21 މާޗް 2022
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު ހަސަން (އަންމަޑޭ) މުޅިން އަލަށް ގައުމީ ޓީމަށް ނަގައިިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު ހަސަން (އަންމަޑޭ) މުޅިން އަލަށް ގައުމީ ޓީމަށް ނަގައިިފި އެވެ.
ބަންގްލަދޭޝް އާދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެކުލަވާލި ޓީމުން އެންމެ ފާހަގަ ކުރެވުނު ބަދަލަކީ އަންމަޑޭ އާއި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ)ގެ އިތުރުން ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު ގައުމީ ސްކޮޑުގައި ހިމަނައިފައި ވުމެވެ. މާޒިޔާގެ މިޑްފީލްޑަރު ހަސަން ޝިފާޒު (ޑުންގާ) އަކީ ވެސް ޓީމަށް އިތުރުވި ފާހަގަ ކުރެވޭ އަނެއް ނަމެވެ. ގައުމީ ޓީމަށް އޭނާ ނެގީ ދިގު މުައްދަތަކަށް ފަހު އެވެ.
ގައުމީ ޓީމަށް އެންޑީ އާއި ރިލޭ ނެގީ ގާތްގަނޑަކަށް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު ޓީމު އެކުގައި ޕްރެކްޓިސް ކޮށްލަން މޮރިއޭރޯ ނެރުނު ކުޅުންތެރިންގެ ތެރޭގައި ވެސް ރިލޭ އާއި އެންޑީ ހިމެނުނެވެ. ގްރީންގެ ޒުވާން ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް ވެސް ވަނީ ގައުމީ ސްކޮޑަށް ނަގައިފަ އެވެ. ކުރީގެ ކޯޗު ޕީޓާ ޝެގަޓް ރާއްޖޭގައި މަސައްކަތް ކުރި އިރު އެކުލަވައިލި ޕްރިލިމިނަރީ ސްކޮޑުން ވެސް ނާހީލް އަށް ފުރުސަތު ދީފައި ވެއެވެ.
ޕްރެޒިޑެންޓްސް ކަޕަށް ފަހު ޕްރެކްޓިހަށް ނެރުނު ކުޅުންތެރިންގެ ތެރެއިން މޮރިއޭރޯ މިފަހަރު އެކުލަވައިލި ޓީމުން ފުރުސަތު ނުލިބުނީ ޕްރެޒިޑެންޓްސް ކަޕްގައި މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އަނިޔާވުމުން ކުޅުމާ ދުރުގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް ވެސް ވަނީ ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި އޭނާ އެއްވެސް މެޗެއްގައި ކުޅެވޭ ވަރަށް ފިޓް ނުވި އެވެ.
ލީގުގައި މޮޅަށް ކުޅުނު އިރު ވެސް ސްކޮޑުން ފުރުސަތު ނުލިބުނު ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިޔަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި ޑިފެންޑަރުންގެ ތެރޭގައި ސަސްގެ ކެޕްޓަންކަން ވެސް ކުރަމުންދާ ބެންޖޯ ހިމެނުނެވެ. އެންމެ ފަހުން ސަސް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.
ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް އަނިޔާ ވެފައިވުމުން ޕްރެޒިޑެންޓްސް ކަޕުގައި ވެސް އަދި ލީގުގައި ވެސް އެއް ވެސް މެޗެއް ނުކުޅެ އެވެ. އެހެންވެ އޭނާ ސްކޮޑްގައި ހިމނައިފައި ނުވެ އެވެ. ދަގަނޑޭ އެންމެ ފަހުން ކުޅުނު މެޗަކީ ސީޒަން ހުޅުވުމުގެ ގޮތުން ޗެރިޓީ ޝީލްޑްގައި މާޒިޔާ އާދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ގައުމީ ޓީމު މިރޭ ވަނީ ގަލޮޅު ދަނޑުގައި ޕްރެކްޓިސް ފަށައިފަ އެވެ.
މާޒިޔާ: ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް (ޓޯނީ)، އަސަދުﷲ އަބްދުﷲ، ހަމްޒާ މުހައްމަދު (ހަމްޕް)، އަކުރަމް އަބްދުލް ގަނީ، ހައިޝަމް ހަސަން (ބިޑި) މުހައްމަދު އިރުފާން، ނާއިޒު ހަސަން (ދާދު)، އަިބްރާހިމް މަހްދީ ހުސައިން، ކީޕަރު ހުސައިން ޝަރީފް، ހުސައިން ނިހާން، ހަސަން ޝިފާޒު (ޑުންގާ)
އީގަލްސް: އަހްމަދު ނޫމާން (ހެލްމެޓް) ، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހްމަދު (ހަންނަ)، އަހްމަދު ރިޒްވާން، އަހްމަދު ހަސަން (އަންމަޑޭ)
ވެލެންސިއާ: އަލީ ފާސިރު (ސެންޓޭ)، ކީޕަރު މުހްމަދު ފައިސަލް،، އަމްދާން އަލީ (އެންޑީ)، އަބްދުﷲ ޔާމީން (ޔާން)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް: ކީޕަރު މުހައްމަދު ޝަފީރު (ޗެކް)، ކީޕަރު ޔޫސުފް މީޝަމް
ގްރީން ސްޓްރީޓްސް: ރިލްވާން ވަހީދު، ހަސަން ނަޒީމް (ޗޯޓް)، މުހައްމަދު ސާއިފް، އަހްމަދު ނާހިލް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ރާއްޖޭގެ ކޯޗުގެ މަގާމު ފަސޭހައެއް ނޫން: މޮރިއޭރޯ
ސީނިއާ ކުޅުންތެރިން ވަނީ ރިޕްލޭސް ކުރަންޖެހިފައި: ކޯޗު
ރާއްޖެ ބަންގްލަދޭޝް މެޗު ޓިކެޓް 100 އަދި 75 އަށް
ފެންވަރު ދެނެގަންނަން ގައުމީ ޓީމު ޕްރެކްޓިހަށް