22 ޑިސެމްބަރ 2016
އާ އަހަރު ފާހަގަކުރަން، އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް އާއި އޭނާގެ އާއިލާ ރާއްޖޭގައި ހާއްސަ ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.
އާ އަހަރު ފާހަގަކުރަން، އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް އާއި އޭނާގެ އާއިލާ ރާއްޖޭގައި ހާއްސަ ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.
ޗުއްޓީ ހޭދަކުރަން އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް މި ފަހަރު ވެސް ރާއްޖެ އަންނަނީ، އިނގިރޭސިވިލާތުގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި، އެ ދެމަފިރިންގެ ހަތަރު ދަރިން ކަމަށްވާ ބްރުކްލިން އާއި ރޯމިއޯ އާއި ކްރޫޒް އަދި ހާޕާ ގޮވައިގެންނެވެ. ބ. އަތޮޅުގައި އޮންނަ އަމިއްލަ ފުށި ރިސޯޓުގައި ބާއްވާ މި ޕާޓީ ޝަރަފުވެރި ކޮށްދޭނީ ބެކަމްގެ އެންމެ ގާތް ދެ ރައްޓެހިން ކަމަށްވާ، މަޝްހޫރު ޝެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން ޓާނާ ރަމްސީ އެވެ.
ބެކަމް އާއި ރަމްސީ: ބެކަމްގެ އާއިލާ އިން ރާއްޖޭގައި ބާއްވާ ޕާޓީގައި ރަމްސީ އާއި އޭނާގެ އަންހެނުން ވެސް ބައިވެރިވާނެ.-- ފޮޓޯ: އޭޕީ
މިދިޔަ އަހަރާއި 2012 ވަނަ އަހަރު ވެސް އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ބެކަމްގެ އާއިލާ އިން މި ފަހަރު ބާއްވާ ޕާޓީ ހާއްސަވާނެ އެވެ. އެއީ، ވިކްޓޯރިއާގެ ކުރީގެ ބޭންޑް ސްޕައިސް ގާލްސްގެ ބައިވެރިއެއް ކަމަށްވާ މެލް ސީ މި ޕާޓީގައި ލަވަކިޔާތީ އެވެ. މެލްއާ އެކު އޭނާގެ ލޯބިވެރިޔާ، ޖޯއީ މާޝަލް ވެސް މި ޕާޓީގައި ބައިވެރިވާނެ އެވެ.
މެލް: ބެކަމްގެ އާއިލާ އިން ރާއްޖޭގައި ބާއްވާ ޕާޓީގައި އޭނާ ލަވަކިޔާނެ.-- ފޮޓޯ: އޭއެފްޕީ
"މި ދަތުރުގެ ހުރިހާ ކަމެއް ރޭވީ ވިކްޓޯރިއާ. ... މި ފަދަ ބޮޑު ކަމެއް މެލް ދޫކޮށެއް ނުލާނެ،" ބެކަމްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު، އިނގިރޭސި ނޫސް، ދަ ސަން އަށް ބުނެފައިވެ އެވެ.
ގާތް ރައްޓެހިންނާއި ދައުވަތު ދީފައިވާ ފަރާތްތަކަށް އެކަނި ބައިވެރިވެވޭ މި ޕާޓީގައި މެލްގެ އިތުރުން ވެސް ބައެއް އެހެން ތަރިން ލަވަކިޔާނެ ކަމަށްވެ އެވެ. އެކަމަކު، އެއީ ކޮން ބައެއް ކަމެއް އެއްވެސް ނޫހަކުން ނުބުނެ އެވެ.
ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ކަމުދާ ތަނުގެ ގޮތުގައި ރާއްޖެ އެކި ފަހަރު މަތިން ސިފަކޮށްފައިވާ ބެކަމް އާއި އޭނާގެ އާއިލާ މީގެ ކުރިން ރާއްޖެ އައިސް އާއްމުކޮށް ތިބެފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް އެ އާއިލާ ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ކްރިސްމަސް އާއި އާ އަހަރުގެ ފެށުމާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކަށް އަބަދު ވެސް ބާރު ބޮޑުވެ އެވެ. އެ ދުވަސްވަރާ އަދި މުޅި އަހަރުގެ ތެރޭގައި ވެސް މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އާދެ އެވެ. މި އަހަރުގެ ތެރޭގައި ވެސް ހޮލީވުޑްގެ ބައެއް ތަރިންނާއި ބޮލީވުޑްގެ ގިނަ އަދަދެއްގެ މަޝްހޫރު ފަރާތްތައް ރާއްޖެ އައެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ވަނީ ދަށަށް ގޮސްފަ އެވެ. އެކަމަކު، މި އަހަރުގެ ތެރޭގައި ހީނަރުވި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅުވާން ފަށާފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށް، ގެސްޓުހައުސްތައް ފުލް
އަމިއްލަ މޯލްޑިވްސް އަށް ހާއްސަ ޝަރަފެއް ލިބެނީ
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް
އާ އަހަރު ފާހަގަކުރުމަށް ޚާއްސަ ޝޯއެއް
ހަވާޔާ އެކު ޕެރެޑައިސްގައި އާ އަހަރު ފާހަގަކުރަނީ
ތުުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާ: ކައުންސިލް
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
ރިސޯޓްތަކާއި އެއާޕޯޓަށް ބާރު ބޮޑުވެއްޖެ
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
ފޯރިގަދަ ޝޯއަކުން އާ އަހަރަށް ދިވެހިން ހެއްވާލައިފި