05 ޖޫން 2020
ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކޮށްފައި ލޮކްޑައުންގެ ސަބަބުން ބަންދުކޮށްފައިވާ ސިނަމާތައް އަލުން ހުޅުވާނީ ކޮވިޑް-19 ގެ ހާލަތާ ބެހޭ ގޮތުން މި މަހުގެ ތެރޭގައި ރިވިއުއެއް ހެދުމަށް ފަހު ކަމަށް އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދުކަރް ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކޮށްފައި ލޮކްޑައުންގެ ސަބަބުން ބަންދުކޮށްފައިވާ ސިނަމާތައް އަލުން ހުޅުވާނީ ކޮވިޑް-19 ގެ ހާލަތާ ބެހޭ ގޮތުން މި މަހުގެ ތެރޭގައި ރިވިއުއެއް ހެދުމަށް ފަހު ކަމަށް އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދުކަރް ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޝަން އޮފް ފިލްމްސް ޕްރޮޑިއުސް އާއި ސިނަމާތައް ހިންގާ މީހުންނާއި ފިލްމީ ދާއިރާ ތަމްސީލުކުރާ ބައެއް މީހުންނާ އެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ސިނަމާތައް ވީހާ ވެސް އަވަހަކަށް ހުޅުވާލައި، ކުރިއެކޭ އެއްގޮތަށް ފިލްމުތައް އަޅުވަން ގޮވައިލި ނަމަވެސް އިންޑިއާ އަދި އޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންވެ ސިނަމާތައް ހުޅުވުމުގެ ކުރިން ކޮވިޑް-19 އާ ގުޅޭ ގޮތުން ވަރަށް ފަރުވާތެރިކަމާ އެކު ރިވިއުއެއް ހަދައި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެއްވާ ލަފައާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ބާރު އަޅުއްވާނެ ކަމަށެވެ.
މާޗް މަހުގެ ފަހުކޮޅު އިއުލާންކުރި ލޮކްޑައުނާ އެކު ފިލްމީ ދާއިރާގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ހުއްޓުމަކަށް އައުމާ ގުޅިގެން އެ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކަށް ވަނީ މާލީ ގޮތުން ވެސް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ފިލްމުތައް ނޭޅުވި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ގެއްލުވުންވުމާއި ސިނަމާތަކުގެ ވިޔަފާރި ހުއްޓި ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުންނާއި ދުވަހު މުސާރަ އަށް ފިލްމީ ދާއިރާގެ އެކިއެކި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.
މިކަންކަމަށް ރިއާޔަތްކޮށް މިނިސްޓަރު ވިދާޅުވީ ދާއިރާގައި ހުރި ހުރިހާ ކަންބޮޑުވުވުންތަކެއް ކަމާބެހޭ ހުރިހާ ފަރާތްތަކާ ހަމައަށް ގެންގޮސް ދެއްވާނެ ކަމަށެވެ.
ޖަވޭދުކަރު ވިދާޅުވި ގޮތުގައި އިންޑިއާގައި 9،500 އަށް ވުރެ ގިނަ ސްކްރީން ހުރި އިރު އެތަންތަނަކީ ޓިކެޓް ވިއްކައިގެން ކުރިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ އާމްދަނީ ވަންނަ ތަންތަނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ވިޔަފާރި އެެއްކޮށް ހުއްޓި، އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޖަވޭދުކަރް.
ސިނަމާތައް ބަންދުކުރަން ޖެހުމުން މި އަހަރު އިންޑިއާގެ ފިލްމީ ކަލަންޑަރު ވަނީ އޮޅުންބޮޅުންވެފަ އެވެ. އެ ގައުމަކީ އަހަރެއްގެ މައްޗަށް ދެ ހާހެއްހާ ފިލްމު ނެރޭ، ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް ގައުމެވެ.
ކޮވިޑް-19 އާ އެކު ހުއްޓުނު ފިލްމާއި ޓީވީ އުފެއްދުންތަކުގެ ޝޫޓިން އަލުން ފެށުމާ ގުޅޭ ގޮތުން އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓުން މިދިޔަ ހަފުތާގައި ވަނީ ގައިޑްލައިނެއް އެކުލަވާލައި، ދާއިރާގެ މީހުންނާ ހިއްސާ ވެސް ކޮށްފަ އެވެ. ނަމަވެސް އެ ގައިޑްލައިނުގައި ހިމެނޭ ދެ މާއްދާއަކަށް ބަދަލު ގެނެސްދޭން އެދި މިހާރު ވަނީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކޭރީ އަށް ހުށަޅައިފަ އެވެ.
އިސްލާހުކޮށް ދޭން އެދުނު ދެ މާއްދާ އަކީ 65 އަހަރުން މަތީގެ މީހުން ފިލްމީ މަސައްކަތްތަކުގައި ޝާމިލުވުގައި ހުރަސްތަކެއް ހުރި ކަމަށް ފާހަގަކުރެވޭ މާއްދާ އާއި ޝޫޓިންތައް ކުރިއަށްދާ ކޮންމެ ތަނެއްގައި ޑޮކްޓަރުންނާއި ނަރުހުން ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށް ބުނާ މާއްދާ ހިމެނެ އެވެ.
IFTDA makes an appeal to the Hon. CM of Maharashtra @OfficeofUT ji to reconsider 2 clauses mentioned in the G.R. for shootings to begin.
— Iftda India (@DirectorsIFTDA) June 2, 2020
1. Those beyond the age of 65 cannot shoot.
2. Ambulance, Dr. & Nurse to be present on every set.
Reasons are mentioned in the Press Release. pic.twitter.com/IiGyby8l2Y
މި ދެ މާއްދާ އިސްލާހުކޮށް ދޭން އެދި އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާސް އެސޯސިއޭޝަން (އައިއެފްޓިޑީއޭ) ގެ އަޝޯކް ޕަންޑިތު ސޮއިކުރައްވައި ފޮނުވި ސިޓީގައި ބުނެފައި ވަނީ ފިލްމީ ދާއިރާ އަކީ 65 އަހަރުން މަތީގެ ވަރަށް ހުނަރުވެރި އެކްޓަރުން ވެސް މަސައްކަތްކުރާ ދާއިރާއަކަށްވެފައި އެ އުމުރުގެ މީހުންގެ މަސައްކަތަށް ދަތިވާ ގޮތަށް އޮތުމަކީ ގެއްލުމަކަށް ވާނެ ކަމަށެވެ. އެގޮތުން 65 އަހަރުން މަތީގެ އެކްޓަރުންގެ ތެރޭގައި އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ޕަރޭޝް ރާވަލް އާއި ނަސީރުއްދީން ޝާހް ފަދަ އެކްޓަރުންގެ ނަންތައް ފާހަގަކޮށްފައިވެ އެވެ.
އަދި ޝޫޓްކުރާ ކޮންމެ ތަނެއްގައި ޑޮކްޓަރުންނާއި ބައިތިބުއްމަކީ އިންޑިއާގެ މިހާރުގެ ހާލަތަށް ބަލާ އިރު ދަތި ކަމަކަށް ވާނެތީ، ސެޓްތަކުގައި އެ މީހުން ބޭތިއްބުމުގެ ބަދަލުގައި ކަމެއް ދިމާވާ ހާލަތެއްގައި ވީހާ ވެސް ކައިރި ދިމާއަކުން ޑޮކްޓަރުންނާއި ނަރުހުންގެ އެހީ ލިބޭނެ ގޮތް ހަމަޖައްސައި ދެވޭނެ ކަހަލަ ގޮތެއް ރާވައިދިނުން މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.
ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން ގައިޑްލައިނެއް އެކުލަވައިލި ނަމަވެސް އަދިވެސް ޝޫޓިންތައް ފެށުމުގެ ހުއްދައެއް ނުދެ އެވެ. އެ ހުއްދަ ދޭން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ލޮކްޑައުން އަށް ދޭން ފަށާފައިވާ ލުއިތަކުގެ ތެރެއިންނެވެ.
މިހާރު އިންޑިއާގައި އޮތީ އެ ފޭހުގެ ފުރަތަމަ މަރުހަލާ އެވެ. އޭގެ ތެރޭގައި ސިނަމާތަކާއި ފިލްމީ މަސައްކަތްތަކާއި ކިޔައިވައިދޭ ތަންތަނާއި ޖިމް ފަދަ ތަންތަން ހުޅުވުން ހިމަނައިފައެއް ނުވެ އެވެ.
އިންޑިއާގެ ސިނަމާތައް ހުޅުވަން ގޮވާލައިފި
ޝޫޓިންތައް އަލުން ފަށަން ބިރުގަނޭ: ބޫމީ
އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
އިންޑިއާގެ ސިނަމާތައް ހުޅުވާނީ މޯދީގެ ފިލްމުން
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ
އިންޑިއާގެ ސިނަމާތައް އަންނަ މަހު ހުޅުވަފާނެ
ޗައިނާގެ ސިނަމާތައް އަލުން ހުޅުވަން ދީފި
"ސޫރިޔާވަންޝީ" އާއި "83" އަހަރުގެ ފަހުކޮޅަށް