23 މާޗް 2022
ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓްލިސްޓުގައި 3،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓްލިސްޓުގައި 3،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން "މިހާރު" އަށް އިއްޔެ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި އެކި ބަލިތަކަށް ފަރުވާ ހޯދަން ޑޮކްޓަރުންގެ ކިއުތަކުގައި 5،900 އަށްވުރެ ގިނަ މީހުން މިހާރު ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ.
ޑޮކްޓަރަށް ދައްކާ މީހުންގެ ކިއު 5،000 އާ ހަމައަށް ދަށްކޮށްފައި ވަނީ ކުރިން 10،000 އަށް ވުރެ މަތީގައި ހުއްޓާ ހޮސްޕިޓަލްގެ މަސައްކަތަށް ގެނައި ބައެއް ބަދަލުތަކާ އެކު އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިގެންނެވެ.
އެކަމަކު ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުގެ ސައިކޭޓްރިސްޓުންނަށް ދެއްކުމަށް މި ވަގުތު ވެސް 3،276 މީހުން ވެއިޓްލިސްޓުގައި އެބަތިއްބެވެ. މިއީ ހޮސްޕިޓަލުގައި އެންމެ ކިއު ބޮޑު ޑިޕާޓްމަންޓެވެ.
މެންޓަލް ހެލްތު ސެންޓަރަށް މީގެ ދެތިން ދުވަސް ކުރިން ގުޅުމުން ބުނީ މިހާރު ޑޮކްޓަރުން ބަލަމުން އަންނަނީ މިދިޔަ އަހަރު އެޕޮއިންޓްމަންޓް ހައްދާފައިވާ މީހުން އެކަނި ކަމަށެވެ. މިހާރު އެޕޮއިންޓްމަންޓެއް ހެދިއަސް ޑޮކްޓަރަށް ދެއްކޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މެންޓަލް ހެލްޓު ސެންޓަރުގައި މިހާރު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.
ނަފްސާނީ ކަންކަމަކީ ވީހާ ވެސް އަވަހަކަށް އެހީތެރިކަން ބޭނުންވާ މައްސަލައަކަށް ވާތީ މިހާރު ވަނީ އިތުރު ބަޔަކާ އެކު އެ ހިދުމަތް ފުޅާކުރަން މަޝްވަރާ ފަށައިފަ އެވެ.
އައިޖީއެމްއެޗުގައި ގާއިމްކުރި މެންޓަލް ހެލްތު ސެންޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައި ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރަށް ދައްކަން ގިނަ ބަޔަކު އެޕޮއިންޓްމަންޓް ހަދަމުން އަންނަ އިރު ވެއިޓްލިސްޓުގައި މިހާރު ތިބި މީހުންގެ ތެރޭގައި ވެސް ފޮލޯއަޕް ހަދާ މީހުން ގިނަވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހިންގާ ބޮޑު ތިން ހޮސްޕިޓަލްގެ ތެރެއިން ސައިކޭޓްރިސްޓުގެ ހިދުމަތް ލިބެނީ އައިޖީއެމްއެޗުން އެކަންޏެވެ. އޭޑީކޭ ހޮސްޕިޓަލްގައި ސައިކޮލޮޖިސްޓެއް އަދި ސައިކޭޓްރިސްޓެއް ވެސް ނެތެވެ. ޓްރީޓޮޕުން ސައިކޮލޮޖިސްޓް ހިދުމަތް ލިބެ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސިއްހީ ހިދުމަތްތެރިން އުފެއްދުމަށް ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ 46 ސްކޮލަޝިޕަށް ވެސް ހުޅުވާލައިފަ އެވެ.
ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ މި ސްކޮލަޝިޕްތަކުގެ ތެރޭގައި މާސްޓާސް އިން ސައިކިއޭޓްރީއާ މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް އަދި މާސްޓާސް އިން ކައުންސެލިން / ސައިކޮތެރަޕީ ހިމެނެ އެވެ.
މެންޓަލް ހެލްތު ސެންޓަރުން 395 މީހުން ފަރުވާ ހޯދި
ކުރުމުއްދަތެއްގައި 2500 މީހުން ނަފްސާނީ ފަރުވާ ހޯދި
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
އިންޓާން ޑޮކްޓަރުންނަށް ބޮންޑު ނޯންނަ ގޮތަށް ހަދައިފި
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
ބައްޔެއް ކަމަށް ގަބޫލުކުރުމުގެ ނަތީޖާ ރަނގަޅު
ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް