28 މާޗް 2022
ގޭތެރޭގައި ދޭ ސިއްހީ ފަރުވާ އަށް ބޭނުންވާ އާލާތްތަކަށް ހާއްސަކޮށް "އެސިސްޓެޑް ލިވިން"ގެ ނަމުގައި ޝޯ ރޫމެއް ރޭ ހުޅުވައިފި އެވެ.
ގޭތެރޭގައި ދޭ ސިއްހީ ފަރުވާ އަށް ބޭނުންވާ އާލާތްތަކަށް ހާއްސަކޮށް "އެސިސްޓެޑް ލިވިން"ގެ ނަމުގައި ޝޯ ރޫމެއް ރޭ ހުޅުވައިފި އެވެ.
މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި ހުންނަ މި ޝޯރޫމް ރޭ ހުޅުވައިދެއްވީ، ޕަލްމޮނޮލޮޖިސްޓް ޑރ. މުހައްމަދު ފާލިހު އަލީ އެވެ. އެސިސްޓެޑް ލިވިން އިން ބުނީ އެ ޝޯރޫމުން އާންމުކޮށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ސިއްހީ ކަންކަމަށް ހާއްސަ ތަކެތި އެ ޝޯރޫމުން ލިބޭނެ އެވެ. އެ ޝޯރޫމުން ގަންނަ ޑިވައިޒެއް ނުވަތަ މެޝިނެއް ހަލާކުވެއްޖެ ނަމަ އެ އެއްޗެއް މަރާމާތު ކުރުމުގެ ހިދުމަތް ވެސް ވަރަށް އަވަހަށް ދޭނެ އެވެ.
އެ ޝޯރޫމުން ވިއްކާ ބައެއް ބްރޭންޑްތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އަދި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑްތަކެވެ. އޭގެ ތެރޭގައި ޓެނާ، ޗާޗް އެންޑް ޑްވައިޓް، ބީއެމްސީ، ސޮފްޓް ޓަޗް، ތުއަސްނޭ، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެ އެވެ.
އެސިސްޓެޑް ލިވިން އިން ވިއްކާ ބައެއް ސާމާނު. އެތަނުން ވިއްކަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ބާވަތްތައް--ފޮޓޯ:ނިޝާން އަލީ/މިހާރު
އެސިސްޓެޑް ލިވިން އަކީ ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުންނަށް ބޭނުންވާ ތަކެތި ވިއްކާ ޝޯރޫމެކެވެ. އެ ޝޯރޫމުން ހޮސްޕިޓަލުގައި ބޭނުން ކުރާ ކަހަލަ އެނދާއި، އިލެކްޓްރިކް އަދި މެނުއަލް ވީލް ޗެއާ އާއި، ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑުގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ނުވަތަ ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ މެޝިން އާއި ތެރަޕީ އަށް ބޭނުންވާ ކަހަލަ ހާއްސަ ބާލިސް ފަދަ ތަކެތި ލިބޭނެ އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހަކު އިމާރާތުގެ ތިރިއަށް ބޭލުމަށް ނުވަތަ މައްޗަށް ގެންދިއުމަށް ބޭނުންވާ ހާއްސަ އާލަތްތައް ވެސް އެސިސްޓެޑް ލިވިން އިން ލިބޭނެ އެވެ. އަދި އަމިއްލަ އަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެ އާއި ފާހާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލަ އަށް އެނދަށް އަރާ ފައިބަން އެހީތެރިވާނެ ސާމާނު ވެސް ހިމެނެ އެވެ. މީގެ އިތުރުން ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާ އާއި ވޯކާ ފްރޭމްސް ފަދަ ވަރަށް ގިނަ ތަކެތި ލިބޭނެ އެވެ.
އެސިސްޓެޑް ލިވިިން ޝޯރޫމް: މި ޝޯރޫމުން ގިނަ ސިއްހީ ކަންކަމަށް ހާއްސަ މެޝިނާއި ޑިވައިޒްތައް ލިބޭނެ--ފޮޓޯ:ނިޝާން އަލީ/ މިހާރު
އެސިސްސްޓެޑް ލިވިން އިން ވިއްކާ އެހެން ބައެއް ސާމާނުގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝާދު ދޭ ގާޑު ނުވަތަ ބްރޭސަސް ވެސް ހިމެނެ އެވެ.
ފުރަތަމަ މެޑިކަލް ފެއާ އޭޑީކޭ އިން ސްޕޮންސަކޮށްފި
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު