Roadha Mihaaru
ކޮވިޑު ގިނަވެ ޗައިނާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުނަށް

ކޮވިޑު ގިނަވެ ޗައިނާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުނަށް

28 މާޗް 2022

ޝެންހާއީ (މާޗް 28) - ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ޗައިނާގެ އެންމެ ބޮޑު ސިޓީ، ޝެންހާއި ލޮކްޑައުންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޝެންހާއީ (މާޗް 28) - ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ޗައިނާގެ އެންމެ ބޮޑު ސިޓީ، ޝެންހާއި ލޮކްޑައުންކޮށްފި އެވެ.

ކޮވިޑް ފެތުރެން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ނުވަ ދުވަހަށް ޝެންހާއީ ލޮކްޑައުން ކުރާނީ ދެ ސްޓޭޖަކަށް ބަހާލައިގެންނެވެ. ޗައިނާގެ ފައިނޭންޝަލް ހަބުގެ ގޮތުގައި ބަލާ ޝެންހާއީގައި ކޮވިޑް ފެތުރޭތާ މަހެއްހާ ދުވަސްވެއްޖެ އެވެ. ނަމަވެސް 25 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން މި ހުރިހާ ދުވަހު މަސައްކަތް ކުރީ އިގްތިސާދަށް ގެއްލުމެއް ލިބިދާނެތީ ލޮކްޑައުން ނުކުރުމަށެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވުމުން އެ ސިޓީ ލޮކްޑައުން ކުރަން ނިންމީ އެވެ.

ކޮވިޑަށް ޓެސްޓް ކުރުމުގައި ޝެންހާއީގެ ސިއްހީ އޮފިޝަލުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ކޮވިޑަށް ޓެސްޓް ކުރުމުގައި ޝެންހާއީގެ ސިއްހީ އޮފިޝަލުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފުރަތަމަ ފިޔަވަހީގައި ޝެންހާއީގެ އިރުމަތީގެ ސަރަހައްދުތައް ލޮކްޑައުން ކުރާނީ މިއަދުން ފެށިގެން އެޕްރީލް 1 އަށެވެ. ދެ ވަނަ ފިޔަވަހީގައި އެ ސިޓީގެ ހުޅަނގުގެ ސަރަހައްދުތައް ލޮކްޑައުން ކުރާނީ އެޕްރީލް 1-5 އަށެވެ.

ލޮކްޑައުންގެ މުއްދަތުގައި ޕަބްލިކް ޓްރާންސްޕޯޓް ހުއްޓުމަކަށް ގެންނާނެ އެވެ. އަދި ފެކްޓަރީތަކުގެ އޮޕަރޭޝަން ހުއްޓާލަން ޖެހެ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އާދިއްތަ ދުވަހު އެ ގައުމުން ވަނީ 4،500 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޝެންހާއީން މިއަދު ވަނީ 3،500 މީހުން ޕޮޒިޓިވްވެފަ އެވެ.