކްޓަރުން ފޮނުވާލައިފިއްޔާ އެ މީހުންނަށް އެނގެން ޖެހޭނެ އެއީ އެ މީހުން އައްޔަންކޮށްފައި ތިބޭ ބައެއްކަން. އެ މީހުން އުނދަގޫވާނެ އެހެން ތަނަކަށް ބަދަލުކުރަން. އެ ގޮތަށް ކަންތައް ގެންދިޔައީމާ ރަނގަޅުވާނެ،" ނަސީމް އޭރު ވިދާޅުވި އެވެ.
ޑޮކްޓަރުންގެ ޕޫލް އުފެއްދުމުގެ އިތުރުން މުހިއްމު ދާއިރާތަކުން ކިއުބާ އިން ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ވެސް ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެ މިނިސްޓްރީން ބުނީ އެކި ހޮސްޕިޓަލްތަކަށް ކިއުބާއިން 17 ޑޮކްޓަރުން ގެންނަން ޝޯޓްލިސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައިކޭޓްރިސްޓުންނާއި ފިޒީޝަނުންނާއި ހޭނައްތާ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓުން ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މި ސަރަހައްދުން ވެސް ހާއްސަ ޑޮކްޓަރުން ލިބުމުގައި ބޮޑެތި ދަތިކަތެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިހާރު ނިންމާފައި ވަނީ ކިއުބާ އިން ޑޮކްޓަރުން ގެންނާށެވެ.
"އަގު ހެޔޮވާނެ. ތަޖުރިބާ ވެސް އެބަހުރި ކިއުބާގެ މީހުންގެ. އަނެއްކާ ވަރަށް މޮޅުވާނެ. ހާއްސަކޮށް ޕަބްލިކް ހެލްތު ދާއިރާ އަށް ވަރަށް މޮޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކިއުބާގެ 26 ސްޕެޝަލިސްޓުން އަންނަމަހު ރާއްޖެ އަންނާނެ
ކިއުބާއިން ބޮޑުމުސާރާގައި ތިންމަހަށް ޑޮކްޓަރުން ގެންނަނީ
ހޭނައްތާ ޑޮކްޓަރުން ނުލިބޭތީ މުސާރަ ބޮޑުކޮށްފި
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ލޯންޗުގެ ނިޒާމަކުން ހޮސްޕިޓަލްތައް ގުޅާލަައިފި
ޑޮކްޓަރުން ސްޕެޝަލައިޒްވާން ހަ ސްކޮލާޝިޕް ދީފި
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި