08 ޖޫން 2020
ކޮރޯނާވައިރަކާ އެކު ކުރިމަތިވި ކަންކަމާ ހެދި ފިލްމީ މަަސައްކަތްތައް އަލުން ފަށަން ޖެހިލުންވާ ކަމަށާއި އެކަމަކު ކޮންމެހެން ވެސް އެކަން ކުރަންޖެހޭ ކަމަށް ބޮލީވުޑްގެ ބަތަލާ ބޫމީ ޕިޑްނޭކަރް ބުނެފި އެވެ.
ކޮރޯނާވައިރަކާ އެކު ކުރިމަތިވި ކަންކަމާ ހެދި ފިލްމީ މަަސައްކަތްތައް އަލުން ފަށަން ޖެހިލުންވާ ކަމަށާއި އެކަމަކު ކޮންމެހެން ވެސް އެކަން ކުރަންޖެހޭ ކަމަށް ބޮލީވުޑްގެ ބަތަލާ ބޫމީ ޕިޑްނޭކަރް ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމީ މަސައްކަތްތަކަކީ ވަރަށް ގިނަ ބަޔަކު އެކީގައި އެއްތާކު "ތޮއްޖެހިގެން" ތިބެގެން ކުރާ މަސައްކަތަކަށްވުމާ އެކު، އެފަދަ މާހައުލެއްގައި މަސައްކަތްކުރުން ރައްކާތެރިތޯ އަބަދު ވެސް ދެން ސުވާލު އުފެދޭނެ ކަމަށެވެ.
"ތެދަށް ބުނަންޏާ އަހަރެން ޖެހިލުންވެ ބިރުގަނޭ، އަލުން ސެޓްތަކަށް ގޮސް މަސައްކަތްކުރަން. ހިތަށް އަރަނީ ކިހިނެއް ބާއޭ ދެން ޝޫޓިންތައް ކުރިއަށް ގެންދާނީ،؟" މިދިޔަ އަހަރު "ސޯންޗިރައްޔާ" އާއި "ބާލާ" އަދި "ޕަތީ ޕަތުނީ އޯރް ވޯ" އިން ފެނިގެން ދިޔަ ބަތަލާ ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ހިތްވަނީ އަލުން ފިލްމީ މަސައްކަތްތައް ފަށާ އިރު، ސިއްހީ ތަޖުރިބާކާރުން ދޭ ލަފަ އާއި މަޝްވަރާތަކާ އެއްގޮތަށް ޝޫޓިންތަކުގައި ކަންކަން އިންތިޒާމުވެފައި ހުންނާނެ ކަމަށް."
މި އަހަރު ގެނެސްދިން "ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އާއި "ޝުބް މަންގަލް ޒާދާ ސާވާދްން" ގައި ހާއްސަ ފެނިލުންތަކެއް ކުޅުނު ބޫމީ ބުނި ގޮތުގައި ޖެހިލުންވެ ބިރުގަތަސް، ފިލްމީ މަސައްކަތްކުރަން ޖެހޭ ކަމަށާއި ކާންބޯން ކުރާ މަސައްކަތަކީ ވެސް އެއީ ކަމަށެވެ. އަދި އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަކީ އެ ގައުމުގެ އިގުތިސާދުގެ ވެސް ވަރަށް މުހިއްމު ދާއިރާއަކަށްވާތީ، ފިލްމީ މަސައްކަތް ހުއްޓާލައިގެން ނުތިބެވޭނެ ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ހިތްވަނީ އަލުން ފިލްމީ މަސައްކަތްތައް ފަށާ އިރު، ސިއްހީ ތަޖުރިބާކާރުން ދޭ ލަފަ އާއި މަޝްވަރާތަކާ އެއްގޮތަށް ޝޫޓިންތަކުގައި ކަންކަން އިންތިޒާމުވެފައި ހުންނާނެ ކަމަށް. އެ ބިރު ފިލައި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުވުމަކީ ވަރަށް މުހިއްމު ކަމަކަށްވާނެ،" ބޫމީ ބުންޏެވެ.
އިންޑިއާގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އަށް އޮތް މުމްބާއީގެ މަހާރަޝްތުރާ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން ގައިޑްލައިންތަކެއް ވެސް ނެރެ، އާންމުކޮށްފަ އެވެ. އެކަމަކު އަދިވެސް ޝޫޓިންތައް ފެށުމުގެ ހުއްދައެއް ނުދެ އެވެ.
"އުންމީދަކީ ކަނޑައަޅާފައިވާ އުސޫލުތަކާ އެެއްގޮތަށް ފިލްމީ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ރޭވިފައި ހުންނާނެ ކަމަށް." ބޫމީ ބުންޏެވެ. "އެ އިތުބާރު ފިލްމީ މަސައްކަތްކުރާ އެންމެންނަށް ވެސް ލިބެން ޖެހޭ."
ކޮވިޑް-19އާ ދިމާކޮށް އިންޑިއާގައި ލޮކްޑައުން އިއުލާންކުރި އިރު، ބޫމީ ގެންދިޔައީ "ދުރުގާވަތީ" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ތަޚުތު" ހިމެނެ އެވެ.
އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި
ސިނަމާތައް ހުޅުވާނީ ކޮވިޑް-19 ގެ ހާލަތަށް ބަލާފައި
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
އިންޑިއާގެ ސިނަމާތައް ހުޅުވަން ގޮވާލައިފި
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ބަތަލާ މޯނީ ކައިވެނިކޮށްފި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް