Roadha Mihaaru
މަހްލޫފްގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި

21 މާޗް 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށާއި މައްސަލަ އަލުން ހުބަލަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށާއި މައްސަލަ އަލުން ހުބަލަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަލީ ސަމީރު ހިމެނިވަޑައިގަންނަވާ ބެންޗަކުން ކުރި ހުކުމުގައި، މި މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ބުނެފައިވެ އެވެ. މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތްކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

އެހެންވެ ހުކުމްކުރީ، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށްގެންދެވޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، މިއީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ. އަދި މި މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް ވެސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވެ އެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހު އެ މައްސަލަ ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.

BREAKING: Mahloof ge massala Court inn beyrukollaifi

BREAKING: Mahloof ge massala Court inn beyrukollaifi

The most trusted news source in the Maldives

Mihaaru

މަހްލޫފްގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ޚަބަރު

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ އެވެ.

އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަ ކުރެއްވީ އެއީ ރިޝްވަތުގެ ފައިސާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާއަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.