21 ޖުލައި 2020
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސިނަމާތައް ބަންދުކުރިތާ ހަ މަސް ފަހުން ހޯމަ ދުވަހުން ފެށިގެން ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދީފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސިނަމާތައް ބަންދުކުރިތާ ހަ މަސް ފަހުން ހޯމަ ދުވަހުން ފެށިގެން ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދީފި އެވެ.
މިކަމާ ބެހޭ ގޮތުން ޗައިނާ ފިލްމު ފެޑެރޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދެނީ ކޮރޯނާވައިރަހުގެ ރިސްކް ކުޑަ ސަރަހައްދުތަކަށް ކަމަށެވެ. އަދި ސިނަމާތައް ހުޅުވާއިރު ހާއްސަ އުސޫލުތަކަށްކަ ސިނަމާތަކުން އަމަލު ވެސް ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމަށް ސިނަމާތަކުގެ އޮކިއުޕަންސީ 30 ޕަސެންޓަށް ވުރެ އިތުރުނުކުރުމާއި ފިލްމު އަޅުވާ ނިސްބަތް 50 ޕަސަންޓަށް އިތުރުނުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ސިނަމާތަކަށް ވަންނަ މީހުންގެ ފިނިހޫނުމިން ޗެކްކުރުމާއި ސިނަމާތަކަށް ވަންނަ މީހުންނާއި ސިނަމާތަކުގެ މުވައްޒަފުން މާސްކް އަޅައިގެން ތިބުން ހިމެނެ އެވެ. އަދި ހަމައާއެކު ސިނަމާތަކުގެ ކެންޓީނުތަކުގައި ވިޔަފާރިނުކުރުން ވެސް ހިމެނެ އެވެ.
ކޮރޯނާވައިރައިސް އުފަންވި ކަމަށް ބެލެވޭ ޗައިނާ އަކީ ދެވަނަ އަށް ދުނިޔޭގެ އެންމެ ބޮޑު ފިލްމީ މާކެޓެވެ. މިދިޔަ އަހަރު އެކަނި ވެސް އެގައުމުގެ ބޮކްސް އޮފީސް ވިޔަފާރީން 9.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަމަވެސް މި އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމީ ވިޔަފާރި ބޮޑުތަނުން ވެއްޓުނު އަހަރެކެވެ.
ޗައިނާގައި 600 އަށް ވުރެ ގިނަ ސިނަމާ ހިންގާ އިރު، މި އަހަރު ލިބުނު ގެއްލުމުގެ އަދަދު 1.6 ބިލިއަން ޑޮލަރަށް އަރާކަމަށް އަންދާޒާކޮށްފައިވެ އެވެ.
އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކޮށްފި
ސިނަމާތައް ހުޅުވާނީ ކޮވިޑް-19 ގެ ހާލަތަށް ބަލާފައި
އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ
"އެފް9" އާ އެކު ސިނަމާ ވިޔަފާރި އަށް އުންމީދެއް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
މަޝްހޫރު ނެޕީ ކުންފުންޏެއް މާސްކަށް ހާއްސަވެއްޖެ
އިންޑިއާގެ ސިނަމާތައް ހުޅުވަން ގޮވާލައިފި
އެންމެ އަގުބޮޑު ފޭސް މާސްކު 1.5 މިލިއަން ޑޮލަރަށް